ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް އިސްލާހުތައް އޮތްގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ އުފުލިދާނެ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ނަން ފާހަގަ ނުކުރައްވާ ނަމަވެސް ނަޝީދު ދައްކަވާ ވާހަކަފުޅަށް އިޝާރާތް ކުރައްވާ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ އެތެރޭގައި ނުލަފާ ވިއުގައެއް އެބައޮތް ކަމުގައި ވިދާޅުވާ ސިޔާސީ ލީޑަރަށް އެފަދަ ޤާނޫނުތަކެއް ވުޖޫދުގައިވާނަމަ ވާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.

މައުމޫން ހަމީދު ވަނީ ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެން އިތުރު ސުވާލުތަކެއް ވެސް ކުރައްވާފައެވެ.

މަރުތަކާއި ގެއްލުވާލުންތައް ތަޙުޤީޤުކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓަށް ހަވާލާދެއްވަމުން މައުމޫން ހަމީދު އެރިޕޯޓުގައި ފުލުހުން ހެކި އުފައްދަން މަސައްކަތްކޮށްފައިވާ ކަމުގައި ތުހުމަތުކުރެވޭ ކަމަށާއި ކުށެއްގެ ތުހުމަތު ކުރެވުނު މީހަކަށް ފުލުހުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް ޢާންމުވެފައިވާ ކަމެވެ. މިހުރިހާ ކަމެއްގެ ޖަވާބަކީ ފުލުހުންނަށް އިތުބާރު ދިނުމާއި ފުލުހުން ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުރި ހުރަސްތައް ނައްތާލުންތޯ އާއި އެއީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ހަރުކަށި ޓެރަރިޒަމް ޤާނޫނުތައް ހުރި ޤައުމު ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި އެލަފުޒު ބަޔާންކުރުމުގައި އެންމެ ފުޅާކޮށް މާނަކުރާ ދައުލަތްތަކުގެ ތެރޭ ރާއްޖެ ހިމެނޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރެވިދާނެ ގޮތަކަށް ޤާނޫނު އިސްލާހް ކުރަން ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ ރައީސް ޞާލިހާއި ނަޝީދާއި ދެމެދު މައްސަލަތަކެއް އުޅޭކަމަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޜައްޔިތުމީހާ

    އަވަހަށް ތިގޮލާ ޖަލަށް ކޮށްޕާލަންވީ. މިޤައުމަށް ޖެހިފައޮތް ބަލާވެރިކަމެއް

    64
    2
  2. ސާބަސް ސަބާސް!

    ސާބަސް ސާބަސް! ސާބަސް ސަބާސް! ސަބާސް ސާބަސް! މިއޮތީވާ ކަމެއް މިވެއް އޮޅިގެން...

    31
    1
  3. ާާާޢަލީ

    ތީހާދަ ރަނގަޅުގޮތެކޭ ތިހެނަހަދާއަވަހަށް ބައެއްފަހަރު ތިމާފޭހުނު އިލޮށިގަނޑު ތިމާގެލޮލަށް ހެރެޔޭވެސްބުނޭ...ހެހެހޭ

    38
    2
  4. Anonymous

    ޔާމީންގެ މައްޗަށް ދައުވާ ޑަބަލްކޮށް އެތައްގުނައަކަށް އުފުލޭނެ

    9
    59
  5. ޒާ

    ބައިތިއްބާށެވެ. އެބަޔަކު ފޭހި އިލޮށި އެބައެއްގެ ލޮލަށް ހެރޭތަން ފެންނާނެއެވެ. މީ ކުރީގެ ސަރުކާރުތަކުން މީހުން ހިފާހައްޔަރުކުރާގޮތަށް ފާޑުކީމީހުން މިހާރު ކަންކުރާގޮތެވެ. މިގޮތަށް ޤާނޫނުތައް ކުރިންވެސް ހެދިއެވެ. އެންމެފަހުން ތިމާމެންގެ ލޮލަށް ހެރެންފެށީމާ ޖެހުނީ ބަދަލު ކުރާށެވެ.

    33
    1
  6. Anonymous

    ރަނގަޅު ވާހަކަ އެކެވެ.

    30
    4
  7. ރޯނުއެދުރު

    ދައުވާ ކޮށްފަ ކުޑަ ގޮޅިއަށް ލާ. މި ގައުމު ފަސާދަ ކުރަން އުޅޭ މީހެއް އެއީ

    69
    4
  8. ގޮޅާ:

    ނާބޭ ވަރަށް ބިރުބޮޑުވެއްޖެ ދޮއްތޯ؟ އަވަހަށް ހަމަބިމަށް ފައިބަންނަވާ

    15
    1
  9. ކުޑަބަޖަރާ

    މިހާރުވެސް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ. ސްޕްރީމްކޯޓުގެ ހުކުމަކުން ވެސް އެކަން އެގެން އެބައޮތް.

    41
    1
  10. ހިޔަމި

    ކުރިން ދަށްކާފައި ވާ ވާހަކަޔަކަށް ފަހުން ޤާނޫނަށް ގެންނަ ބަދަލަކުން ދަޢުވާ ނޫފުލޭ ޤޮތަކަށް
    އިސްލާހު ހުށަަައަޅަންޖެހޭކަމަށް ފެނޭ

    5
    5
  11. އަބޯ

    އިސްލާހު ގެނެސް ފުރަތަމަ ޖަލުގެ ގޮޅި ގާއިމް ކުރާމީހަކަށް ނަސީދު ހެއްދެވުން ކިހިނެތްތޯ ؟

    18
    1
  12. ވާންތި

    މިހާރު ފުލުހުން މަސައްކަތް ފެށިއަސް 24 ގަަޑިއިރު ތެރޭ ނަސީދު ހައްޔަރުކޮށް ކޯޓުން ހުކުމެއް ކުރެވޭވަރުވާނެ ކަމަށް ޕީސީ އެބަބުނޭ. އެވަރުގެ ކަނޑުކޮހެއް ރާއްޖޭގެ ވެރިކަމާއި ހަމައަށް ވާސިލްވި ގޮތް އެބަޖެހޭ ތަހްގީގެއް ހިންގަން

    17
    3
  13. އަހަންމަދާހޮއްކޮ

    އޭނާގެމައްޗައް ދަޢުވާކުރަންކެރޭނީ ހަމަ އެންމެ މީހަކައް އެއީ ކުރީގެރައީސް ރައީސްޔާމީން އެއީ ހަމައެކަނި ކުޑަކެކުރި ބޮޑުކެކުރިއައްނުބައްލަވާ އަދިކޮބާ ބޭރުންގެނެވޭ ބޭރުތަކެއްޗަައް ރޭރުނުވާށޭ ބުނާފަދައިން ބޭރުގެފިއްތުންތަކައްނުބަލާ އެންމެންގެމައްޗައްވެސް ޤާނޫނުހިންގެވި ރައީސަކީ

    14
    2
  14. މުބީނު މާރނީ

    މީނާ އަކީ މައުމޫނަށް ބޮޑުބޭބެ ކިޔާ މީހެއް. މި އާއިލާގެ ކިބައިން ރާއްޖެ ސަލާމަތް ކުރައްވާށި !

    6
    6
  15. އަލިބެ

    މައުމޫން ހަމީދު ވިދާލުވެ ދެތްވަބަލަ ޔާމީން އަބުދުލް ގައްޔޫމް މިހާރު ދައްކަވާވާހަކަފުލު ތަކުން
    އޭނަގެ މައްޗަށް އެކުއް ސާބިތު ވާނެތޯ ނުވަތަ ނޫންތޯ