މިއަހަރުގެ މިހާތަނަށް 11 ފަރާތަކުން ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، މި އަހަރު މިހާތަނަށް 11 ފަރާތަށް ވަނީ ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުމުން ހުއްޓުވާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހުއްޓުވާފައި ވަނީ ހަތް ފިރިހެނަކާއި، ހަތަރު އަންހެނެކެވެ.

އިމިގްރޭޝަނުން މި މީހުންނާއި ގުޅޭ އިތުރު މައުލޫމާތެެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެއީ ކޮން ގައުމަކުން ރާއްޖެ އައި މީހުން ކަމެއް އެނގިފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ...........

    ގަންޖާ ފެކްޝަނުން ކުރާ ކަމެއް. ސަލްޓަން ޕާކުގަ ބޮން ގޮއްވިމީހާ 2011 ގަ ދޫކޮށްލީ ކަމަކާނުލައޭތަ ބުންނަވީ؟ 1990 ވަނަ އަހަރު ސާކް ސަމިޓް ބޭއްވިޔަނުދޭން ބޮން ގޮއްވީ ރީނދޫގަންޖާނޫނޭތަ ބުނަންވީ؟ އެއްޗަކު މަރާލިޔަސް ނުވާނެ ކަމެއް.

    24
    2
  2. ސަރުފަތު

    އެހެން ޤަވްމު ތަކަށްވެސް އެތެރެވާން އުޅޭ، އެ ްޤަވްމް ތަކަކުން ނޫހަކު ނުޖަހާ. ތި ހުންނަނީ ޤަވްމީ ސަލާމަތާބެހޭ ކަންކަން. އިސްރިހާރު ކުރާކަށް ނުޖެހޭ. ތީ ވަރަށް ކުރިން ވެސް ހިނގާ ކަމެއް. ޢަހަރެން އެއަރލައިން ގަ އުޅުނުއިރު އިނގޭ، ތީ ވާކަމެއްކަން.

    6
    1