ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި އައްޑޫއަށް މިވަރުގެ އިންވެސްޓްމެންޓްތަކެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައި ނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދާމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތަކާއި ގުޅޭގޮތުން ފެނަކައިގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެެވުނު މަޝްވަރާތަކާއި ގުޅޭ ތަފްސީލް ދެއްވަމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ރޮޒެއިނާ ވިދާޅުވީ، އައްޑޫ ރަައްޔިތުންނާއި ދޭތެރޭ ސަރުކާރުން އިހުމާލެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި އައްޑޫއަށް މިވަރުގެ އިންވެސްޓްމެންޓްތަކެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ސަރުކާރާއި އައްޑޫ ރައްޔިތުން ޖައްސަން ބަޔަކު ކުރާ މަސައްކަތް ދަނީ ފަނު ފުލުން، ތަފާތު ފެންނާނެ އައްޑޫ ރައްޔިތުންނަށް". ރޮޒެއިނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ނުވަ މަސް ތެރޭގައި އައްޑޫގައި އެއްވެސް ބޮޑު ޕްރޮޖެކްޓެއް ފެށިފައެއް ނުވެއެވެ. ނަމަވެސް އައްޑޫ ސިޓީ ހިތަދޫގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތާއި، އާ ޔޫތް ސެންޓަރެއް އެޅުމުގެ މަސައްކަތްތައް ކުރަމުން ދެއެވެ.

އަދި އައްޑޫ ގައި ހަދާ 28 މެގަ ވޯލްޓްގެ ޖެންސެޓް އަދި 10 މެގަވޯލްޓުގެ ސޯލާ އެނާޖީގެ މައި އިންޖީނު ގޭގެ މަސައްކަތް އޮކްޓޯބަރު މަހު ފަހުކޮޅު މޯބަލައިޒް ކުރެވެނޭ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަދި ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވާކަމަށް މިއަދު ރޮޒޭނާ ވަނީ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫއަކީ ކުރީ ސަރުކާރު ނިމުނުއިރު، ނިމުމަކާއި ހަމައަށް ގޮސްފައިވާ އައްޑޫ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތާއި ބައެއް ބަނދަރު ތަކުގެ މަސައްކަތެވެ. ކުރީގެ ސަރުކާރު ނިމުނުއިރު، އެ ހޮސްޕިޓަލްއަށް ބޭނުންވާ ސާމާނަށް ވަނީ އޯޑަރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޛިކުރު

    އަސްލު ރޮޒައިނާއަށްޓަކައި ސަރުކާރުން އެކުރައްވަވާ ހޭދައިގެ އަގު ރޮޒައިނާ ވަޒަން ކުރައްވަން ޖެހިލައްވާނެ !

    14
  2. ކެޔޮޅު

    އެއީ ބޮޑުދިދައެއް ނެގުމުގެ ޕްރެޖެކްޓްދޯ؟

    20
  3. އިންސާނާ

    ހެެހެހެހެހެހެހެ މީވަރައްގިނަ ވާވަކަ ރޮޒޭ

    16
  4. އައިސް

    ކޮން ދޮގެއް؟؟؟؟؟

    16
  5. މުފައްކިރު.

    އައްޑޫ ރައްޔިތުންނަށް ހަގީގަތް މިހާރު އެދަނީ ހާމަވުމުން. ވީމާ ހަގީގަތް ފޮރުވަން ކިތައްމެ ވަރަކަށް އާދޭސް ކުރިޔަސް ތިކަމެއް ދެން ނުވާނެ. އެމް ޑީ ޕީ ފިކުރު އައްޑޫގަ ދެން އާނުވާނެ.

    14
  6. ހަސަން

    ސަތޭކަދުވަހުގެތެރޭނަގަންވައުދުވިބޮޑުދިދަ
    ނެގޭނެދުވަހެއްނޭގޭ
    މުހިއްމުއެއްވެސްމަޝްރޫއެއްމިސަރުކާރުން
    ފަށާފަކާއެއްނެތް
    ޔޫތުސެންޓަރައްވުރެމިހިއްމުކަންތައްހުއްޓާ
    އެކަންތައްތައްނުކޮށް ޔޫތުސެންޓަރެއްމުހިއް
    މެއްނޫން

  7. ހަސަން

    ކޮންކަމެއްކޮށްދިންވާހަކަ އެންމެނަކީ
    ގަމާރުންކަމަށްހީނުކުރާތި

  8. ޖަޒުބަަތު

    100% މެމްބަރުން ތިބި ސިޓީއެއް، ކީވެ ނުކުރެވޭންވީ؟

  9. މުޙައްމަދު

    ކަލޭމެން ހައްދު ފަހަނަޅައި ތިތިބެނީ ވަކިކަމަކަށް ވަކިވަރަކަށް ނޫން ދޮގާއިމަކަރާއި ހީލަތް، ކޮންކަމެއް އައްޑޫއަށް ކޮއްދެވިގެން ތިއުޅެނީ އަހަރުމެން މިއީ އައްޑޫގައި ދިރިއުޅެމުން ދާމީހުން، ކަލޭމެންހެން ކޮންމެ 5 އަހަރަކުން އެއްފަހަރު ވޯޓް ހޯދަން އަންނަ ބައެއްނޫން، ކޮއްދިންކަމެއް އަދި ކުރާކަމެއް (ހިތަދޫ ބޮޑު ދިދަ ދަނޑި ޖެހުން ފިޔަވައި) މަށެއް ނުދެކެން