މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަރާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައި ހިމެނޭ މީހުންނާއި ގުޅުން ހުރި ތަންތަން ބަލާ ފާސް ކުރުމަށް މަރު ކޮމިޝަންގެ އެދުމުގެ މަތިން އިއްޔެ ފުލުހުން ފެށި ހާއްސަ އޮޕަރޭޝަންގައި 17 ތަނަކާއި 11 މީހުން ބަލައި ފާސްކޮށް، އެ އޮޕަރޭޝަން ނިންމާލައިފިއެވެ.

ފުލުހުން ވިދާޅުވީ، މަރުތަކާއި ބެހޭ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަން ނިންމާލާފައިވާކަމަށާއި، އޮޕަރޭޝަން ނިންމާލިއިރު އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިއީ ހަމައެކަނި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީއިން ޖުމްލަ 17 ތަނަކާއި 11 މީހަކު ފާސްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އޮޕަރޭޝަން ނިންމާލީ ކޮމިޝަނުން ފުލުހަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރެއް ތަންފީޒު ކުރުމަށްފަހުގައި ކަމަށެވެ.
ފުލުހުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފެށީ އިއްޔެ ހަވީރުއެވެ. ފުލުހުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވެފައި ވަނީ، މޫނު ފޮރުވައިގެންނެވެ. މި އޮޕަރޭޝްންގައި މާލޭގެ ގޭތަކަށާއި، ރެސްޓޯރެންޓްތަކަށާއި، އައްޑޫގެ ބައެއް ގެތަކާއި ފިހާރަތައް ބަލާފައި ވެއެވެ. އަދި ކަނޑުމަތީގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންގޮސް މީހަކު ބަލާފާސްކޮށްފައި ވެއެވެ. މި ތަންތަނުން ބައެއް ލިޔެކުންތަކާއި ސާމާނުތައް ވަނީ ގެންގޮސްފައެވެ.
ފުލުހުންގެ މި އޮޕަރޭޝަންއަށް ސިފައިންވެސް ވަނީ އެހީތެރިވެފައެވެ. ސިފައިން ނުކުމެފައި ވަނީ ހަތިޔާރާއެކުގައެވެ. މި އޮޕަރޭޝަން ކުރިއަށްދާއިރު އައްޑޫ އާއި މާލޭގެ ސަލާމަތީ ކަންކަން ވެސް ފުލުހުން އިތުރަށް ވަރުގަދަކުރިއެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިސްމު

    ފޫނެއްފަޔައް ފެން ފުރުން...

    21
    1
  2. ކޮސގޮވުން

    ކޯޗެއްތިހޯދީ..ރިލްވާންތަ

    20
    1
  3. ކަތީބު އަލީ

    ރައްޔިތުންނައް ހުރިހާ ތުރާލެއް މަގުބަންދު ކޮއްގެން ..އެއްވެސް ބޭނުމެއް ނުހިފުން ތިކަމަކުން..ހުސްރޯނު އެދުރުން

    24
    1
  4. ކުޗު

    އަމާ ބުނީމަ ފަރައް ދިއުން..ކޮމިސްނުން ބުނީމާ ޗެކު ކުޜީ.

    22
    1
  5. އެމްޑީޕީ ޖަޒީރާ

    ކޮންމެވެސް ބަޔަކަށް ލާރިގަނޑެއް ދޭންކުރި މަސައްކަތެއް

    23
  6. Anonymous

    ރިޟުވާނުގެ ޢާއިލާއަށް ތިމާމެންވަރުގެ ރަނގަޅު ބައެއް ނެތްކަމަށް ދައްކަން ކުރާކަންތައް، ކުރާ އެއްވެސްކަމެއްގަ ތެދުވެރިކަމެއް ނެތް، ޢާއިލާއަށް ބުނެލަން އޮތީ ރިޟުވާނަށް ހެޔޮދުޢާ ކުރާށޭ، އިރާދަކުރެއްވިއްޔާ މަޙުޝަރުދުވަހުން ތިކަންކުރިބަޔަކަށް ޙައްޤު ޝަޒާ ލިބޭނެ، ކޮންމެ އިންސާނަކީ މާތްﷲގެ ޙައްޤެއް، ވީމާ ގަސްތުގަ މީހަކު މެރުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިގެނެއްނުވޭ.

    24
  7. ޏަމްޏަމް

    ނޭނގެ ބަލަން ވަދެފަ އަމިއްލަޔަށް އެ ތަނަކަށް އެއްޗެއް ނުލާނެ ކަމެއް. ޢާހިރުގަ ތިކަންވެސް ނިމޭނި ކާނަލް ނާޒިމްގެ ގެއަށް ފިސްތޯލަ ލީގޮތަށް. ސަރުކާރަަށް ކަން ކަން ވާކަން ދައްކާލަން ކުށެއް ނެތް ބައެއްގެ ބޮލުގަ ތުހުމަތު އަޅުވާލަފާނެ

  8. ޗޯރު

    މައުމޫނަށްވުރެ ޚޮދު މުޚުތާރު ވެރިކަމެއް ޑިމޮކްރެސީގެ ނަމުގައި އާލާކުރަނީ..... ދެން ބުނާނެ ވެރިކަމޔގައި 50 ޢަހަރުވެސް އޯކޭ،،، ސޯލިހު، މުގާބެ ނަޝީދު