ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާގެ ހިތްޕުޅުގައި އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހްލާއަށް އޮތް ލޯތްބާއި ތައުރީފް މިރޭ ބަންޑުކޮށްލައިފިއެވެ.

ޖޭޕީ އަށް ބަޔަކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އައިޝާއަށް ވަޒީރުކަން ދެއްވީ އޭނާ އާއި ދޮށީ ދަރިފުޅުން ޖަލަށް ލުމުން ކުރެއްވި މަސައްކަތް ރައްޔިތުން ބަަލައި ގެންފައި ވާތީ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އަކީ އެންމެ މަސައްކަތް ކުރެވޭ މިނިސްޓްރީ ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަނބިމީހާގެ ވާހަކަ މޮޅު ކޮށް ދައްކާ ކަށެއް ނޫން. އެކަމަކު އެންމެ ކަންތައްތައް ކުރެއްވޭ މިނިސްޓްރީ ގައި އެމަސައްކަތް ކުރައްވަނީ. އަޅުގަނޑަށް ޔަޤީންކަން އޮވޭ އައިޝާގެ ވިސްނުންފުޅު ވަރަށް ރަނގަޅުވާނެ ކަން. ވަރަށް ތެދުވެރިވާނެ. ޙިޔާނާތްތެރި ނުވާނެ. އަނިޔާއެއް ނުވާނެ.. މީހަކަށް ލަނޑެއް ނުދޭނެ. އެއީ ވޭތުވެދިޔަ 13، 14 އަހަރު އެތައް ދަރިންނެއް ލިބިފަ ވަނީ ދެން އަޅުގަނޑަށް އެނގޭނެތާ" ގާސިމް ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ކެތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށް ވިދާޅުވެ "އެކަން އެގޮތަށް ކުރުމަށްޓަކައި، ފައިނޭންސް މިނިސްޓަރުވެސް، އިކޮނޮމިކް މިނިސްޓަރުވެސް، އަދި ދެން ތިބި ބޭފުޅުންވެސް، ބަންޑާރަ ނައިބުވެސް، އަދި ޓުއަރިޒަމް މިނިސްޓަރު ވެސް. އަދި ޙާއްސަ ކޮށް ޓްރާންސްޕޯޓް މިނިސްޓަރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ" ކަމަށް ގާސިމް ވިދާޅުވވިއެވެ.

މަގުމަތީގެ ޕާކު ކުރުމުގައޮ ހުރި ކަންތައްތަކަށް ފާޑުކިޔާތީ ޤާސިމް ވިދާޅުވީ އެއްވެސް ޤައުމެއްގައި ހިތަށް އެރި ތަނެއްގައި ޕާކު ކޮށްފައި ނުދެވޭނެ ކަމަށެވެ. "އަޅުގަނޑުމެން ވެސް ކުރިމަގަށް ދާން ބޭނުންވާއިރު ތިމާގެ ފަހަތުން އަންނަ މީހަކަށް ދަތިވާ ގޮތަށް ކަންތައް ކޮށްފިއްޔާ ކިހިނެތްތޯ އަޅުގަނޑުމެން އުޅޭނީ" ގާސިމް ވިދާޅުވިއެވެ.

ލައިފްޖެކެޓް އެޅުން މަޖުބޫރު ކުރުމަށް ނިންމަން އުޅޭތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ކަނޑުމަތީ ގައި ދަތުރު ފަތުރު ކުރާއިރު އަމިއްލަ ފަރުދުން އަމިއްލަ އަށް ނަގަން ޖެހޭ ޒިންމާ ވެސް އޮންނަ ކަމަށާއި އެގޮތައް އެކަންތައް ކޮށްފިއްޔާ ހީނުކުރާހާ ރޯޝަނީކަން އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށެވެ. ވިއްސާރަ މޫސުމުގައި ޙާއްސަ ގޮތެއްގައި ސަރުކާރުން މަޖުބޫރު ނުކުރިއަސް އަމިއްލަ ނަފްސަށްވެސް ވިސްނައިގެން ލައިފްޖެކެޓްގެ ބޭނުން ހިފުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލެ އާ ދޭތެރޭ އަޅާފައި އޮތް ބުރިޖު ހުރަސް ކުރާއިރު ހެލްމެޓު އަޅަން މަޖުބޫރު ކުރި ނިންމުމަށް ބައެއް ރައްޔިތުން ސަރުކާރަށާއި އައިޝާ އަށް ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވައި ޤާސިމް ވިދާޅުވީ "އެއީ އައިޝާގެ އަމިއްލަ ނިންމުމެއްވެސް ނޫން. އެއީ ދައުލަތުގެ ކެބިނެޓުން ފާސްކޮށްގެން ކުރި ކަމެއް..ދިވެހި ރައްޔިތުންގެ ސަލާމަތާ އަމާން ކަމަށް ކުރި ކަމެއް ދެއްތޯ." ޤާސިމް ވިދާޅުވިއެވެ.

ހެލްމެޓު އަޅައިގެން އެކްސިޑެންޓު ތަކުގައި 100 އަކުން 98 މީހުން ގެ ބޯ ނުފެޅި ސަލާމަތް ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންވެ އެ ފުރުސަތަށް ބަލާފައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކުރަމުން ދާ ކަންތައްތައް ކަމަށް ޤާސިމް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލޮލް

    "އަޅުގަނޑުގެ އަނބިމީހާގެ..." އޭ ބުނެވޭނީ އެންމެ އަތްންބެއް ހުންނަ ނަމަ..! ފައްޗެއް އޮންނަ މީހަކު ބުނަންވާނީ "އަޅުގަނޑުގެ އަތްންބެއްގެ..." އޭ ދޯ..!

    40
    2
  2. ާަާަަައަސްލު

    ގާސިމަކީ ގައުމުދެކެމާލޯބިވާމީހެއްކަމަށް ކިތައްމެދެއްކިޔަސް ތީހަމަ އަމިއްލައެދުމާ ވެރިކަމާހެދިއުޅޭމީހެއް...ނެހެއްނޫންނަމަ ދީނައް ސަރީހަބަހުން ފުރައްސާރަކުރާބަޔަކާއެކު ނޫޅޭނެ..ލަނޑަޔާވާނީލަނޑަޔާ.

    46
    3
  3. އަލީ ހަމީދު ބެ

    ވަރަށް ލޯބި

    6
    21
  4. Anonymous

    ތީ އެއްކަހަލަ ދެމީހުން، ވަޒީރުންގެ ތެރެއިން އެންމެ ބަސްމަގު ހަޑި ކަނބުލޭގެ، ތިމާ ހުންނަނީ އުޑާއި ބިމާއި ދޭތެރެކަމެއްވެސް ނޭގެ، ތިމާއަށް ތިމާ ފެނިފަ ހުންނަނީ،

    40
    6
    • ލަލަލާ

      ކަޑަވީދޯ؟؟ ޖޭބޮކިވެފަ ހުރޭ ޑައެޖިންގ ކައިގެން.. ދެން ލަލަޕާ

      4
      14
      • Anonymous

        ޖޭވަނީއެއްނުން، ތިމީހާވެސް ގަބޫލުކުރަމެއްނުން ދޯ

  5. ޒައި

    ޤާސިމް ބުންޏަސް ތީ ހަމަ ތެދެއް... ދެން ނެތް ކަމެއް ކުރާ މީހަކު އަދި ކުރެވޭނެ މީހަކުވެސް ހުރިހެން ހިޔެއް ނުވޭ..

    11
    25
  6. ޖާޒީރާ ބޯއީ

    ފެންނަހާ އެއްޗެއްދެކެ ލޯބިވާ ބޭނުންވާ މީހަކަށް ތިޔަ ބުނިކަން ތައްތައް ވުމަކީ ނާދިރުކަމެއް.

    25
  7. ދަބަރޭ

    ޖަޕާނު މަހެއް ތާ ދޯ

    26
    3
  8. މާވަޑިޔާ:

    އައިޝާއަކީ މިހާރު އަންނިގެ ޕާޓެއް ކާސިންބެ ރޯލާ

    20
  9. ޖަޒީރާ ރާއްޖެ:

    ބޮވެންވާނެ، ބޯންޖެހޭނެ

    21
  10. ދުބުރި

    ދުބުރިއެއް ދޮންވެފައްކާވެފައިވާނަމަ އަންބަކަށް ވާނީ

  11. މިލްކިއްޔާތު

    އައިޝާ. ގާސިމްބެގެ ތިޔަހަރަ އެސްޓިމޭޓުތަށް ދޯ. 100 ސަތޭކަޔަކުން 98ކޯ . ވަރުގަދަ ދިރާސާއެއް. ދެން ވަރަށް ލޯބި. ހޫހޫހޫމްމްމް

    2
    1
  12. މުޙައްމަދު

    ފިރިމީހާގެ ދެއަނބިން، ނުވަތަ ތިން އަނބިން، ނުވަތަ ހަތަރު އަނބިން ތިބިނަމަ އެ އަނބިންގެ މެދުގައި ހަމަހަމަކުރުމީ ފިރިމީހާގެ ފަރާތުން އަނބިންނަށް އޮތް ޙައްޤެކެވެ. އެއީ ކާންދިނުމާ ފޭރާން ދިނުމާ އުޅޭތަން ދިނުމާ އަދި އެއްތާ ނިދުމުގެ ގޮތުންވެސްމެއެވެ. އަދި މިނޫންވެސް މިބާވަތުގެ ހުރިހާ ކެމެއްގައެވެ. އަދި ދެއަނބިން ނުވަތަ އެއަށްވުރެ ގިނައިން އަނބީން ތިބޭނަމަ ދަތުރަކު ދާއިރު އެކީގައި އަންބަކު ގެންދަން ވެއްޖެނަމަ ގުރުއަތު ލައިގެން ހޮވުނު އަންބަކު ގެންދިއުމީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ ސުންނަތުން ފެންނަ ޢަދުލުވެރިގޮތެވެ. އަދި މުސްލިމުންނަށް ވާޖިބުވެގެންވަނީ އެކަލޭގެފާނާ ތަބަޢުވުމެވެ. މިފަދަކަންކަމުގައި ޢަދުލު ވެރިނުވެވޭ ފިރިންނަށް ވާޖިބު ވެގެންވަނީ އެންމެ އަނތްބަކު ގެންގުޅުމެވެ.

  13. ނުލިބޭ

    މިނިސްޓަރަކު ރައްޔިތުންގެ ބަޔަކާ ތަޅާ ފޮޅަން ބުނި ހަމަ އެކަނި މިނިސްޓަރު ތީ.

  14. ބިންޖީ

    ގިނަ ދަރިން ލިބުމުން ދަރިންނާމެދު ނަގަންވާ ޒިންމާ އެންމެ ފުރިހަމައަށް އެބަ ނެގޭތަ؟ ދަރިންނަކީ މަންމައިންގެ ވަރަށް ގިނަ ބެލުންތަކަކާ އެކީ ބޮޑުވާންޖެހޭ ބައެއް. އެކަމު މަންމައަށް ދަރިން އެންމެ މުހިއްމުނުވެ ނުވަތަ ދަރިންނަށް މަންމަ އެންމެ މުހިއްމުނުވާތީތާ ދުވާލާ ރޭގަނޑު ވަޒީފާގައި އުޅެން ތިހެން ދޫކޮށްލާނީ. މަންމަގެ ބެލުންތެރިކަން އެންމެ ބޭނުންވަނީ ދަރިންނަށްތޯ ނުވަތަ ގައުމަށްތޯ ދެނެގަންނަން ނޭނގިފައި ހުރި މީހަކީތަ ނޫނީ އަމިއްލަ ބާރު ސަރުކާރުގައި ބޭއްވުމަށް އެކަމަށް އެންމެ އިތުބާރާއެކު ކެރޭ މީހެއްގެ ހައިސިއްޔަތުން އަންހެނުން ބަހައްޓާފައި ހުރިކަމަށްވީ ނަމަވެސް އެއީ މިޒަމާނުގައި ނުދައްކާ ކަހަލަ ވާހަކަ.