މީރާގެ ބޯޑަށް ބަދަލު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު އެ ބިލާއެކު ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ބިލުވެސް ވަނީ ތަސްދީގުކުރައްވާފައެވެ.

މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާޙް ހުށަހަޅާފައިވާއިރު، މި އިސްލާހުގައިވާގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެ އިތުރުންވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިޞްލާހު ހުށަހަޅާފައިވެއެވެ.

އޭގެ ތެރޭގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުޢާހަދާއަށް ޢަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ޤާނޫނުގެ ފަސްވަނަ ބާބުގެ ސުރުޚީގެ ނަން ބަދަލުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަންނުގަތި

    އަދި ތިޔަ އިސްލާހު އަނބުރާ ގެންދާނަން. ތިޔައީ އެއްގޮތަކަށް ވެސް ކަމުދާ ބިލެއްނޫން
    އިސްލާހު ކުރަންވީ ކަންތައްތައް ނުކޮށް މުއައްސަސާގެ މިނިވަންލަން ގެއްލުވާ ސިޔާސީ ކޮށްލާފަ ތިއޮތީ. މިހާރު ކޮމިޝަނަރ އަކަށް އަންނަ މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އޭނަ ހުންނަންޖެހެނީ ފިނޭންސް މިނިސްޓްރީން ބުނާހާ ގޮތަކަށް ހަދަން ހުންނަ ޕަޕެޓެއްހެން. އެންމެ ކުޑަމިނުން ބޯޑުގަ ވޯޓިން ރައިޓެއްވެސް ނެތް. ކީއްކުރާ ކޮމިޝަނަރެއްތަ؟

  2. ތިޔާގި ހަސަނު

    ތިޔަ ދެން ފައްޔާޒާ އަސްލަމާ އަމީރުގެ ކޮރަޕްޝަން ހިންގާ ހަބް އަކަށް ހަދަން ކުރި ކަމެއް. ޖީ.އެމް.އާރް ޑީލް ފައްޔަޒާ އޭޖީ ރިފްއަތު ހެދިހެން ދެން އޮންނާނީ ޓެކްސް ނުދައްކައި ޑީލް ހެދުން މިވެރިންނާ. އެލާރިން މި މީހުންގެ ވިޔަފާރި އަންނަ ތިޔާގިކަން ފެންނާނެ.

  3. ވަސީލަތް

    މިހާރު ދެން ކޮމިޝަނަރުން މިރާއަކަށް ބޭނުން ނުވޭ . އެމީހުން ބޭނުންވީ ޓެްކްސް ނިޒާމު އެސްޓަބްލިޝް ކުރަން. އެކަން ކޮށްފި ޔަޒީދު.. ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ނު އޮންނާނެ ނުން. ދެން އޮންނާނީ ދޮންކެޔޮ ކެއުން

  4. ފާރަވެރިޔާ

    މީރާގެ ބޯޑުގެ ނަޒާހަތްތެރިކަން ވެސް ދެން ތިޔަ ގެއްުލުނީ. ފިނޭންސް މިނިސްޓަރ ވީމަ، އެޭނަ މުޅިތަނުގެ ތެރެއަށް އަތްބާނައިން ކޮރަޕްޝަން ހިންގާނީ.. މަޖިލީހުގެ ތިބި މީހުންވެސް ހޭވރިވާން އެބަޖެހޭ މިފަދަ ނޭްއްގާނީ ބަދަލު ގެންނަ އިރު. ކޮރަޕްޝަން ހިންގާ ދައުލަތުގެ ޚަޒާނާ ހުސްކޮށްލީމަ ދެން ބުނާނެ އެވނި މިވެނި މީހެކޭ ކެއީ. ބުނާ އިރު ތި މަޖިލީހުގަ ތިބީ ދެއުޅި އެއްނުވާ މީހުން އެކަން ކުރަން ދޮރުދައްކައި މަގުދައްކަނީ

  5. ގައުމުގެ ދޫ

    ނަޒާހަތްތެރިކަމާ ކޮމިޝަނަރ ޖެނަރަލްއާ ގުޅުވައިގެން ވާހަކަ ދެއްކީމާ އަޅުގަނޑު ކައިރިއަށް ހަމަ ހިނި އަންނަނީ. ޑޮކްޓަރުކަމުގެ ލަގަބުވެސް ގަނެގެން، އޮޑިޓަރ ޖެނަރަލްގެ ޤާނޫނީ މަސްއޫލިއްޔަތަށް ސީދާ ހުރަސްއެޅުން އެއީ އާދައިގެ ކަންކަމެއް ނޫން. ސަރ ބުނާގޮތަށް ހިފަހައްޓަން ހަދައިގެން ހުރިހާ ރީތިނަމެއް ޚަރާބުވީ. ވިސްނުން ހުރި

    2
    3