ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް އަހްމަދު އަނޫޝް ހަމަޖައްސައިފިއެވެ.

އަނޫޝް އެ މަގާމަށް ހަމަޖެއްސިކަން ޖޭޕީގެ ފަރާތުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ޖޭޕީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަނޫޝް އެ މަގާމަށް އައްޔަން ކުރެވުުނީތީ މަރުހަބާ ކިޔާފައެވެ.

އަނޫޝް އާއެކު ޖޭޕީހައި މިހާރު ދެ ތަރުޖަމާނުން ތިއްބަވާނެއެވެ. އެއީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހުވެސް ހިމެނޭހެންނެވެ.

އަނޫޝްއަކީ މީގެ ކުރިން ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރި ފަރާތެކެވެ. އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ މި އަހަރުގެ މެއި މަސް ތެރޭގައެވެ. އޭނާ ވަނީ ނޫސްވެރިއެއްގެ ގޮތުގައި އާއި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީގެ ކޯރޑިނޭޓަރުކަންވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު