މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދަމަހައްޓައިދެނީ، ވަކިވަކި ފަރުދުންގެ ޢިލްމީ ހޭލުންތެރިކަން ހުރި ނިސްބަތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ރ.އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް އެންމެ ބޭނުންވަނީ އިޤްތިޞާދީ ފުދުންތެރިކަން ލިބުން ކަމަށާއި އިޤްތިޞާދަކީ އެ ތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީގޮތުން މެދުވެރިވާ ޙާލަތެއް ކަމަށެވެ. އެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެ ބައެއްގެ ޢިލްމީ ޤާބިލުކަން އިތުރުވި މިންވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އެއީ. މި ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން. ތަޢުލީމް ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަލިފުށްޓަކީ، އަޅުގަނޑުމެން މި އުންމީދުކުރާފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންވާ އިޞްލާޙީ ބަދަލުތައް، ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެން ކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ތަޢުލީމުގެ ތެރެއިން، ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތަޢުލީމީ ބިންގާ އެޅި، ޢިލުމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީޚުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ޙައްޤުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދޮންބެ

    މީބާ ފަރުދުންގެ ތެރެއިން އެންމެ އިލްމު ވެރިޔަކީ

  2. އަބުދުﷲ

    އިލްމް ކިޔާގެން އަގަހުޅުވާއިރު މިނާ މަޖިލީހުގަ އިން އިރު ބަޖެ ޓައް ވޯ ޓުގަޑުވެސް ނުދޭ ކުރެވޭތޯބެލި ޖެއްސުން ލަދުވެސް ގަންނަން ނޭގޭ

  3. ކަމަނަ

    ތި ވިދާޅުވާ ވާހަކައަކީ، އެންޑީޕީ މީހުންގެ ކިބައިގައި ޢިލުމީ ހޭލުންތެރިކަން ނެތިއްޔޭތޯ؟

  4. ދެއުޅިއެއްނުވާ ރައީސް

    ނޫނޭ، ޞުލްޙަވެރިކަން ދަމަހައްޓައިދޭނެ ޕާޓީ އެކްޓިވިސްޓުންގެ ގޮތުގައި އުޅޭ ޕާޓޭއިންނަށް މިނިސްޓްރީތަކުގެ ބޮޑެތި މަގާމުތައް ދެނިކޮށް. މިވެސް ބަހާ އަމަލާ ދިމާނުވާ ރައީސެއް.

    10
  5. ދަންސޫރަ

    ގާނޫނު ހަދަންވީ ރާއިސްކަމަށް ތިފެންވަރުގެ ބޭފުޅުންނަށް ނޭރޭގޮތަށް ރައީސުލް ޖުމްހޫރިއްޔާ އަށްވުރެ އެހެންމީހުން ފެންވަރު މަތިވާކަށް ނުޖެހެ އަދި މޮޅުވާކަށްވެސް ނުޖެ

  6. ސަރާ

    ގަމާރު ނުކިޔަވާ ރައީސް އަގަހާވަން ރީއްޗެއް ނޫން. ރާއްޖޭން ބޭރުގަ ސްޕީޗް އެއް ދޭންޖެހުނީމަ ރައްޔިތުންގެ ފައިސާއިން ޓިއުށަން ނަގަންވިޔަ ޖެހުނީ.

  7. ނިކަތިން

    ތަޔައީ ވަރަށްބޮޑު ތެދެއް..ތިމާމީހާގެ އިލްމެއް ނެތީމަ މިޤައުމުގެ ސުލްޙަވެރިކަން ނެތިގެން އޮޔާމިދަނީ...