ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް 21 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާއެވެ.

ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން ލޮނު ފެން މީރު ފެނަށް ބަދަލުކުރާ އާރްއޯ ޕްލާންޓަކާއި ފެން ރައްކާކުރާނެ ޓޭންކެއް ބަހައްޓާނެއެެވެ.

މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓްތަކުގެ އަގު 2.6 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ޕްލޭނިންގ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.