ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހްތައް އެ ޤާނޫނަށް ގެންނަން އެމްޑީޕީގެ މެންބަރުން އެދިގެން މިއަދު ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި، ޖަލްސާ ބާއްވަން ޖެހޭ ސަބަބު ބަޔާންކޮށް މެންބަރުން ބަހުސް ކުރެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެނިންމުމާއި ދެކޮޅު ހައްދަވައިފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހް ހުށަހެޅުމުން ޖަލްސާތައް ބާއްވަން ޖެހޭ ސަބަބާއި ބެހޭ ގޮތުން މެންބަރުން އެއް ގަޑިއިރު ވަންދެން ބަހުސް ކުރައްވަން ނަޝީދު ފުރުސަތު ހުޅުވާލެއްވުމުން އާޒިމް ވިދާޅުވީ އެއީ އިތުރަށް ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލިސް ޤަވައިދުގައި ބުނެފައި އެބައޮތް މެންބަރު ސަބަބު ބަޔާންކޮށް ސިޓީއެއް ފޮނުވުމުން ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެއޭ. އެއީ ދެން އިތުރަށް ބަހުސް ކުރެވޭނެ ކަމެއް ނޫން. އެފުރުސަތެއް މަޖިލިސް ޤަވައިދުގައި ދީފައެއް ނެތް." އާޒިމް ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަޖިލިސް ޤަވައިދު ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި ރިޔާސަތުން ކަންތައް ކުރައްވާ ގޮތައް ކަންތައް ކުރެއްވުމަށް މަޖިލިސް ޤަވައިދު ހުރަސްނާޅާ ކަމަށެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހް ހުށަހެޅުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ. ނަމަވެސް ނަޝީދު ވަނީ މިހާރު ޖަލްސާ ބޭއްވުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތް ބަޔާން ކުރަން އެއްގަޑިއިރުގެ ބަހުސްއެއް ފައްޓަވާފައެވެ.

ނަޝީދުގެ ނިންމެވުމާއި ދެކޮޅަށް ގިނަ މެންބަރުންތަކެއް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ަހައި

  ބޮޑު މުސީބާތެއް ކަހަލަ ކަމެއް

  60
 2. އަޙްމަދު

  މިމަންޒަރު ފެނުމުން ވަރަށް އުފާވޭ!!! ސާބަހޭ އާޒިމް

  66
  1
 3. ލީމަން

  އަދިރި ދައުލަތް މިހިންގަނީ އަންނި ކަން މިއަދުގެ ޖަލްސާއިންވެސް ސާބިތުވޭ..

  މަޖިލީހުގެ ގަވާއިދުގައި ވަކި ގޮތެއް ވަކި އުސޫލަކުން ކުރަން ބަޔާން ކޮށްފައި އޮތަސް އެބޭފުޅާއަށް ފެންނަ ގޮތް އެއީ ކުރަންޖެހޭ ގޮތް ކަމަަށް ނިންމާއި

  ގަދަ ކަމަުން މަޖިލިސް ކުރިޔަށް އެގެންދަވަނީ... މި އީ ޑިކްޓޭޓަރ ޝިޕްގެ ތަޞައްވުރެއް ނޫން ދެވަނަ އެހެން ކަމެއްތޯ..؟

  84
  4
 4. ހުދުހުދު

  ރަގަޅު ނަޝީދު ޖަހާހާ ބެރަކަށް ނަށާކަށް ނުޖެހޭނެ

  77
  3
  • އަހްމަދު

   އެކަމަކު ބެރު ޖެހީމާ ނުނަށާ ތިބޭކަށް ނުކެރޭ. އެންމެފަހުން ޖެހެނީހަމަ ނަށަން.

   28
   5
 5. މޮޔައިންގެ ސަރުކާރު

  ނަސީ އަކީ ހަގީގަތުގައިވެސް ޑިކްޓޭޓާރެއް. ހަމަ އޭގެ މީހެއްހެން ފިނޑި މީހެއްމެ. ގައުމުގެ އަބޫ.. އަބޫޖަހުލު.

  14
  1
 6. ޢަހރު

  ދަޅަ ދައްކަނީ.. ތިޔަ ހަމަ އެއް ބައެއް..

  6
  2