އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ، ރިސޯޓްތަކުގެ އިތުރުން 150 މީހުން ރަޖިސްޓްރީކުރާ ބޭރު ގައުމުތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މީގެ އިތުރުން 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އިލެކްޝަނުން މިއަދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އަންަނަ އޭޕްރިލް މަހު ކައުންސިލް އިންތިހާބު ބާއްވާނެކަން އިއުލާނުކުރިއިރު، އެ އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް ހާމަކޮށްއެއް ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝުން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓްފަދަ ދަކެތި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު