ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އެއްވެސް ކޮންޓްރޯލެއް ނެތި ކުންފުނީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ހުރިހާ މަސްވެރިންގެ މަސް ކިރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުތުރުގެ އަތޮޅުތަކުގައި މިދުވަސްވަރު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްތައް ނުކިރޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި އެކަމާއި މަސްވެރިން ކަންބޮޑުވެ ދަނީ ވާހަކަދައްކަމުންނެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅު ވެފައިވާއިރު، މިފަދަ މަސްވެރިކަމެއްގައި މަސް ގެންގުޅެވޭ ފަދަ ވަސީލަތްތައް ފެލިވަރުގައި ނެތް ކަމަށެވެ.

ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ މިފްކޯގެ މަސް ބޯޓުތައް މިހާރު ފެލިވަރު ބަނދަރުގައި މަސް ގަތުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަަށް އެބަޔާނުގައި ވެއެވެ.

މިފްކޯއިން ބުނީ، ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވާތީ މިހާރު މަސް ގަންނަ އަގުގައި މަސް ގަތުމަށް އަމިއްލަ ކުންފުނިތަކަށް ދަތިވެފައިވާ ކަމަށެވެ.

މިފްކޯ އިން ބުނީ އެ ދުވަހަކު ބޭނޭ މަސް އެ ދުވަހަކު ނުކިރޭތީ ޖެހިގެން އަންނަ ދުވަހަށް ކިއު ނަމްބަރެއް ދޫކޮށްގެން މަސް ކިރަމުން އަންނަ ކަމަށެވެ. އަދި މަހުގެ ތާޒާކަން ހިފެހެއްޓޭވަރުނުވާނަމަ، އެފަދަ ދޯނިފަހަރު އެންމެ ކައިރީގައި ހުންނަ އައިސްޕްލާންޓަކަށްގޮސް ލިބެންހުރި ވަރަކަށް އައިސް އަޅައި ރަނގަޅު ފެންވަރުގައި މަސް ގެންގުޅުމަށް މިފްކޯއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންތިމަރިޔަނބު

    މަސްވެރިންގެ ހައްޤޭ ފޭއްޔޭ ކިޔާފަ އައި ސަރުކާރު ވެރިކަމަށްއައިފަހުން މަސް ނުކިރޭ ކިރާ މަސްކޮޅަށް ފައިސާ ނުދެވޭ އަދިވެސް އަނގަ ތަޅާނެ ތިމާމެންވަރުގެ ބަޔަކު ނެތިގެން 02 ރިސޮޓާ ލެޕްޓޮޕަކާ ހުރިއްޔާ ޤައުމު ހިންގޭނެކަމަށްބުނެ2008 ވަނަ އަހަރު ވެރިކަން ހޯދައިގެން މުޅި ޤައުމު ސުންނާފަތިކޮށްފަ އަނެއްކާ ހުވަފެންތަކާ ވައުދުތައްވެ 100 ދުވަސްކިޔާ ރޮއި ހޭރި އާދޭސްކޮށްދެން ވެރިކަން ލިބުނީމާ ރައްޔިތުން ހާނާ އަރުވާލަނީ ކެނެރީގޭ ނަޝިދަށް ހުރިހާ މޮޅެއް އެހެން މީހުން މިޤައުމުގަ އުޅުމެއްނެތް މިފަހަރު މަސްތައް އަޅަންވީ ކޮންތާކަށްބާ؟ ކައުންސިލްތަކާ މަޖިލީހުގެ އިދާރާއާއި ރިސޯޓުތަކުގެ ގޮނޑު ދޮށަށްބާ؟ މައުމޫނު ވެރިކަމުގަ މަސްނުކިރިއޭ ކިޔާފަ ދިއްދޫ މީހުން ލައްވާ އޮފީހަށް މަސްކިރުވީ އޭގެ ފަހުން މައްސައް ރަށްރަށުގެ ގޮނޑުދޮށްތަކަށްއަޅާ ކުނިކޮށް ސިފައިންނާ ފުލުހުންލައްވާ ސާފުކުރުވީ ދެން މިވެރިކަން އައިފަހުން މަސްނުކިރޭދުވަސް ގިނައީ އެދުވަސްތަކުގެ މަސްތައްއަޅާނެތަނެއް ނުވިސްނުނު ކޮންމެ ދުވަހަކު ރ ޓީވީ ގައުމީ ޓީވީން މޮޅުވާހަކަ ދައްކައި ޕްރޮޕެގެންޑާ ފަތުރަނީ އިގްތިޞާދީ އެއްވެސް މަސައްކަތެއް ނުހިނގާ ފައިސާ ދައުރުވުން ކުޑަވެއްޖެ އާންމު ރައްޔިތުންނަށް އާމްދަނީލިބޭ ދޮތުތައް ބަންދުވެ އަތްމަތި ތާށިވެއްޖެ ކޮންސްޓްރަކްޝަން ކުންފުނިތައް ބަނގުރޫޓުވަނީ އެކަމަކު މިސަރުކާރުން ހަމަ ހޭބޯނާރައި ތަރައްޤީ ކުރަނީޔޯ ބިޔަ ބަޖެޓު ހުސްވެގެން އަނެއްކާ ބަޖެޓު ފާސްކޮށްފި ފައިސާއަށްވާ ގޮތެއްނޭނގޭ ބޭތިލްމާލް ހުސްވަނީ އަދިވެސް ދެއިރު ދެދަޅަޔަށް މޮޅު ވާހަކައެއް ދެއްކޭތޯ ބަލަނީ

    15
    1
  2. ކޮންޓްރޯލެއް

    ކޮންޓްރޯލެއް ނެތި މަސަނުބާނާށޭ، ކަނޑު ހުސްނުކޮށްލާ!

    3
    2
  3. މިގޭ

    ޖަމަލު ފޮޑި ޕަކާސް....