ފަހަކަށް އައިސް ފުލުހުންނާއި ދިމާކޮށް ފާޑުފާޑުގެ ޖެއްސުމާއި މަލާމާތް ކުރަމުންދާ މަންޒަރު ފެންނަމުން އަންނަ ކަމަށާއި، އެކަން ކުރަމުންދާ މީހުންނަކީ އެއީ ކޮން ބަޔަކު ކަން ނޭނގިގެން ނޫޅޭ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މ.ކުނޫޒް ގައި މިރޭ ބޭއްވި ބައްދަލުވުމެއް ގައި ޖޭޕީ އަށް އަލަށް 16 މީހަކު ގުޅުނު ޖަލްސާގައި ޤާސިމް ވިދާޅުވީ "އެކި ދުވަސްވަރު، އެކި ސިޔާސީ ލެވެލް ގައި ތިބި އެކި މީހުންގެ ނުފޫޒާއި ބާރުވެރިކަމުގައި އެކި ގޮތްގޮތައް ފުލުހުންގެ މުއައްސަސާގެ ވެރިން މަސައްކަތް ކުރަން ޖެހޭ ޖެހުމަކީ އެއީ އާދައިގެ ރައްޔިތަކަށް އެނގޭނެ އެއްޗެއް ނޫން. އަދި އެކަންތައް ކިޔާދެވޭކަށް ވެސް ނޯންނާނެ." ޤާސިމް ވިދާޅުވިއެވެ.

ދާދި ފަހުން "ސިފައިންނާއި ފުލުހުންގެ ތެރެއިން އެއްބާރުލުން ނުލިބެއޭ، ސިފައިންގެ ތެރެއިން ބަޔަކު ފާރަލަމުން ދަނީ އެއްބަޔަކު ބުނަނީ މިހެންވިއޭ އެހެންވިއޭ" ކަމަށާއި އަދި މިކަހަލަ ހަޑިހުތުރު ވާހަކަ ނުދެއްކުމަށް ޤާސިމް ގޮވާލެއްވިއެވެ.

އަމަލުކުރަންޖެހެނީ ގާނޫނާ އެއްގޮތަށް ކަމަށް ވިއަސް ކޮންމެ މީހެއްގެވެސް އަނބިދަރިން ތިބި ކަން އެނގެންޖެހޭ ކަމަށާއި، އާއިލާ މީހުން ބަލިވެ، ކިޑްނީ ފެއިލްވެގެންނާއި، އަމިއްލަ މީހާ ވެސް ބަލި ހާލަތަށް ބަލާފައި ތިމާ ކާންބޯން ކުރާ މަސައްކަތުން ވަކި ވެދާނެތީ އެކަމަށް މަދު މީހަކު ނޫނީ ވިސްނާނެ ކަމަށާއި، މިކަހަލަ ނުފޫޒުތަކެއް ހުރެގެން ކަންތައްތަކެއް ނުވެ ހުރެދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް އެއީ މުޅި މުއައްސަސާ ބަދުނާމު ކުރަން ޖެހޭ މައްސަލައެއް ނޫން ކަމުގައި ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އިންސާނީ ތަބީއަތް ދައްކާ މަންޒަރަކީ ތާ އަބަދު ކަންތައްތައް އެއްގޮތަކަށް ނޯންނާނެ ކަން ކަމަށެވެ. އެހެންކަމުން ނޭދެވޭ ކަންތައްތައް ނުކުރުމަށް ގާސިމް ގޮވާލިއެވެ. "ގައުމު ފަސާދައިގެ ތެރެއަށް ވެއްޓޭނެ، ހަމަނުޖެހުން އުފެދޭނެ ކަންތައް ކޮށް، ދޭތެރެ ޖައްސާ، އަދި ނުވިތާކަށް ދީނީ ގޮތުން ނުހައްގު ކަންތައް ކޮށް، ހަމަ ނޫން ކަންތައްކޮށް ދީނަށް ގޮންޖަހާ.. މިކަހަލަ ކަންތައް ކުރުމަކީ އެއް ގޮތަކަށް ވެސް ބަލާގަނެވޭނެ ކަމެއް ނޫން" ގާސިމް ވިދާޅުވިއެވެ.

ނަޝީދަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވި މައްސަލައެއް މިހަފްތާގައި ވަނީ ހޫނުވެފައެވެ. ނަޝީދުގެ ވާހަކަތައް ފުލުހުންނާއި ސިފައިން ވެސް ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ގާސިމްބޭ އަބިކަބަލެއް ހޯއްދަންވީ ހީވޭ

    10
    4
  2. ދދދދދދ

    ގާސިިމް ކަލޭ އަނގަ ނުތަޅާ. މާދަމާ ކަލޭ ބުނާނެ ހާދަ ރަނގަޅު ކަމެކޭ ގަންޖާ ކުރީ.

    28
    5
  3. ާަާަަައަސްލު

    ގާސިމަކީ ގައުމުދެކެމާލޯބިވާމީހެއްކަމަށް ކިތައްމެދެއްކިޔަސް ތީހަމަ އަމިއްލައެދުމާ ވެރިކަމާހެދިއުޅޭމީހެއް...ނެހެއްނޫންނަމަ ދީނައް ސަރީހަބަހުން ފުރައްސާރަކުރާބަޔަކާއެކު ނޫޅޭނެ..ލަނޑަޔާވާނީލަނޑަޔާ.

    33
    3
  4. މަރީ

    ގާސިމަކީ ސަރުކާރުތެރެއަށް ވަދެ ނުފޫޒުބޭނުންކޮށްގެން ގަވައިދާ ޙިލާފަށް ކަންކަން ކުރުވާ މީހެއް.

    31
    1
  5. ހައި

    ސިފައިންނާ ފުލުހުން އަނެއްކާ ތިބީ މީނަޔާ އެއްކޮޅެއްގަތަ؟ ޝައްކު މިހާރު އަނެއްކާ ކަމެއް ކުރަން އުޅޭހެން

    20
    2
  6. ސައްދާމް

    ގާސިމް އަކީ މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަން ހުރި އެންމެ ކަމުނުދާ އަދި ތާކުންތާކު ނުޖެހޭ މީހަކީ. އެޅިވަރެއް ވަރިހަމަ އަދި ފުދޭވަރެއް ވެސް ނޯވޭ.

    27
    3
  7. ވަގުތު

    ހިހި ކަލޭ ހަރަދު ކޮށްގެން ބައިތިއްބާފަ ތިބި ބައެއްދޯ އެީ. ކަލޭ ހީކުރަނީ އަދިވެސް ކަލެ އަށް އެމީހުން ބޭނުންކޮށްގެން ވެރިކަމަށް އާދެވިދާނެ ކަމަށް ދޯ. ވަގު ފުރޭތަ ހަނދާން ނައްތާލާ. މިރާއްޖޭގެ ވެރިކަމަކަށް ކަލެއަށް ހުވަފެނުގަވެސް ނާގެވޭނެ.

    13
    1
  8. ލޯއަބް

    ގާސިމް އެއްގޮތެއްގައި ހުރެބަލަ އާދޭސް ދެފުއްކެހެރި ނުވާތި

    7
    1