ހަރުކަށި ފިކުރާއި އަދި ހައްދުފަހަނަ އެޅި މީހުން ހިމެނޭ ގޮތަށް، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، ފާސްކުުރުމުގެ ބާރު ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަނުގައި ވަނީ މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައެވެ.

ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.

ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ބިލްގައި ވަނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމެވެ.

އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް ބިލްގައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލުތަކެއް ކަމަށް ވެސް ބިލްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އެންދެރި

  ސުންނަތާ ދެކޮޅަށް މަސައްކަތް ކުރުމައް ގާނޫނުތައް ހަދަނީއެވެ.

  19
  5
 2. ލީމަން

  އެންމެ ފުރަތަމަ ޝަހިންދާ އާއި އިބުރާ ދޯ މީގެ ދަށުން ހައްޔަރުވާނީ..؟

  ދީނީ ގޮތުން ހައްދުފަހަނަޅާފައިވަނީ އެދެމީހުން ރާއްޖޭގައި..!

  22
  1
 3. ތެދު

  ﷲއަށް އުރެދޭމީމުންނޯ އެއީޝިރްކް އެއްމެބޮޑު ފާފަ...ދެން ތިއުޅެނީ އިނގިރޭސިން ނއައިލެންޑް މީހުންނަށްދިން ލަނޑުދޭން ދެއްތޯ

  13
  2
 4. ހުސްނުއްއަލްސޫދު

  އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ، ހެދިޔަސް އެވާނީ ބާތިލް

  23
  3
 5. ޙސެން

  ފުރަތަމަ މި ރާއްޖޭގައި އުޅޭ މީހުންނަ ރައްކާތެރި މާހައުލެއް ހޯދައިދީބަލަ....ވަގުން ގެ އުދަގޫ އެހާ ބޮޑު ޕާޓޭންގެ އުދަގޫ އެހާބޮޑު..އިސްލާމް ދީނުގައި ހަރާމް ކަންތަ ކުރުން ވެސް ދުލުން ކިޔުންވެސް މައްސަލައެއްނެތް . ދީންވެރި މީހެކައް ވެއްޖެޔާ ކުޑަ ގޮޅި.... މީވާ ވެރިކަމެއް ކުރާ ބަޔެއް....ވޯޓް ދެވުނީތީ ވެސް ހިތާމަ ކުރަން، ނުކިޔަވާ މީހުންނަށް ބޮޑެތި މަގާމުތަށް...ބޭކާރު ޑިގުރީ އެކާ އަހަރު ތަކެއް...... ޥަރަށް އަވަހާ މިކަމުން ގައުމު ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރަން.....

  19
  1
 6. ކުންބޭ

  ދީނަށް ހަޖޫ ޖަހާމީހުން ހައްޔަރު ކޮށްބަލަ.

  17
  3
 7. Anonymous

  ސުއްނަތުގެ .. ދިފާޢުގައި .. ފަރުލާ .. ވާޖިބް .. ދޫކޮށްފާ .. ސަރުކާރާ .. ދެކޮޅަށް .. ތުނބުޅިތައް .. ނުމުކުތުމުގެ .. ވަގުތު .. ޖެހިއްޖެ .. ސޯސް ލާފަ .. އެމް .. އެންޑީ.. އެފްގަޔާ .. ޕޮލިހުގައި .. ތިބި .. ތުނބުޅިތަށް .. ބާލާ .. ހިއްތަލަ ..އެއްހެން.. ހަދާލުމުގެ .. ވަގުތު .. ޖެހިއްޖެ
  .. ތުނބުޅިޔާ .. މަތިމަހަކުން.. ސުވަރުގެ އެއް .. ނުވަދެވޭނެކަން. .. އަދި .. ސުވަރުގެ .. ވަދެވޭނީ .. ތިމާ .. ކުރި .. ހެޔޮ .. ޢަމަލަކުން .. ކަން.. އެނގުމުގެ .. ވަގުތު .. ޖެހިއްޖެ ..

  6
  13
 8. ސައަސް

  ހަރުކަށި ވިސްނުމުގެ މީހުންނައް ލިބެންވާނީ ހަރުކަށި އަދަބު. ސިކުންޑީގެ ބަލި ޖެހިފަވާމީހުން ހައްލާލައިގެން މީހުންމަރަމުން އެގެންދަނީ. ދިވެހި ރާއްޖޭގަ ސިކުންޑީގެ ބަލިތައް ގިނަ. ތަރައްގީ ވާއިރު ނުކިޔަވާމީހުންގިނަ. ސްކޫލް ނިމޭއިރު އިންގޭނީ މަދު އެއްޗެއް. ދަސްކުރުމުގެ ފެންވަރު މަދު ގިނަ މީހުން އުޅޭ ގައުމެއް. މައުލޫމާތު ހޯދަނީ ފެންވަރު ދައް ލިއުންތަކުން. ގައުމު ހަލާކު ވަނީ ސިކުންޑީގެ ބަލިމީހުން އެއީ ވިސްނޭ މީހުން ގޮތުގަ ދެކޭތީ. ދެނެގަނެވޭ ފެންވަރު މަދު.

  މީހުން މަރަނީ ދީންބޭނުންކޮއްގެން މަރާހިތުން. ހަރުކަށި ވިސްނުމުގެ މީހުންނައް އުޅެވެނީ ނުކިޔަވާމީހުން ގިނަވިވަރަކައް..

  5
  1
 9. ދެން އަތް ޖަހާ

  އަނިޔާވެރި ސަރުކާރު. އަނިޔާވެރި ގަންޖާ. ފެނޭތަ އެބަ އަނިޔާވެރިން؟

  14
  3
 10. ރާކަނި

  ސަޅި ދެން ފެނާއި ކަރަންޓް އަދި ފޯން ކަޑައެއް ނުލެވޭނެ ބިލަށް ފައިސާ ހޯދަން ކުންފުނިތަކުން ދާންޖެހޭނީ ކޯޓަށްތާ؟

 11. ސައްދާމް

  ސަރުކާރަށް ހިރިނުލެވި މުޅި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު ބަދަލްކުރާނެހެން ވަރަށް ހީވޭ. އެކަމަކު ދެން އެއްވެސް ގޮތެއްނެތް މީތި މިފެއިލްވީ.

  7
  2
 12. ވޭމަންޑޫ

  އަދި އަހަރު ނުވޭ ކަލޭމެން އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ފެށީ ކޮބާލަދު
  ކަލޭ މެން އެންމެ ފަހަތރަކުވެސް މިޤައުމުގަ އޮރިޔާމާ އުޅޭ ދީނަށް ފުރައްސާރަ ކުރާ މީހުން ތިޔަ ޤާނޫނުން ބަންދު ކޮށްބަލަ

  16
  3
  • Tq

   ހަރުކަށިކަމާ ތަންތާ ބޮން ގޮއްވަމުން ކަމާ ނުބެހޭ މީހުން މެރުން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ނުކުތުމެއް ނޫން. އެކަންކަމަކީ އިސްލާމްދީން ބާރުއަޅާ ކަންކަމެއްވެސް ނޫން.

   1
   4
 13. އެމީހާ

  ތުރުކީ ގެ ކަމާލުބާސާ ގެވިސނުމުގެ ކުލަވަރުހެން ހާދަހީވެޔޭ. ލޮބުވެތި ރަށްޔިތުންނޭ މިކަމާއިމެދު ވަރަށްފުންކޮށް ވިސްނާ މިސަރުކާރުގެ ޢަމަލުތަކާއި މެދުފާރަވެރިވޭ. ކުރިންނުވިރަށްކަލެއްފަހަކުންނުވާނެ. އަދިވެސްވަޤުތު އެބައޮތް. މުޅި ޤައުމު މިއޮތީ މިހުޅަނގުގެ ގޮޑިކޮށްކޮ ސަރުކާރު ގެ. މުށުތެރޭގައި ރައްޔިތުންގެމަޖުލީހުގައި އިސްލާމު ދީނަކީ ކޮން އެއްޗެއްކަން ނުދަންނަމީހުުން މީހުންގިނައީ ް

  4
  1
 14. ހަމްދު

  ލާދީނީ ގޮތުން ހައްދުފަހަނަ އަަޅާމީހުންނާއި ދީނަށް ފުރައްސާރަކޮށް ގައުމުގެ އަމާންކަން ނަގާލާމީހުންނާއި އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ހުއްދަކޮށް އެކަންކުރުން ބާރު އަޅާ ދިވެހިންވެސް ޓެރަރިޒަމްގެ ގޮތުގައި ބަލަންވާނެ. މި ލާދީނީ ބައިގަނޑު އެބައުޅޭ އަރަބި ހެދުން އެޅީމަ ޓެރަރިޒަމްގެ ގޮތުގައި ބަލަން ވެެގެން. އެންމެން ބޭނުމެއް ނުވޭ މާރިޔާހެން އޮރިޔާން ހެދުން ލައިގެން އެގޮތައް އުޅޭކަށް!

 15. މީހާ

  ދީނައް ފުރައްސާރަ ކުރާ އަދި ދީނީ މިނިވަން ކަމަށް ގޮވާލާ ޓެރަރިސްޓުން ހައްޔަރު ކުރެވޭ ގޮތައް ގާނޫނައް އިސްލާހު ގެންނަން ވީއެވެ.