ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާގައި، ޖަލްސާ ބާއްވާ ސަބަބާއި ބެހޭ ގޮތުން ބަހުސް ކުރަން ހުޅުވާލުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތަކުރާރުކޮށް ދެކޮޅު ހައްދަވާތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކަމަށް ރައްދު ދެއްވައިފިއެވެ.

އާޒިމްގެ ނަން ސީދާ ވިދާޅުނުވެ، ނަމަވެސް އާޒިމްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލިސް ޖަލްސާ ކުރިއަށް ގެންދަވާ ގޮތް އިޖުރާޢަތާއި ހިލާފު ކަމަށް ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާ ސަބަބު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ސަބަބެއް ކަމެއް ނަޝީދު މަޖިލިސް ޖަލްސާގައި ވިދާޅުވެފައެއް ނުވެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އާޒިމް ދެފަހަރެއްގެ މަތިން ވަނީ ނަޝީދުގެ ނިންމުމާއި ދެކޮޅު ހައްދަވާ، ނަޝީދު މަޖިލިސް ޖަލްސާ ކުރިއަށް ގެންދަވަނީ މަޖިލީހުގެ ޤަވައިދާއި ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އާޒިމް ނަޝީދާއި ދެކޮޅަށް މަޖިލިސް ޖަލްސާގައި މިއަދު ވާހަކަފުޅު ދެއްކެވިއިރު އެމްޑީޕީގެ ލީޑާޝިޕް ދެފަޅިވެ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ދެމެދުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އާޒިމަކީ "ރައީސް ޞާލިހް ފަޅީގެ ބޭފުޅެކެވެ."

ރައީސް ނަޝީދު ރިޟްވާންގެ މަރާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅެއް، މިހަފްތާގައި ރައީސް ޞާލިހް ދޮގު ކުރެއްވުމުން ވެސް އެމްޑީޕީ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ނޭންގުނަސް ހެދިގެން އުޅޭ

  މިސްޓަރ އެނގޭ އެނގޭ

  42
  1
 2. ސަންތިމަރިޔަބު

  ބޮޑު ދެގެރި ތެޅީމަ ކަށްގަލަށް ބާރުކުރާނީ ހަމަ ހިނިއަންނަނީ

  57
  1
 3. އަހުމަދުބެ

  ހޫނ! ރައްޔިތުން ގުނބޯ ހައްދަން ނޫޅެ! ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމަށްޓަކައިވެސް ތިޔަދެފަޅިއެއް އޮތްކަމަށް ދައްކައިގެން އުޅުނު . ތިޔައީ ޖައްސާ ސްޓަންޓްތަކެއް.

  80
  2
 4. ދެބޯ ގެރި

  ވެރިކަން ނުލިބިގެން މިސޮރު ހަމަ ތެޅި ފޮޅެނީ...

  73
  2
  • އަހްމަދު

   މޮޔަވަނީ!!! ހޭބަލިވަނީ!!!

   32
   1
 5. މިއޮޑި ފެތެންވާނެ، ފެތެން ޖެހޭނެ، ނުފެތިއެއް އޮޑި ސަލާމަތެއްނުވާނެ.

  މިހާރު ކަންތައްތައް މިދާގޮތުން ޑީއާރުޕީއަށާއި ޕީޕީއެމަށް ޖެހުނު ހާލަށް ވުރެ ބޮޑު ހާލެއް އެމްޑީޕީއަށް ޖެހޭނެކަމަށް ބެލެވޭ. ނުފެތޭނެކަމަށް ބުނާ އޮޑީގެ ބަނޑުފިލާ ނައްޓަން ފަށާފައި މިއޮތީ.

  64
  1
 6. ޑޮކުޓަރު

  ތީ އަންނިއެއްނު މަޖުލިސް ގަވައިދާ ހިލާފުވިޔަސް އެކަން ބަލައި ގަންނަ ގަމާރުން ވެސް ތިބޭނެ

  77
  2
 7. ދދދދދދ

  ކަލޭގެ އަމިއްލަ އިޝްގީ ޝުއޫރު ފާޅުކުރަން ތިގޮނޑިން ފައިބާ ތަރިކައެއް ނޫނެއްނު ގެއްލޭ. ފެއްސޭ ރައްކާވޭ.

  37
  5
 8. ހޮޅުދޫ

  އަޑީގަ ހުރީ 3އޭ ހަމްޒާ، މޑޕ ގެއެތެރެ ފަނިކުރަނީ ހަމްޒާ މަޑު މަޑުން ހުރެ. އޭނައައް ނަށީދު މަޖްލިސް ގޮޑި ގެއްލުވާލީމަ. އަންނި ފެނުނީމަ ވެއްޓިގަންނާނެ. މިހާ މުނާފިގް .

  14
  2
 9. ޑިމޮކްރަސީ

  މިއީ ރައްޔިތުންނަށް ވެރިކަން ކޮށްދޭން އައި މީހުންގެ ޙާލު އަހަރުވެސްނުވޭ މިހާރު ވެރިކަމާ ތަޅަންފެށީ ތި ޕޮލިޓިކްސް އިސްސަފުގަ ނެތް ރައްޔިތުްނނަށް ހެޔޮ އެދޭ އެކަކުވެސް

  22
  1
 10. ކޮރަލް

  އާޒިމް އަކީ ކެރޭ މީހެކެވެ.

  34
  2
 11. ޗިކި ޗިކި ތަޅުވާ

  ހޫނ ކަލޭބުނީމަ ޖެހޭނެ ފައިބަން ތީ ހޭ ދެބައި ވެފަ ހުރި މޮޔަ ގެރިއެއް ތަ

  11
  6
 12. ބުރޯ

  ރިޒްވާނުގެ ރިޕޯޓްގާ ބުނެފާ އޮތް ލާދީނީ ވާހަކަ އެއީ ރިޒްވާނުގެ އަމިއްލަ ހިޔާލެއްތޯ މީހެއްގެ އިންޓަ ވިޔުއެއްތޯ ތަހުގީގު ނުކުރީ ކީއްވެ ؟ އޭގެ ފަހުން މިސްރާބު އެގޭނީ

 13. އިލޮޅި

  ޢާޒިމްވެސް ގޮތްދައްކާލަނީ މާދަމާވޯޓެއްނެގިޔަސް ތިހުރިހާމީހުންވެސްވޯޓްދޭނެކަން ޔަޤީން އެކަމަކުބުނަން ތީން އެންމެމެންބަރަކު ފަރާތަކައްޖެހިލިޔަސް މަޖިލިސްރައީސް ކުޑަކަކޫމައްޗައްތިރިވާނެ

  10
  1
  • ކަށިމާ ސާ

   އެހެންވެނު މަޖްލިސް ރައީސް އެހާ ވަރައް ކަންކަން ކޮންޓްރޯލް ކުރަން އެތެޅިފޮޅެނީ.. ކިރިޔާ ޚިޔާލެއް ދިނަސް ޒާތީވޭ އެ މީހަކާ. ޢަބަދު އާދެ އާދެ ކިޔުއްވަން ބޭނުންވަނީ.

   5
   1
 14. ޖަމީލު

  އަންނިއައްވެސް އެގޭ ހަމަޒާކަން އަޑީގަ ހުރީ. ހަމްޒާ ގެ ގުރޫޕް މިހާރު ވަރައް ބޮޑު މޑޕ ތެރޭ.

  1
  1