މަޖިލިސް ޗުއްޓީގައި ވަނިކޮށް ކުއްލިއަކަށް އަވަސް އަރުވާލައިގެން ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމުން އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެދުމުން އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރެއްވީ މަޖިލިސް ޗުއްޓީގައި އޮވެމެ، ސަރުކާރުން ފޮނުވާ އިސްލާހަށް މަސައްކަތް ނުކޮށްފި ނަމަ، ރައްޔިތުން އިނގިލި ދިއްކުރާނީ ރައްޔިތުން މަޖިލިސް މެންބަރުންނަށް ކަމަށެވެ.
"މި މަޖިލިސް ރައްޔިތުންނަށް ފެނިއްޖެ ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން. އެހެންނަމަވެސް މިކަހަލަ އެންމެ ކުޑަކުޑަ ކަމަކުންވެސް މި މަޖިލިސް ބޮލުގައި އަދި މެންބަރުންގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމުތަކެއް އެޅުވިގެން ދާނެތީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އަޅުގަނޑު ހުށަހެޅީ. ސަރުކާރުން އެބަޖެހޭ ކިޔާދޭން ގާނޫނުތަކަށް އިސްލާހު ގެންނަނީ ކީއްވެގެން ކަން. ރިޟްވާން އަބްދުﷲގެ ތަހުގީގަށް މަގުފަހިވަނީ ކީއްވެގެންކަން ސަރުކާރުން އެބަޖެހޭ ކިޔާދޭން. އަދިއެއް އަޅުގަނޑުމެންނަކަށް ނޭނގެ. މީގައި ވަރަށް ސުވާލު އުފެދޭ ކަންކަން އެބަހުރި، ސަރުކާރުން އެބަޖެހޭ މިކަން ކުރިއަށްދާއިރު ކިޔާދޭން،" ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަކަށް ގާނޫނެއް ފާސްކޮށްފައި ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންނަށްވެސް ސަރުކާރުން ކުރާ ކަންކަން ސާފުވާން ޖެހޭ ކަމަށާއި އެއަށްވުރެ ބޮޑަށް ސަރުކާރުން ރައްޔިތުން މަޖިލިސް މެންބަރުންނަށް އެކަން މާބޮޑަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"މިއަހަރުގެ މެއި މަހު ސަރުކާރަށް ކޮމިޝަނުން ވަނީ ޑްރާފްޓު ރިޕޯޓެއް ދެއްވާފައި. ސަރުކާރުން ތިންމަސް ފަހުން ކުއްލިއަކަށް މި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގެން މަޖިލިސް ޗުއްޓީގައި އޮއްވާ ފޮނުވި ކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފް މިއަދު ސަރުކާރަށް ފާޑުވިދާޅުވިއިރު އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވަނީ މަޖިލިސް ރައީސް މަޖިލިސް ކުރިއަށް ގެންދަވަނީ ޤަވައިދާއި ހިލާފަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަބަހޭ......
ސާފު ވެފަތާ ތިއޮތީ އެބުނީވިއްޔަ ވަކިދީނެއް ވަކިފިކުރެއް ކުރިއެރުވުމަށް މައްކަތް ކުރުމަކީވެސް ކުށެކޭ
ކިޔަވައިގެން ތިބެ މީހައު ޖަހާހައި ބެރަކަށް ކަލޭ ނަށާނަމަ އެއީ ކަލޭގެ އަޅުވެތިކަން ދައްކުވައިދޭ ދަޅީލެއް... މަޖިޅިސް ގެ ރައީސް ޖަހާހައި ބެރަކަށް ނަށާކައް ނުޖެހޭ، ނަފްސީ މިނިވަން ކަމެއް ނެތީ ދޯ...
ހަސަނާ އަންނި ބޭނުން ވެގެން ކުރި ކަމެކެވެ.
މިއީ ގައުމުގެ ރަޢިއްޔަތުންގެ ވިސްނުމުގެ މިސްރާބު ބަދަލުކުރުމަށް ދެރައީސުން ކުޅޭ ގޭމެއް މިއެތި ޤަބޫލުނުކުރާތި މިއީ އަސްލެއްނޫން ޙިޔާލީ އެއްޗެއް
ތިޔަ މަޖިލީހުން ރައްޔިތުން ކުރި މަސައްކަތް ނުފެނޭ ތި އެމްޑީޕީ ގެ ގައުމީ މަޖްލިސް ގަރާރު މަޖިލީސް
އޭ ކުޑަ ލަތީފު، ކަލޭގެ އަނގަ މިހާރު މާގަދަވެއްޖެ. ތަންކޮޅެއް މަޑުކޮއްލާ. އެހެންނޫނީ މާސްކިންޓޭޕުއަޅާފަ .......
ބަލަ ތިޑުރާމާ އަހަރުމެން އަޑު ނަހާނަން. 5 އަހަރުނިމޭ އިރު ކުރެވުނު ކަމެއް އަހަރުމެން ބަލާނީ.ކަލޭ މެނަށް މުޅި މަޖިލިސް ތިއޮތީ ކަމެއް ނުވެވޭކަމަށް ވަނަމަ އެއީ ނާގާބިލުކަން ނުވަނަްޏާ އަދުރޭ މެންނާ ހަވާލު ކުރޭ.
އިބޫ ވިސްނާލަން ޖެހުނީ މިހާރު. ސަރުކާރު ވައްޓާލުމުގެ މަސައްކަތް މިފެށީ ޕާޓީގެ ތެރެއިން ކަމަށް ބެލެވެނީ. މިއުޅެނީ އަންނިއަށް ވެރިކަން ލިބޭނެ ގޮތް ހަދައިދޭން ވެގެން. މިހާރުވެސް އިބޫއަށް ނޭނގިވެސް އަދި އެނގިގެންވެސް ވެރިކަން ކުރަނީ އަންނި.
އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ހަސަންމެން ތިޔަ އުޅެނީ މީހުންނަށް އޮޅުވާލަން. ޙަޤީޤަތުގައި މިކޮމިޝަނަކީ ފާޑެއްގެ ބޭސްގަޑެއް. އެމް.ޑީ.ޕީ އާ ދިމަޔަށް އިގިލި ދިއްކުރެވޭ ގޮތަށް ހުރި އަފްރާޝީމް ގެ މަސްއަލަ ފަދަ މަސްއަލަތައް އަނެއްކާ ހިއްލާގެން ކުރީގެ ވާހަކަ އަބުރާލުމާ ، ވަކި ތާރީޚަކުން ފަށައިގެން އޭގެ ފަސް ތަޙްޤީޤު ކުރަން ބޭނުން މަސްއަލަތަކެއް ހިންގަން ކުރާ މަސައްކަތެއް ތިކުރަނީ މީހުންގެ ލޮލުގައި އަދުން އަޅުވަން އެކަކު ސަރުކާރަށް ފާޑުކިޔާ އަނެކަކު ނަޝީދަސް ފާޑު ކިޔާއިގެން.
ދިވެހި ރައްޔިތުންގެ ބޮލައް ޗިޕް ޖަހަނީ، ތީހުސް މެމްޑީޕީގެ ރޭވުން، ބާރުލިބިނީމަ ޓޮޕް ގިއަރުގަ ބަދަލު ހިފާލަނީ ފިސާރި، ގައުމުގެ ހާލަތައް ބެލުމެއް ނެތި، ތިކަމުގެ ނިމުން ހިތިވާނެ
ބަލަ ހަސަނާ ކަލެއައް ބިލްގައޮތްއެއްޗެއްވެސްނޭންގިތައެއައް ބަހުސްކުރަންތިފެށީ ކޮންކަމެއްރައްޔިތުންނައް އޮޅުވާލާނަމޭހިތާތަތިއުޅެނީ ތިހެންވެޢޭކުރިއައްނުދެވިގެންތިއުޅެނީ