ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ބަދަލު ގެންނަނީ ސްރީލަންކާގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލު ހިންގިޔަ ނުދިނުމަށްޓަކައި ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު އދ.ގެ ދީނީ މިނިވަންކަމާއި ގަބޫލުކުރުންތަކާއި ބެހޭ މަންދޫބު ޑރ.އަހްމަދު ޝަހީދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުން އެއީ ކުށެއް ކަމަށް ބިލްގައި ބަޔާންކޮށްފައި އޮތުމުން ޝަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝަހީދު ވިދާޅުވީ މިހެން ބަޔާންކުރާ ޤާނޫނެއް ފާސްކުރަން ހެޔޮނުވާނެ ކަމަށާއި މިއީ އަސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާ އާއި ހިލާފު ކަމެއް ކަމަށެވެ.

ޝަހީދުގެ ޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެރަރިޒަމް ޤާނޫނު ތަކަށް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ މީހުން ފާޑުކިޔާނެ ކަމަށެވެ.

"ޖިނާޢީ އަދުލުގެ ޤާނޫނުތަކަކީ ކުށެއް ކުރީމާ ދައުލަތުގެ ރެސްޕޯންސް. ނަމަވެސް ޓެރަރިޒަމްގެ ޤާނޫނުތައް މި ހެދެނީ ލަންކާގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް ހަމަލު ހިންގިޔަ ނުދިނުމަށްޓަކައި. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެރަރިޒަމް ޤާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑުކިޔާ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު މިހާރަށް ވުރެވެސް ހަރުކަށިކޮށް، އެ ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން މިއަދު މަޖިލީހުގައި ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ސައްދާމް

  ފުލުހުންނާއި ސިފައިގެ އެއްވެސް އުރައްޕެއް ނެތް މީހަކަށް އެފަދަ މުއައްސަސާއެއް ހަވާލްކުރުމުން ވާނެ ހާއެއްޗެއް މިވަނީ. ކަމަނާ މޮޔަފުޅުވީތޯ ބަޔަކު ތިޔަކަން ކުރަން އުޅޭނަމަ މިހާރު ރާއްޖެ ނޯންނާނެ. ބަޔަކު ނޫޅޭ ރާއްޖޭގައި ތިޔަކަންތައްތައް ކުރާކަށް ފަހަރުގައި އެފަދަ މީހުން ނޫޅެއެކޭނޫން. ކަމަނާއަށް ކިތައް ދިމާލުގައިބާ އަތް އެލޭނީ. ބޯބުރާންތިން ނަށް ކަންކަން ހަވާލްކުރީމާ ވާނެއެއްޗެތި މިވަނީ.

  92
  4
  • ހުދުހުދު

   ތިބުނީ ތެދެއް. މީހަކު މިތާ ބޮން ގޮއްވަން ބޭނުންވި ނަމަ މިހާރަކު ނޫން ގޮއްވާނީ އެއް. އެކަހަލަ
   ކަމެއް ކޮށްފާނެ ހެން ހީވި މީހުން ސީރިޔާ އަށް ގޮސް ނިމިއްޖެ. މިހާރު އަޑެއް ނާހަން މީހަކު ސީރިޔާ އަށް ދާން އުޅެނިކޮށް ހިފަހައްޓާ ހަބަރެއް. ސުންނަތަށް އުޅޭ މީހުން ކުޑަ ގޮޅި ލާން ތި މަސައްކަތް ކުރަނީ

   40
 2. އަންނި:

  ކިތައްމެ މެމްބަރުން ގިނަޔަސް މާރިޔާއަކަށް އިލާހީ ޤާނޫނަކަށް ބަދަލެއް ނުގެނެވޭނެ ދޮއްތޯ؟

  107
  • އެ ޤާނޫނުގައި ވެސް

   ނުބައި ކަންކަން މަނާ ކުރައްވައި، އެކަންކަން ހުއްޓުމަށް އިލާހީ ޤާނޫނުގައި ވެސް ވެއެވެ. ހުރިހާ ނުބައިކަމެއް ކުރާ މީހުން މިހާރު ދިވެހިންގެ ތެރޭގައި ވެސް އުޅޭކަން އެތައްގޮތަކުން މިދަނީ ހާމަވަމުންނެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ!" ޤާނޫނަށް ބޯލަނބައިގެން އުޅުމަކުން ވާނެ ގެއްލުމެއް ނެތެވެ. ކޮންމެ މީހަކީ ހުރިގޮތަށް ހުރި ސަރުކާރަކަށް ވެއްޖެނަމަ، އެއީ ޤައުމުގެ ހަލާކެވެ!

   9
   11
 3. އެންދެރި

  ކޯޓް އަމުރެއް ނެތި ދީނައް ފުރައްސާރަ ކުރާ އަދި ދީނީ މިނިވަން ކަމަށް ގޮވާލާ ޓެރަރިސްޓުން ހައްޔަރު ކުރެވޭ ގޮތައް ގާނޫނައް އިސްލާހު ގެންނަން ވީއެވެ.

  47
 4. ވަގުން

  ހުދުމުހުތާރުވާން ގާނޫނަށް ބަދަލު ގެންނަނީ. ޑިމޮކްރަސީއަށް ހުރަސް ނާޅާ. ޑިމޮކްރެޓިކް ޕާޓީ ނުކިޔާ މުގާބޭ ޕާޓީ ކިޔަންވީނުން

  30
 5. ދިވެެއްސެއް

  އެއްވެސް ހަމައެއް އިންސާފެއްނެތް.... މި ގައުމުގަ ދީނަށް ފުރައްސާރަކުރާމީހުނަށް މާރައްކާތެރި ދީނަށް އުޅެން މަސައްކަތްކުރާމީހުނަށްވުރެ.... ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ކިބައިން މި ގައުމު ސަލާމަތްކުރައްވާށި! އާމީން

  44
 6. ކާފަ

  ހަމަލާދިންމީހުން ލަންކާގައި ދިޔައީ ޖުއްބާ ލައިގެންތޯ؟
  ތިހަދާ ގާނޫނު ތަކުން ތިއެއްވެސް ކަމެއް ނުހުއްޓުވޭނެ.
  ކާފަރުން ހެދުން އަޅާގޮތަށް ހެދުން އެޅާ ތިފަދަ މިނިސްޓަރުންނަން 3 އަހަރުގެ ޖަލުހުކުމެއް ހައްޤުވާގޮތަށް ޤާނޫނު އިސްލާހު ކުރަން ފެނޭ.

  35
 7. ހޯމް މިނިސްޓަރ އިމްރާން

  ޑިފެންސް މިނިސްޓަރ ކީ އަދަބެއް ސަދަބެއްނެތި ތެޅިބާލާފަ ހުރި ބުރާންޗެއް. ލަންކާގަ ބޮންގޮއްވި މީހުން ތިބީ ޓީޝާޓާ ޖިންސް ލައިގެން ސަޅި ބެކް ޕްކް އަޅައިގެން. ދެންކިހިނެކޯ ގާނޫނަކުން އެކަން ހުއްޓުވަނީ

  37
 8. މުހައްމަދު

  ގާނޫނަކީ ލިޔެފަ އޮންނަ އެއްޗެއް. ގިނަފަހަރު ކަމެއްކޮށްނިމުމުން އެޖެހުނީ ގާނޫނާް. ކޮންމެމީހެއްގެ ފަހަތުގައި ލޮލެއްނުބެހެއްޓޭނެ. ބޭނުންވަނީ ގައުމަށް އިޚުލާސްތެރިން.

  19
 9. ޓެރޭސް

  މާރިޔާއެވެ ކިހިނެއްވާނެތޯ ނިއުޒިލޭންޑް މިސްކިތައްދިން ހަމަލާ ފަދަ ލާއިންސާނީ ޓެރެރިސްޓް ހަމަލާއެއް ރާއްޖޭގައި ހިންގިޔަ ނުދިނުމަށް ފޫގަޅަފަ ގާނޫނު ބަދަލު ކުރަން ނޫޅެނީ އެސޮރު މެން ދޮނަސް ކަރުަގައި ސޮލިބެެއްއޮތަސް ހަމަވާނީ ޓެރެރިސްޓަކަށްދޯ!

  69
  • ފުތާ

   ނޫނޭ ކަރުގައި ސޮލީބެއް އޮތިއްޔާ އަދު އެވަނީ ނަފްސާނީ ބަލިމީހަކައް. އެވަރިހަމަ 100މީހުން މަރާލިޔަސް.

   27
 10. މުހައްމަދު

  ކޯއްޗެއް ކިޔާކަށް ތިއުޅެނީ މިތަނަށް ސެކިއުލާ ނުގެނެވިގެން!! މިޔަދާ ހަމައަށް އައި އިރު ސަރުކާރުން ހަރުދަނާ އެއްކަމެއްވެސް ކުރެވިފަ އެބަ އޮތްތޯ؟؟

  33
 11. މިލްކިއްޔާތު

  މޮޔަފުޅުވީތޯ؟
  މާރޔއތ މަރު ދެކެ ބިރުފުޅުގަނެގެން ދެއްތޯ ތި އުޅުއްވަނީ... އެންމެ ފުރަތަމަ ތިމާ އިސްލާހުވެބަލަ، އެހެން މީހުނޭ ކިޔައިން ވާހަކަދައްކާއިރު. އައުރަވެސް ނިވަކޮށްލަން ރަނގަޅުދޯ

  21
 12. ކިނިކްސް

  ތިޔަ ހަރުކަށި ވެވެނީ އެވެ. ތީ ވެސް ހަރުކަށި ސިޔާސީ ފިކުރެކެވެ. ދަނގަނޑު ކެނޑޭނީ ދަނގަނޑުން ކަމަށް ކުރީގަ ޤަބޫލު ކުރިޔަސް މިހާރު އެންމެނަށްވެސް އެނގޭ ފެނުން ވެސް ދަނގަނޑު ކެނޑޭކަން. ހަރުކަށި ޢަމަލަކުން ހަރުކަށި ފިކުރެއް ފޮހެވިފައެއް ނުވއެވެ.

  23
 13. ނަމަ

  ޤާނޫނުގަ ލިޔަންވީނު ލަންކާގައި ދިން ފަދަ ހަމަލާއެއްދީފި ނަމަ އަދަބު ލިބޭނެއޭ

  22
 14. ޟަރާ

  ދިވެހިރާއްޖޭގައި އިސްލަމުން ނައް އުޅުން ދަތިކުރަން ތިފަށަނީ. ހުރި ނުބައިކަމާ މަކަރު ގަދަކަން.

  26
  1
 15. މރޔ

  މިހާތަނަށް ރާއްޖޭގަ އެފަދަ ހަމަލާ އެއް ދީފަ ނުވޭ. ދެން ތިބުނާ ބަދަލެއް ގެއްނަ ފަހުން އެފަދަ ކަމެއް ހިނގާފިނަމަ ކީކޭ ތޯ ބުނާނީ

  25
 16. ވާނުވާ

  މީގެ ހަތަރު އަހަރު ކުރިން ގެއްލުވާލި މީހެއްގެ މައްސަލަ ތި ބަލަނީ. ތަނެއްގަ ތިބި ބައެއްގެ ނަން ކިޔާފަ ތިބުނަނީ މިއޭ އެކަން ކުރި މީހުން. މިވީ 4 އަހަރު އެމީހުން އުޅުނު
  އިރު ޓެރަރިޒަމްގެ އަމަލެއް ހިންގިތަ؟ ކުއްލިޔަކަށް ފަޔަށް ހިނި އަރައިގެން އުޅޭހެން ބަޔަކު ހައްޔަރު ކޮށް އާއިލާ ތަކެއް ނިކަމެތި ކުރަން ތިއުޅެނީ

  27
 17. ދަންސޫރަ

  މިއަށްވުރެ ބޮޑު ކަނޑުކޮހަކު ނުހުންނާނެ ގާނޫނަކުން ދޭންއުޅޭ ހަމަލާއެއް ނުހުށްޓް ވޭނެ އެއީ ކަންތަށް ކުރާނީ އިންސާނުންނަށް ވާތީ

  23
 18. އިބޫ

  މިސަރުކާރުން ވަރައްބޭނުންވޭމިްައުމަކީ ނުރައްކާގައޮމަކައްވާން. ސަބަބުވެސް އިނގޭ ! އިންޑިޔާގެ ނުލަފާސިފައިން މިގައުމައް ގެނެވޭނީ މިކަހަލަ ވާހަދައްހައި މީންތަކުންގެ ބޮލައް އެރިގެން. މާރިޔާ ބުނެފައޮތީ އިންޑިޔާގެ ސިފައިން ބޭނުންވެއްޖެއްޔާ މިގައުމު ހިފިދާނޭ

  24
  1
 19. ހަކި

  ލަދީނީ ބައިގަނޑަކަށް ވެރިކަން ލިބުނީމާ ވަންހުރި ހުރިހާއެއޗެއް މިވަނީ ޔަހޫދީ އެމެރިކާ އިޒްރާއީލް. ފަދަ ޤައުމުތަކުގެ ވަކިތަކުން އަޅަމެން މިންޖުކުރަށްވަށި އާމީން

  26
 20. އައްޑޫ މީހާ

  ތިޔަ އުޅެނީ މިތާގަ ކަމެއް ނުހިނގާތީ ހިންގަން ބަޔަކު އެކްޓިވް ކުރަން އިތުރު ކަމެއްގައެއްނޫން އަދި މާރިޔަައަށް ވާނުވާ ނޭގެނީ ވާނުވާ އެނގޭއިރު އޮންނާނީ އަތައް ގޮވާފަ ބަލަ މާރިޔާ މިގައުމުގަ ނެތޭ އެހެން ގައުމުތަކުގަ ހުރިވަރަކަށް ގާތަކަަށްވެސް ގައުމު ދިފާއުކުރާނެ ބާރެއް މިހާރުވެސް ފުލުހުންނާއި ސިފައިން ބޭޒާރު ކުރަމުން ތިގެންދަނީ ވ. ވިސްނައިގެން ތި ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވަން ކައްޗަށް ފިޔަވަޅު އެޅިއްޖެއިޔާ ކުޑަހުޅު ނައްޓާލަފާނެ އިންޑިއާ ދެން އިންޑިއާ ސިފައިން ރާއްޖެ ގެންނާނީ މިތާގަ ސުލްހަ ބަލަހައްޓަން ވެގެންނޭ ކިޔާފަ ރައްޔިތުން ހޭލާ މިއީ ހޭލަންވީ ވަގުތު އަލަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ

  18
 21. Anonymous

  މިބިލަށް ނުފެތޭ މީހަކު ކުޑަ ދުވަސް ކޮޅެއް ތެރޭ ނޫޅޭނެ ، އެހާ ފުޅާ ކޮއް މާނަ ކުރެވޭ އެއްޗެއް އެއީ ، ސަރުކާރުން ބޭނުމިއްޔާ ކޮންމެ މީހަކު ވެސް ހައްޔަރު ކުރެވޭނެ މިގާނޫނުން، ގައުމިއްޔަތާ އެއްކޮޅަށް ވާހަކަ ދެއްކުން އެއީ ވެސް ހައްދު ފަހަނަޅައި ދިއުން ކަމަށް ވާނެ.

  25
 22. ޝާހް، ރ.ވާދޫ

  ޝަހީދޫ ކަލޭ ރާއްޖޭގެ ކަންކަމާނުބެހި ރެއިންބޯ ކުލަޔާ ކުޅެން އޮވެބަލަ. މުސީބާތެއްނުމީދެން މީނަގެ އާއިލާ މީހުންކޮނައިތަ މީނަ މިވައްތަރަށް ތެޅޭއިރު.

 23. މޮޔައިންގެ ސަރުކާރު

  ދެން ތަންކޮޅެއް ބިޔަ ގާނޫނެއް ހަދަން ވީނުން. ބޭނުން މީހަކު ބަންދުކޮށްގެން ބޭނުން ދުވަހެއް ވަންދެން ބޭނުން ގޮތަކަށް ގެންގުޅެވޭ ގޮތައް؟ ފައްކާވާނެ. އަސްތާ، އެކަމަކު އެއީ ދޯ މި ނަސީމެންނަށް ގޮޅާބޯ ކަމުނުގޮސްގެން ސަރުކާރު ވައްޓާލަން އުޅުނު ސަބަބަކީވެސް؟ ދެނޯ؟؟

 24. Anonymous

  ތިގޮތައް ފިއްތާ ކަުގައވަނީނމަ ވުން އެކަށީގެންވޭ. ކަލޭމެން ބޭނުންވަނީ އެގޮތް ވާންތަ.

 25. Anonymous

  ޑރ ޝަހީދަކީ މުރުތައްދެއް

  4
  1
 26. ޕެކްސްމޭން

  މާރިޔާ ހަމަ ވަރަށް ރަނގަޅު. ވަކި ކޮޅަކަށް ނުޖެހި އެއޮތީ ޖަވާބު ދިފައި

  2
  10
 27. މީޒާން

  މާރިޔާ އެވިދާޅުވީ ވަރަށް ނިއުޓްރަލް ސްޓޭޓްމަންޓެއް. ދެފޮޅުވަތް ދޭތެރެ ކިޔަން ދަސްކޮށްބަލަ

  1
  7
 28. ހަމަހަމަ

  އުޒުރަކަށް ތި ނަގަނީ ލަންކާގަ ފައްޅިތަކަށް ހަމަލާދިނުން. ރާއްޖެއަކު ނެތް ތި ބުނާކަހަލަ ފައްޅިއެއް. އެހެންވީމަ ތި އުޒުރު ހަމައެއް ނުޖެހޭތާ. ނޫނީ ތިއީ ފައްޅި އަޅަންވާއިރަށް ހަދާ ގާނޫނެއްތަ ؟ އޭރުން ހަމަޖެހެ.

 29. މަބޭ

  ލަންކާކަ ދިންކަހަލަ ހަމަލާޔެކޭބުނާއިރު ލަންކާއަކީ ހުރިހާ ދީނެއްގެމީހުން ހުޅޭ ގައުމެއް އަދި ދާދިއިހާކައްދުވަހު އެގައުމުގަ ހިންގަމުންދިޔަ ދާހިލީހަންގުރާމަ ނިމުނީ ރާއްގޭގަ މިހަދާ ޓެރަރިޒަމް ގާނޫނައް ހިޔާލުދޭމީހުންގެ މަގްސަދުވެސް އެބަބަލަންޖެހޭ ބައެއް ތަންތަނުގެ ވެރިންނައް ތިބިމީހުނަކީ އެމީހުންގެ މަގާމު ދިފާއުކުރުމައް ގައުމުވެސް ވިއްކާލާވަރުގެ މީހުން. މީވަރައްވާހަކަ.

 30. އިސްލާހު

  ރާއްޖޭގެ ތާރީހުގަ ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ތުހުމަތުވާ ފަރާތްތަކަކީ ކޯޓުފަޓުލޫނު ތުރުކުރައްވާބޭބޭފުޅުން. ދިވެހިރާއްޖޭން ވައްކަން ފޮހެލުމަށް ކޯޓާއި ފަޓުލޫނު ތުރުކުރުން އެބަޖެހޭ ނަމާކުރަން. އެއީ މުޅި ރާއްޖެއަށް ފައިދާވާނެ ކަމަކަށް ވާނެ. އަންނަން އޮތް ޖީލުތަކުން ވައްކަން ފޮހެވިގެންދާނެ ކަމެއް. ކަމަނާއަށް ގޮވާލަން ގާނޫނުތައް އިސްލާހު ކުރާއިރު ކޯޓުފަޓުލޫނު ލުން ވެސް މަނާކުރާ އިސްލާހެއް ހުށަހަޅއި ފާސްކޮށްދިނުން.

 31. ފަތުހުލް ބާރީ

  އޭ ޖަާރިޔަާ ތިއުޅުއްވަނީ މޮޔަފުޅު ވެގެން ތޯ ސަމާލުކަން ވަކިކޮޅަކަށް އަބުރާލުމަށް ތިބޭފުލުން ހަދާ ގޯސް ތަށް މަތިންރައްޔިތުން ހަދާންނަށްތަަާލުމަށްވެސް ތިކަހަލަ ވާހަކަ ނުދައްކަބަލަ ޖަނަވާރު ވިސްނުމުގެ މީހުންނަށް ހިތްވަރުލިބި މޯޓިވޭޓް ވީމަ މާކަ ރީއްޗެއް ނުވާނެ އިރާގް، ސީރިޔާ ލުބްނާން ފަދަ ގައުމުތަކަށް ޔޫރަޕުން ގެނެސްދިން އަރަބި ނަޔާ ބަހާރު ދިވެހިން ބޭނުމެއް ނޫން

 32. ޙ

  ލާދީނީ ބައިގަނޑުގެ ކަންތަށް.... ދީނައް ފުރައްސާރަ ކުރާ އަދި ދީނީ މިނިވަން ކަމަށް ގޮވާލާ ޓެރަރިސްޓުން ހައްޔަރު ކުރެވޭ ގޮތައް ގާނޫނައް އިސްލާހު ގެންނަން ވީއެވެ.