ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އުޅެނީ ރާއްޖޭގައި "ދީނީ ހަރުކަށިކަމޭ" ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައްވެސް ހިފާ ހައްޔަރު ކުރުމަށާއި "ސެކިއުލަރ" ވިސްނުމަށް ޖާގަ ދިނުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ވިދާޅުވީ، މިއަދު ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ވިދާޅުވީ، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ޙައްޤުތަކަށް ކިރިޔާ ވެސް އުނިކަމެއް އަންނާނޭ ގޮތަށް ކުރެވޭ މި ބާވަތު ހުރިހާ ޢަމަލަކާ ދެކޮޅަށް މި ކޯލިޝަނުން ތެދުވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަދި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އަދި ދައުރުގެ ބޭރުން ޖަލްސާ ބާއްވައިގެން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް އަޣްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހިންގަމުން ގެންދާ މި ނާތަޙްޒީބް ޢަމަލާ ދެކޮޅަށް މި ކޯލިޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ޤުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ އެންމެހާ ޙައްޤުތަކެއް ކަށަވަރުކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ޤާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އަދި މި ޤާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ވިސްނާ ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ އިތުރަށް، ކުށުގެ ތުހުމަތު ކުރެވޭ ޙާލަތްތަކުގައިވެސް އެ ތުހުމަތު ކުރެވުނު މީހެއްގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަސާސީ ޙައްޤުތައް ހަނިކޮށް، އެ ޙައްޤުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާ ޤާނޫނުއަސާސީއާ ޚިލާފު މަސައްކަތަކީ މި ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސާބަހޭ

    11
    1
  2. ބޯގޯސް

    ސެކިއުލަރު މައްސަލަ ކޮބާ؟ ގައުމު މާކުރިއަރާނެ

    1
    9
    • ?

      ސެކިޔުލަރިސްޓުންނަކީ ވަލު ޖަނަވާރުން. ރާ ބޮވެންވާނެ. ބޯންޖެހޭނެ. ބޯނަން. ހައިވާ ޒާތުގެ ހުރިހާ މަސްތުވާއެއްޗެއް ބޭނުންކުރެވެން ޖެހޭނެ. މީހުންނާއެކީ ބޭނުންވަރަކަށް ޒިނޭކުރެވެން ޖެހޭނެ. އާޚިރު ނަތީޖާއަކީ މީހުން ބޯގޯސްވުން. ބިކަވާދަރިން ގިނަވުން. މަސްތުވާތަކެއްޗާއި ރަލާހެދި އިސްރާފްވާ "ރައްޔިތުންގެ މުދަލާއި ޓެކްސް ފައިސާ" ގިނަވުން. އާއިލާތަށް ރޫޅި އޮޅުންބޮޅުންވުން. އިންޓަރެސްޓާއި ރިބާއާއި ގުޅޭ ޓެކްސްތަކާހެދި ރައްޔިތުން ހަނާވުން.
      އާން. މިހުރިހާ އެއްޗެއްވަނީ އިސްލާމްދީނުގައި ހަރާމްކޮށްފައި. އިސްލާމްދީނުގައި ވަނީ އިލްމު އުގެނުމަށް ބާރު އަޅުއްވައިފައި. އައިޑީލް އިސްލާމީ ސޮސައިޓީއަކީ މިސާލަކަށް އިސްލާމީ ގޯލްޑަންއޭޖްގެ އަންދަލުސް، ނޫނީ ބަގްދާދް، ނޫނީ މިސްރު. މިގައުމުތައްވަނީ އެޒަމާނުގެ އެހެންގައުމުތަކަށް ވުރެ ކުރިއަރައިގެން ގޮސްފަ. މިގައުމުތައް ވެއްޓުނީ ސެކިޔުލަރިސަމްއާއި ގާތްވުމުގެ ސަބަބުން.

  3. 1111

    ތެދެއް!މައުމޫނުވެސް ހިމެނޭގޮތަށްއެއީ ސެކިއުލާ ވިސްނުމުގެ ބައިގަނޑެއް! މައުމޫނަށް ބަލާ ވިސްނާ ކޮންމެ މީހަކަށް އެގޭނެ ކަލޭމެން ކޮންމެ ބަޔަކުވެސް ދީނޭ ކިޔަނީ ކޮންމެވެސް އެހެން ކަމަކުކަން! ސުވާލަކީ ތިބައިގަނޑުގައި ހުރީ ވަކި ދީނީ ވިސްނުންހޭ؟ ވެރިކަމުގެ ބާރު ލިބިގެން ތިއްބާ ދީން ނުކުރަން އަމުރުކޮށްފައިވާ ކިތައް ކަމެއްގަސްތުގައި ކުރިންތޯ؟ ވައްކަން ،ރިޝްވަތު، އިސްރާފު،ދޮގާއި އޮޅުވާލުމާއި މަކަރު، މިފަދަ އެތައް ގޮތަކުން ދީނަށް ކި ހާ ފުރައްސާރައެއް ކޮށްފައިވޭތޯ؟ކަނޑަ އެޅިގެން އެނގިތިބެ މެ މިފަ ދައެތައް ކަމެއްގައި ދެމިތިބުމުގައި ދީނުގެ ޝަރީޢަތްތަކަށް ގޮންޖަހާފައި ނުވޭތޯ؟ ތިމީހުނަށްވެސް ހުޅަނގުގެ ގޮތްތަކާ އުސޫލުތައް ރީތި ނުވޭތޯ؟ އެކަންކަން ފަތުރާ އާންމުކޮށް އެޔަށް ޢަމަލު ނުކުރަނީތޯ؟ އެފަދަ އެތައްކަމެއް ޒީނަތް ތެރި ކަމުގައިދައްކާ އާންމުންގެ ބޮލަށް ސަވާރު ނުވަންތޯ؟ ބާރު އޮއްވާ ދީނުގެ ޝަރުުޢުތަކާއި އެއްގޮތަށް ޤާނޫންތައް ބަދަލްކޮށް،ފާސްކޮށް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ވެރިކަން ހިންގީތޯ؟ އެކަމަކު ހަމަ ކަލޭމެންނެކޭ އެއްފަދައިން އެމީހުންގެތެރޭގައިވެސް އެބައުޅޭ ނަމާދުކޮށް ރޯދަ ހިފާ އެހެނިހެން އަޅުކަންތައްތައްވެސް ކުރާ މީހުން. އެމީހުންނަކީ ސެކިއުލ ާ ވިސްނުމުގެބަޔަކަށް ވާއިރުވެސް އެމީހުން އެހިގާ މަގުން، އެއް ފަޓުލޫނެއްގެ ތެރެއަށްއެރިގެން ނޫންތަ ތިމީުންނަށްވެސް ތި އުޅެވެނީ. ކަލޭމެންނަށް ވަކި ދީނީ ވެވިފަ ކޮބާ!

    4
    5