ނޯތު ހާބާރުގައި އޮތް ބޯޓެއްގައި ރޭ އިރާކޮޅު ގޭސްފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހަކަށް ފަަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހާގެ ހަށިގަނޑުގެ 80 އިންސައްތައަށް ވުރެ ވުރެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ އައްޑޫ މީދޫގެ ބޯޓެއް ކަމަށްވާ "ބެސްޓް ލައިން"ގަ އެވެ. އެ ބޯޓުގެ ވެރިފަރާތުން ބުނީ އެންމެ ބޮޑަށް ޒަހަމްވި ފަޅުވެރިޔާގެ ހާލު ސީރިއަސް ކަމަށެވެ.

ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ބޯޓުގެ ވެރިފަރާތުން ބުނީ ގޭސް ފުޅިއެއް ގޮވާފައިނުވާ ކަމަށާއި ނަމަވެސް އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށެވެ.

ގޭސްފުޅި ގޮވުމުގެ ހާދިސާތަކުގައި މީގެ ކުރިން ވެސް މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި ހިތާމަވެރި ހާދިިސާތައް ހިނގާ ބައެއް މީހުން ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލިކާ

    ހެޔޮނުވާނެ ބާރައް ނުދުއްވާ