ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބު ނުބޭއްވުމަށް ސަރުކާރު ކޯލިޝަނުން ރާވަމުން އަންނަ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލް އިންތިހާބު ނުބާއްވައި ދިގު ދަންމާލަން ސަރުކާރުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ސަރުކާރުން އިދިކޮޅު ކޯލިޝަނާ ވާދަކޮށްފިނަމަ ބޮޑުތަނުން ބަލިކުރާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ސުޖާއު ވަނީ އިދިކޮޅު ހަރަކާތް އެއްކޮށް ނައްތާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ބޭނުންހާ ގޮތެއް ހަދަން ދޫނުދެއްވާނެ ކަމަށާއި ގައުމު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރު ދަތުރުކުރަމުންދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށާއި މި ކަންކަމުން މިންޖުވާން ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދދދދދދ

    ޝުޖާއު ހޮޅި ވާހަކަ ނުދައްކާ. އިންތިޚާބު އެމީހުން ކާމިޔާބު ކުރަނީ ވޯޓަކުން ނޫން. ވޯޓު ވަގަށް ނަގައިގެން. މިހާރުވެސް އީސީގަ ތިބީ އެއްކަލަ ކުޅަދާނަ ސައިންޓިސްޓުން. ޝުޖާމެން މޮޔަތަ!

    13
    7
  2. ހަސަން

    ހިކިފަސްތާންގާ ބަކަތެޅުން ފޫނެތް ފަޔަށް ފެންފުރުން....... ނަތީޖާ އެއޮތީ ވަރަށް ސާފުކޮށް ދެ އިންތިހާބުން ފެންނަން އޭރުވެސް ތިހުރިހާ އެއްޗެއްކީ މިހާރު ކަތިވަޅި ގެއްލި މަރިއަބު ގެއްލި ދެން ތިންވަނަ އިންތިހާބުގައި ގެއްލޭނީ ޕާރޓީ ގަންޑު ތޯޗެއް.

    6
    20
  3. ސލ

    އިންތިޚާބުތައް އުވާލައި މިހާރުތިބި ކައުނސިލަރުންނާއި
    މަޖިލީހުގެ ރައީސް ދާއިމަށް ދިގުދައްމާލުގެ މަސައްކަތް
    މަޖިލީހުގެތެރެއިން ކުރާނެކަމާއިމެދަކު ސައްކެއްނުކުރަމެވެ
    1000 އަހަރު ވެރިކަމުގައި ދެމިހުރުމުގެ މަސްތުގައި އެބާވަތުގެ ކަންކަން ކުރުމަކީ އަޖާއިބު ވާންވީ ކަމެއް
    ނޫނެވެ

    6
    2
  4. ޥގ

    ސުޖާ ހީކުރީ އަދިވިސް ވެރިކަމުގަހުރީ ޔާމީން މައައް އިންތިހާބައްބިރުން އުޅެން މިހާރު ތިޔަޕޕ އައް ތައްޔާރުވެވިއްޖެތަ ތިޕޕގަ އެބަތިބިތަ އިންތިހާބައް ކުރިމަތިލާނެ ބަޔަކު ޓިނުގަޑަކާ ފިނިފެންމަލަކާނު ތިތިބީ

    2
    2