އަންނަ ހަފުތާގައި އޮންނަ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިސްރާއީލްގެ ތަނެއްގެ ގޮތުގައި ހަމަޖައްސާ ޑެޑް ސީ އަކީ އިސްރާއީލްގެ ތަނަކަށް ހަދާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނުމަކީ ޒިންމާދާރުކަން ކުޑައަމަލެއް ކަމަށާއި އެމައްސަލައިގައި ބައިނަލްއަޤުވާމީ ފަރާތްތަކުން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުން މިހެން ވިދާޅުވީ ނަތަންޔާހޫގެ ވާހަކަތައް ކުއްވެރިކޮށް ދެންމެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ ފަލަސްތީންގެ އެއްވެސް ބިމަކަށް ވެރިވެގަތުމަކީ ޖެނީވާ ކޮންވެންޝަނާއި ހިލާފު ނިންމުމެއް ކަމަށާއި އަދި އެއީ މެދުއިރުމަތީގެ ސުލަހައަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.
"ދިވެހިރާއްޖެ އިން މި ގޮވާލަނީ ބައިނަލްއަޤުވާމީ ފަރާތްތަކުން، އދ.ގެ ސަލާމަތީ މަޖިލިސް ވެސް ހިމެނޭ ގޮތައް އދ.ގެ ނިންމުންތައް ތަންފީޒު ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ. އަދި ހަމަނުޖެހުންތަކަށް ފުރުސަތު ފަހިވާގޮތައް އިސްރާއީލުން ނިންމާފައިވާ ނިންމުން ކުއްވެރިކޮށް ޤާނޫނު ތަންފީޒު ކުރުމަށެވެ." ދިވެހި ސަރުކާރުގެ ބަޔާނުގައި ވެއެވެ.
ފަލަސްތީނަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ކުރާ ތާއިދު ދަމަހައްޓާ ކަމަށާއި ފަލަސްތީންގެ މައްސަލައަށް ބޭނުން ވަނީ ދެގައުމެއް ގާއިމް ކުރުމުގެ ހައްލު ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވެއެވެ. އެއީ 1967 ވަނަ އަހަރު އޮތް ބޯޑަރުގައި ހުޅަނގު އައްސޭރިއަކީ ފަލަސްތީންގެ ވެރިރަށްކަމަށް ހެދިގެން ގާއިމް ކުރެވޭ ދައުލަތަކަށް ވާން ޖެހޭނެ ކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 އިންސައްތައެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11000 މީހުން ދިރިއުޅެ އެވެ.
ޖޯޑަން ވެލީ އާއި ޑެޑް ސީ އިސްރާއީލްގެ ބާރުގެ ދަށަށް ގެންދާނެކަން ނަތަންޔާހޫ އިއުލާން ކުރުމުން ވަރަށް ގިނަ ގައުމުތަކުން އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.
???????????????
ޝުކުރިޔާ މުންދު.
ތީހަމަ ރަގަޅު ނިންމުމެއް.. ތާއީދު ދައުލަތުގެ ޕޮލިސީއަށް..
އެކަމަކު.. އަންނި ހާދަ ރުޅި އަންނާނެ ކަމެއް ހެން ހީވޭ!
ސާބަހޭ އިއްޒަތްތެރި ރައީސް. ތީ އެމްޑީޕީއަށް ތާއީދުކުރެވޭ ކަމަކީ. ޙައްޤުބަސް ބުނުމުގައި ފަހަތަށް ނުޖެހޭތީ!!
ޝުކުރިއްޔާ ދިވެހި ސަރުކާރު. އެކަމަކު އަދި 29 ބިލިޔަންރުފިޔާ އަށްވީގޮތް ސާފުވާން ބޭނުންވާ ނެ
މިއަދު ތިޔަހެން ބަޔާންނެރެފަ މާދަމާވެސް އިސްރާއިލާ ދެކޮޅަށްވޯޓެއްލަންނާ އޭގައި ބައިވެރި ނުވުމަކީ ހަމަ އެކަށީގެންވާކަމެއް..
ކާފަރުންނަށް ހަލާކު ހުރި.
ޢެކަމަކީ ޓެރެރިޒަމުގެ އަމަ ލެއް ނޫނއތަ
ޢައި އެސް އަކީ
ސީދާ އެމެރިކާ
ޢުފެއްދިބައެ
ޢަފުޕާކިސްތާނަށް
މީހުންފޮނުވަިމަ
ޓެރެރިސްޓަކަށްވަޏި
އިޒުރޭލު އަދިއެމެރިކާއިން
މީހުންމެރިއަސް
ޓެރެރިޒަމެއއނޫން
އަދިވެސް ލާދީނީ ސަރުކާރޭގޮވާތި.. ރޔާމީންއަށްވެސް ކުރަންނުކެރުނުކަމެއްމީދޯ
އައްދެ ކޮމެންޓެއް ކޮށްލާނެވަރު ކުއްޖަކުވެސް ނުވި. ނިކަން ރައީސް ނަޝީދު އެއްޗެއް ވިދާޡލުވެބަލަ ހުންނާނެ ފަޔަށް ހިނިއަރައިގރންފަ ނުވަތަ ސަރުކާރުން މިކަމާއިމެދު އެއްޗެއް ނުބުނިކަމުގައި ވިޔަސް
ވޭންދެނިވި މަރަކުން މީނާ މަރުގެންނަވާފާނދޭވެ. އާމީން
ސްޓަންޓެއް މި ޖެއްސީ
އިދި ކޮޅުން ،އާދޭސް .ކޮއްގެން .ގޮވާލީ..
އޮރިޔާން ހެދުން އެޅުން މަނާކުރާނެ ގާނޫނެއްވެސް ހަދަންފެނޭ.
ތީ ކުރިޔަށް އޮތް އިންތިޚާބަށް ޖަހާލި މަޅިއެއް، މިއީ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު ތިބި ސަރުކާރެކޭ ބުނުވަން. މުޅިން ގޭމް ޖައްސަނީ
ތިޔައީ މިއަދު ފާސްކުރަން އުޅޭ ބިލަށް މީހުންގެ ތާއިދު ހޯދަން ނެރުނު ރިޕޯޓެއް. މަށަށް އެގޭތީ މިބުނީ.
އިޒްރޭލުގެ ދާޚިލީކަމަކާ ނޫންތަ ތިބެހެވުނީ. ކަޝްމީރުވީމަ އިންޑިޔާގެ ދާޚިލީކަމެކޯ. ދެފުށްކެހެރި ސަރުކާރު.