ބާރެއް ލިބިއްޖެނަމަ ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ ބަޔަކު ހައްޔަރު ކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތައް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާތީ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިޒާމީ މައްސަލައެއް ނަންގަވައިގެން ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ނާޖާއިޒް ގޮތުގައި ބަޔަކަށް މަންފާތަކެއް ނެގޭނެ ގޮތައް އެއްވެސް ޤާނޫނެއް އިސްލާހް ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ގޯސްކަމެއް ކޮށްފިއްޔާ މީހަކު ހައްޔަރު ކުރުމުގެ ބާރު މިހާރު ވެސް އެބައޮތް. ކޯޓު އަމުރެއް ނެތި 24 ގަޑިއިރު ވަންދެން މީހަކު ހައްޔަރުކޮށްފައި ވެސް ބެހެއްޓޭ. އޭގެ ފަހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން މިޖެހެނީ." ސަލީމް ވިދާޅުވިއެވެ.
އަޅުގަނޑުމެން އަނެއްކާވެސް ސިޔާސީ ގޮތުން ނާޖާއިޒް ފައިދާތަކެއް ނަގާ ބަޔަކު ހައްޔަރު ކުރަން ފުރުސަތު ފަހިކޮށްދޭންވީތޯ ސަލީމް ސުވާލު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބޭނުމެއް ނެތި މީހުން ހައްޔަރު ކުރުން ކަމު ނުގޮސްގެން ޤާނޫނު އަސާސީ އިސްލާހު ކުރީ ހުރިހާ އެންމެން ވެސް ބޭނުން ވެގެން ކަމަށެވެ.
"އެއީ ހިތައް އެރި ގޮތައް ހައްޔަރު ކުރުން ހުއްޓުވަން ކުރި ކަމެއް. އަނެއްކާވެސް ދާން މިޖެހެނީ ހުދުމުހުތާރު ނިޒާމަކަކާއި ދިމާއަށް. އަނެއްކާވެސް ނޫ ޤާނޫނު އަސާސީ ގެންނަން ވީނޫންތޯ. އޭރުން ވަލިއްޔުލް އަމްރު ބޭނުން ގޮތަކަށް ކަންތައްތައް ކުރުމުގެ ބާރު ލިބޭނެ ނޫންތޯ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ފުރަތަމަ ބަލަންވީ މައްސަލަ އުފެއްދެނީ ކީއްވެގެންތޯ ކަމަށާއި ހަރުކަށި މީހުން ހުރިހާ ދީނެއްގައި އެބައޮތް ކަމަށެވެ.
ސަލީމްގެ ވާހަކަފުޅަކީ ހުށަހެޅިފައިވާ މައްސަލަ އާއި ގުޅޭ ވާހަކަފުޅެއް ނޫންކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސަލީމްގެ ވާހަކަފުޅު ހުއްޓުވާފައެވެ.
ތި ދުބާއީން އަބުރަނީ ކޮންކަހަލަ ފައިސާއެއް
ހާއްސަކޮން މި ސަރުކާރު ދީނީ މީހުންނަށް ވަރަށް އުދަގޫކުރޭ....
ޔާﷲ، މިވެރިކަމުގެ ނިމުން އަވަސްކޮށްދެއްވާ، މިވެރިކަމަކީ މަޖިލީހާއެކު ނިމިގެންދާ ވެރިކަމެއްކަމުގައި ލައްވާންދޭވެ. އާމީން.
މީ .. ގޭންގް .. ތަކުގެ.. ބޭނުން.. ހިފާ .. އެކަކު
އިސްލާމްދީނާ ދެކޮޅުވާ މީހުންނާބެހޭގޮތުން ވާހަކަދެއްކީމާ އަންނި ރުޅިގަދަވާނެއެވެ. މިހާރު ގެންނާން މިއުޅޭ އިސްލާހަކީ އިސްލާމްދީން ފަތުރާން މަސައްކަތްކުރާ މީހުންނަށް ހުރަސްއެޅުމަށް ކުރާމަސައްކަތެވެ. އިސްލާމްދީނާދެކޮޅަށް ވާހަކަދައްކާ މީހުންނަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެވެ.
ސަލީމް އެބުނީ މިފަހަރު ރަނގަޅު ވާހަކަ އެކެވެ.
ސަލީމްގެ ވާހަކަ ރަގަޅު ، މަޖިލިހުގެ ރިޔާސަތުގައިން ޚުދުމުޚުތާރު މީހާއަށް ކީއްވެބާ ހަޖަމް ނުވަނީ ، މީ އާ އަނިޔާވެރި ކަމެއްގެ ފެށުން
އިސްތިއުމާރާ ދެކޮޅު ގައުމީ ވިސްނުމުގެ އަޑު ކަނޑުވާލުން މި ބިލުގެ ބޭނުމަކީ އެހެންވެ ހައްދުފަހަނަ އެޅި ސިޔާސީ ފިކުރުގެ ވާހަކަ މި އަންނަނީ ، ސަރުކާރަށް ކަމެއް މަޖުބޫރު ކުރުމަކީ ވެސް ޓެރަރިޒަމް ކަމަށް މީގައި އޮވޭ ، މުޒާހަރާކޮށް އިޖްތިހާދު ކުރިޔަސް
ސަރުކާރަށް މަޖުބޫރު ކުރިކަމަށް މާނަ ކޮށް ގޮޅިޔަށް ލައިފާނެ.
ދިވެހިން ބަލާނީ ބުނާ މީހައަށް.. ބހަކަށްނޫން.. އަންނި ރަސޫލާ އަށް، ދީނަށް ކޮންމެ އެއްޗެއް ކިޔަސް އަހަރުމެން ތިބޭނެ ހޭން