ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންނާއި ޖައްސަން ބަޔަކު ކުރާ މަސައްކަތް ދާނީ ފަނު ފުލުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތަކާއި ގުޅޭގޮތުން ފެނަކައިގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެެވުނު މަޝްވަރާތަކާއި ގުޅޭ ތަފްސީލް ދެއްވަމުންނެވެ.
ރޮޒެއިނާވިދާޅުވީ، މިއަދު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ސައީދު އާ ބައްދަލުކޮށް ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫގެ ކަރަންޓުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ، އެ ބައްދަލުވުމުގައި އައްޑޫ ގައި ހަދާ 28 މެގަ ވޯލްޓްގެ ޖެންސެޓް އަދި 10 މެގަވޯލްޓުގެ ސޯލާ އެނާޖީގެ މައި އިންޖީނު ގޭގެ މަސައްކަތް އޮކްޓޯބަރު މަހު ފަހުކޮޅު މޯބަލައިޒް ކުރެވެނޭ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަދި ފިނޭންސް މިނިސްޓަރ ވިދާޅުވެފައި ވާކަމަަށެވެ.
"އަދި މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ޕާސަނަލީ ބައްލަވަމުން ގެންދަވާ ކަމެއް ކަަމަށް އެމްޑީ ވިދާޅުވި، ޕްރޮޕޯސަލްވެސް އޮތީ ތައްޔާރުބެފައި. އަދި އަންނަ ހަފްތާ ފައިނަލް ކުރެވޭނެ". ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ، އެ ބައްދަލުވުމުގައި އައްޑޫއަށް 2 މެގަވޮލްޓް ޖެނެރޭޓަރު އޮކްޓޯބަރު މަސް ތެރޭގައި ލިބޭނެ ކަމަށް ވިދާޅުވި ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސާމާނު ގަތުމަށް ޕާޗޭސް އޯޑަރު މިއަދު ފޮނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ، ހުޅުމީދޫ އަށް ގެންދިޔަ އާއި ޖެނެރޭޓަރ ބަހައްޓަން ހަދަން އުޅުނު ތަން ހެދުން ލަސްވެގެން ގޮސް ފައި ވަނީ ކޯޓޭޝަން ނެގުމުގައި ހިންގި ކަންކަމާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކެއްގެ ސަބަބުން އަލުން އިއުލާނު ކުރަން ޖެހުމުން ކަމަށް އެމްޑީ ވިދާޅުވި ކަމަށެވެ.
"މިއަދު މި މަސައްކަތް ބަޔަކާއި ހަވާލު ކުރުމަށް ސޮއި ކުރެވިއްޖެ. ވޭތުވެވެދިޔަ އަހަރު ތަކުގައި ސާވިސްނުކޮށް ހުރުމުގެ ސަބަބުން ޕާފޯމެންސް ދަަށަށް ގޮސްފައިވާ މައްސަލަ އާ އިންޖީނުގެ ހިންގަން ފެށުމުން ކުރީގެ އިންޖީނުތައް ރަނގަޅުވާނެ ކަމަށް މައުލޫމާތު ދެއްވި". ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ، އައްޑޫއަށް ފެން ދޫކުރި އިރު ވެސް ރިޒާވް ސްޓޯރޭޖެއް ހަދާފައިނުވާކަމަށާއި އެ ކަންތައް ހައްލު ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑީވިދާޅުވި ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ، އައްޑޫ ރަައްޔިތުންނާއި ދޭތެރޭ ސަރުކާރުން އިހުމާލެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި އައްޑޫއަށް މިވަރުގެ އިންވެސްޓްމެންޓްތަކެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައި ނުވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"ސަރުކާރާއި އައްޑޫ ރައްޔިތުން ޖައްސަން ބަޔަކު ކުރާ މަސައްކަތް ދަނީ ފަނު ފުލުން، ތަފާތު ފެންނާނެ އައްޑޫ ރައްޔިތުންނަށް". ރޮޒެއިނާ ވިދާޅުވިއެވެ.
ނުދާނެ. އައްޑުއަށް އެއްވެސް ސަރުކާރެއްގަ މާބޮޑު ކަންތަކެއް ކޮށްދެނީކީ ނުން. މިހާރުވެސް އަސާސީ ކަންކަން ނުނިމި ބަޖެޓް ނެތި ހުއްޓާ ބޮޑު ޕާކެއް ހަދަން އެއުޅެނީ. ބަޖެޓްގައި ނެތަސް ކުޅިވަރު ކުޅެ މީހުންނަށް މިލިއަނުން މިލިއަނުން ރުފިޔާ ހުށަހަޅަ. މިހާރު ދެން ކައުންސިލް އިނއތިހާބު އޮތީމަ ދަޅަދައްކަން ހަދާނެ ކަމެއް ނެތް. އެއްމެފަހުން ބޭއްވި ބައްދަލުވުން މަތިން ހަނދާން ނެތުނީ
އައްޑޫއަށް ކަމެއް ކޮށްދިނަސް ނުކޮށްދިނަސް އައްޑޫ އޮންނާނީ އެމްޑީޕީއާއެކު! އައްޑޫއަށް މިހާތަނަށް އެންމެ ގިނަ ކަންތައް ކޮށްދިނީ ޔާމީން! އެކަން ޤަބޫލުކުރަމުންވެސް މިބުނަނީ ކައުންސިލްވެސް އެއްކޮށް ދޭނީ އެމްޑީޕީއަށް! އެކަން އެއޮތީ ރިޔާސީ އިންތިޚާބުންވެސް މަޖްލިސް އިންތިޚާބުންވެސް ދައްކާފަ! އަމުދުން އައްޑޫއަށް އަލުން ކޮށްދޭނޭ ކަމެއް މިސަރުކާރަކަށް ނުވެސް ނެތް! އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާކަމެއް އެއޮތީ ޔާމީން ކޮށްދީފަ!
ރޮޒޭ ކޮންމެ ގިނަ ފޮޓޯތަކުގަ ވަރަށް އިމޯޝަނަލްވެފަ އިންދާ ފެންނަނީ. ދެންމެ ދެންމެ ރޮވިދާނެހެންވެސް ހީވޭ
ސަރުކާރާ އައްޑޫ ރައްޔިތުން ޖައްސަން ބަޔަކު މަސައްކަތް ކުރަނީތޯ؟ ހައްޤުތައް ހަނިވެ އަދި ބައެއް ޙައްޤުތަކުން މަޙޫރޫމުވާތީ އެކަން ވިސްނޭ ރައްޔިތުން ތެދުވަނީ ނޫންތޯ؟
ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންނާއި ޖައްސަން ބަޔަކުމަސައްކަތެއް ކުރާކައްނުޖެހޭ،އައްޑޫ އައް ނިސްބަތް ވާ ރައީސަކާ ނައިބު ރައީސަކާ އަދި ހުރިހާ މުައައް ސަސާ ތަކުގަވެރިންވެސް އައްޑޫ މީހުންވިއަސް، މާލޭގަ ވެރިކަން ކުރާހާހިދަކު އައްޑޫ ކުދިންނައް ސަރުކާރު ކަމަކު ނުދާނެ.އެއީ އެހިސާބު މީހުން ކަޝީގަ ހިފާފަހުރި ކަމެއް
އައްޑޫ މީހުންދެކެ ކިތަންމެ ޖެލަސް ވިޔަސް އައްޑޫ މީހުން ތިބޭނީ ފުދިގެން ސަރުކާރުން ކޮށްދޭ ކަމަކުން ނޫން އައްޑޫ މީހުން ދިރިއުޅެނީކީ ރާއްޖޭގެ އެހެނިހެން ހިސާބުތަކުގެ މީހުން ސަރުކަަރުން ކައިގެން ބޮއެގެން އުޅުނަސް އައްޑޫމީހުން އެހެން އަޅުވެތި ނުވާނެ އެއީ ތި ޖެލެސްވާކަމަކީ ނޮޓް ހާޑް ފީލިންގ އޯކޭ
ބަޔަކު މަސައްކަތެއް ކުރާކަށް ނުޖެހޭނެ، އަމިއްލަޔަށް ތިދަނީ ބޮލާފޮށާ އެޅެމުން.
ސަރުކާރާއި އައްޑޫ ޖައްސަން މަސައްކަތްކުރަން ޖެހޭހޭ؟
އައްޑު ރައްޔިތުންނަށް ހުވަފެންދައްކައި މަކަރާއި ހީލަތުން
ވޯޓް ހޯދުމަކީ އައްޑޫ އާއި ސަރުކާރާ ޖެއްސުމެވެ އެމަސައްކަތް ކުރީ އެހެންބަޔަކު ނޫނެވެ މޑޕއެވެ
ރޮޒޭ ފޮނި ކަނޑަާ ސްޓަންޓް ޖެއްސެވިޔަކަސް ރައްޔިތުން ގަބޫލެއްނުކުރާނެ. ހަމަ ޖީބު ފުރޭތޯ ތިއުޅެނީ
ގޯސް ގޯސް ކިހިނަކުންވާނެކަމެއްތީ ސަރުކާރަކީވެސް މޑޕ އައްޑޫގަވެސް ތިބީ މޑޕ މީހުން ދެންކިހިނެތް ޖައްސާނީ ރޮޒޭ ދެން ދައްކާނެވާހަކައެއް ނެތިގެންތަތިއުޅެނީ ތިކަހަލަވާހަކަ މިހާރަކު ނުހިގާނެ ރޮޒޭ
އައްޑޫ މީހުންތީ ބޮލުރޮދި ކެޑިފަ ތިބިބައެއް
ރޮޒޭނާ އުޅެނީ ރާއްޖޭގެ ރައްޔިތުންނަކީ އައްޑޫ މީހުނަށް ހެޔޮ ނޭދޭ ހަތުރުވެރި ބައެއްކަމުގަ ދައްކައިގެން އުތުރު މީހުންގެ ލޭ ބޮއެގެން ފިތުނަ އުފައްދަން
ރޮޒޭނާއަށް ހަލާކުހުރި. ކަލޭ ތިއުޅެނީ އައްޑޫ މީހުންނަކީ މިގައުމުގެ ދަރީންކަމުގައި ވިސްނަދީ، ދެން ތިބި ރައްޔިތުންނަކީ ގައުމުގެ ދޮން ދަރީންކަމުގައި ވިސްނާދެމުން. ސިފަވަނީ އިންޑިޔާ މުސްލިމުން ނަކީ އެގައުމުގެ ނޭޝަނިލިޓީ ބާތިލިކޮށް މޯދީ އިންޑިޔާ މީހުންނަކީ ހިންދޫ ގެރިއަށް އަޅުކަންކުރާ ބައިގަޑު ކަމުގައި ބުނިބުނުން. "ނަސީދުގެ އަބާއްޖަވެރި 3 އަހަރު ބުނިގޮތަށް މަގޭ ޕާޓީ މީހަކު ކަމަކާއިގެން އައީމަ ކޮށްދޭގޮތާއި މަމެންގެ ޕާޓީ ނޫން ޕާޓީ މީހަކު ކަމަކާއިގެން އައީމަ ބިޑުތަނުން ތަފާތު ކުރައްވާނަން" މިހެން ބުނި ބުނުން. މިމިހުން ވެރިކަމުގާ ތަފާތުކުރުން ހާދަބޮޑޭ
ސަރުކާރު ނުހިންގެނީ ކަލޭމެންގެ ހަސަދަ ބޮޑުވީމަ. މިހާރު އައްޑޫ މީހުން ކަނޑު ކޮހުންނަށް ހަދައިގެން ބޮލަށް ޗިޕު ޖަހައިޖަހައިގެން ރާއްޖޭގެ އެހެން ރައްޔިތުންނާ އައްޑޫގެ ލޮބުވެތި ރައްޔިތުނާއި ފިތުނައިގެ ކުޅިގަނޑެއް ކުޅުވަން. ރިޒޭނާއަކީ ފިތުނައިގެ ކުޅިގަނޑުގެ ރެފުރީ. ނުބައި ނިމުމަކުން ނިމޭނެ އަންހެނަކާ ވައްތަރު. ބުރުގާވެސް ނާޅާ
ކަލޭމީހުންނައް އޮޅުވާލާ ދޮގުހަދަމުން ލާރިޔައްބޫތުކާގެން ހޭބަލިވެފަތިހުންނަނީ ސަރުކާރުން ހަދަނީދޮގު އެއްވެސްކަމެއްނުވާނެ
ނަޝީދު ބޭނުމެއްނޫން. ބޭނުމީ އިބޫ! ދެން ރޮޒެއިނާ ކިތަންމެ ރުޔަސް ކުރާނެ ކަމެއްނެތް!
ކަލެއާ ޖެހިފައެއްނު އޮތީ. ކުރީރޭ ފެނުނެއްނު.
ތީ އައްޑޫ މީހުން މޮޔަ ހައްދަން ދައްކާވާހަކައެއް... އާ އެކަމު މޮޔަ ހެދިފަ ތިބީ. ކަންޑު ކޮސް ބަޔެއް ވީމަ ނު ފުރަތަމަ ރޯޒެއިނާ އެމީހުން ގެ މޕ އަކައް ވާނީ
ބަލަ ކަމަނާ! ކަނު އަދިރީގަ ތިބީ އެނިކަމެތި ރައްޔިތުންނޭ، އެމީހުންގެ ދަރިންނޭ މަގުތައްމަތީގަ ދަންވަރު ބައިތިއްބާފަ ތިބީ، އެމީހުންގެ ހިތައްވެސް އަސަރުތަކެއް ކުރާނެ ކަން ދަނެބަލަ، ކަމެއްދިމާވީމަ ކުރިން ގޮވި ގޮވެލިތައް މަތިން ތިމާ ހަދާން ކޮށްބަލަ؛ ބޯ ދަމައިގަންނަން މަސައްކަތް ކުރުމުގެ ބަދަލުގައި ކަމެއް ކޮށްދެން އުޅެބަލަ، ކޮންމެ ކަމެއް ކަލްދޯ ބަޖޭ އަށް ނުހަދާ އޭރު އެ ކެނޑި ފޮނިތައް ހަދާންކޮށްފަ ނަމަވެސް ނިކަމެތި ރައްޔިތުންނަށް އަނިޔާ ނުދީބަލަ.
ކަލޭ ފޭދޫ ބައެއްގެ ގޯތިން ފޭރިގެންފަ އޮތް ބިން ދޭންވީ. ވަގަކަޅާ.
ހަހަހަ މިހާތަނަަށް ކޮށްފައިވާ އިންވެސްޓްމެންޓަކީ މީގެ ކުރިންވެސް އައްޑޫސިޓީ ހިތަދޫގައިހުރި ބޮޑު ދިދަ ދަނޑި އެއީ އިންޑިއާއަށް އެތައް ލައްކަ ރުފިޔާ ދީގެން ސާކްސަމިޓަށް ގެނައި އެއްޗެއް އެއީ މީގެ 07 އަހަރު ކުރިން ކޮށް ނިމިފަހުރި އިންވެސްޓެއް ދެން ކުރި އިންވެސްޓަކީ އައްޑޫގެ ކޮންމެވެސް ހިސާބަކުން ދަނބު ގަސްތަކެއް ގެންގޮސް އެތާނގަ އިންދުން ނޭގޭ ކިހާވަރެއްގެ އިންވެސްޓެއް ކަމެއް! އަނެއް އިންވެސްޓަކީ ޔާމީނުގެ ވެރިކަމުގަ އައްޑޫ ފޭދޫ ވަށައިގެން ޖަހަން ގެންދިޔަ ބޮޑުހިލަ އެއީވެސް އިންވެސްޓްކޮށް ނިމިފަހުރި އެއްޗެއް ދެން ރުޒެއިނާ ތިޔަ ބުނާ އިންވެސްޓެއް އަހަރުމެންގެ ލޮލަކަށް އަދި ނުފެނޭ ވަގުތެއްވީ އިރަކުންން އައިކެއާއަަަށް ވަދެލާނަން ލޮލުގަ މައްސަލައެއް އުޅޭތޯ ތަރައްގީއޭ ކިޔާފަ ހިތަދޫގަ ހަދާ ޕާކަކީ އައްޑޫ ރައްޔިތުންނަކަށް މުހިންމު ތަރައްގީއެއް ކަމަކަަށް ނުބެލެވޭ މަށަކީވެސް އައްޑޫ ރައްޔިތެއް މަވެސް މަގޭ މުޅި ފެމެލީވެސް މިސަރުކާރަައީ ދެކޮޅު އަދިވެސް ދެކޮޅުވާ އަދަދު ގިނަވާނީ މީހަގީގަތް
ހަމަ ޖެހިފަ.... އައްޑޫ ރައްޔިތުން ފޫހި ވެއްޖެ.... މިސަރުކާރުން އުޅެނީ ހުސް ގޯސް ކަންތަށް ކުރުމުގަ.... ރައްޔިތުންނަށް ކަމެއް ނުކޮށްދޭ....
އައްޑޫ ރައްޔިތުންނާއި ސަރުކާރާ ޖައްސަން މަސައްކަތް ކުރަނީ ފެކައިންތޯ؟ އެހެނީ ކަރަންޓްގޮސްގެން އުފެދޭ މައްސަލަތަކުން ޒިންމާ ނަގަންޖެހެނީ ހަމަ ފަނަކައިން!
ރޮޒޭ އެކަން ވަރައް ކާމިޔާބު ކަމާއި އެކު މިގެންދަނީ ކުިޔަށް.