ގައުމަށް ޖެހިފައި މިވަނީ މުސީބާތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އިން މިރޭ ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްވަމުންނެވެ.

ޔާމީން ވިދާޅުވީ އަޅުގަނޑުމެންނަށް ޖެހިފައި މިވާ މުސީބާތް ކުރިމަތިވީ ރައްޔިތުންގެ ސަބަބުން ނޫން ކަމަށާއި އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެވާހަކަ އިތުރަށް ދައްކަން ބޭނުންފުޅު ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

ގައުމަށް ދިމާވެފައި މިވަނީ މުސީބާތެއް ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ "މިހާރުގެ ރައީސް އާއި ގުޅޭ ގޮތުން އިހާނެތިބަހެއް ނުދަންނަވާނަން." ކަމަށެވެ.

ޔާމީން ވިދާޅުވީ މުސީބާތެއްގައި ތިބޭއިރު އެއް ދުވަސް ވެސް ހީވަނީ ތިން އަހަރުހެން ކަމަށެވެ.

ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ހުރިހާ ކަމެއް ފުނިޖެހެމުންދާ ކަމަށެވެ. "ދަރަނިތައް ފުނިޖެހެމުން މިދަނީ. ވައުދުތައް ފުނި ޖެހެމުން މިދަނީ. މަސްތައް ނުކިރި ފުނިޖެހެމުން މިދަނީ. ނަތީޖާ އަކީ ސުމެއް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފަތުރުވެރިން އިތުރު ކުރުމުގެ ގިނަ މަސައްކަތްތައް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވިފައި ކަމަށެވެ. އެއީ އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަށްރަށުގައި އެއާޕޯޓް އެޅުމަކީ ބަޔަކަށް ބޯގަޅި ކަމެއް ކަމަށް ހީވިނަމަވެސް އެއީ ރައްޔިތުންނަށް ލިބޭ މުއްސަނދި ކަމެއް." ޔާމީން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ ބޮޑެތި ބަދަލުތައް ގެންނައިރު ފަތުރުވެރިކަމަށް ދެންވާނީ ކިހިނެއްތޯ ޔާމީން ސުވާލު ކުރެއްވިއެވެ. "ތިން ހަތަރު މިލިއަން ފަތުރުވެރިން ގެންނަން މަސައްކަތް ކުރާއިރު ދައުލަތުގެ ފަތްތޫރައިގައި މިބުނަނީ މިތަނުގައި ޓެރަރިސްޓުން އުޅެއޭ. ދެން ވާނީ ކިހިނެއްތޯ" ޔާމީން ވިދާޅުވިއެވެ.

ދާދިފަހުން ފުލުހުންނާއި ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ މީހަކު މަގުމައްޗަށް ނިކުމެއްޖެނަމަ ދިވެހި އަސްކަރިއްޔާ ރައްޔިތުންނާއި ދެކޮޅަށް ނިކުމެއްޖެ ކަމަށް ބުނެ އެމްޑީޕީ އިން ދުނިޔެއަށް އިސްތިހާރު ކުރާ ކަމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ބަދަލު ގެންނަނީ ސަރުކާރަށް ކަމުނުދާ ބަޔަކަށް އުދުވާނީ ހަމަލާތަކެއް ދޭންތޯ ޔާމީން ސުވާލު ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އެންމެ ފަސޭހައީ މީހަކު ހައްޔަރު ކުރަން ކަމަށާއި ބޮޑެތި ކަންތައްތައް ހިނގާއިރު ހުރިހާ އެންމެން އެތިބީ މިނިވަން ވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރު އޮތްއިރު ވެސް ކަންކަން ހިނގަނީ މިހެން. ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިހުމާލު ވުމުން މިކަންކަމާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައި މިވަނީ." ޔާމީން ވިދާޅުވިއެވެ.

ކުރިން އޮތް އެމްޑީޕީގެ ސަރުކާރުގައި ވެސް މިފަދަ ޤާނޫނެއް ގެނައި ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން އިޝާރާތް އެކުރެއްވީ ނަޝީދުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅި "ސަންސެޓް ޤާނޫނަށެވެ." އެ ޤާނޫނުގައި ފުލުހުންނަށް އާދަޔާއި ހިލާފު ބާރުތައް ދީފައި ވާތީ މަޖިލީހުން ބިލް ފާހެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަހުރއނ

    ޢަސްލުވެސް..އިސްލާމް ދީނާ ދެކޮޅަށް އެކި ނަންނަމުގައި މިކުރާ ނުބައި މަސައްކަތަކީ ބޮޑު މުސީބާތެއް.. އައުރަ ނިވާ ވާނެ ހެދުމެއް ލިޔަސް ޓެރަރިސްޓުންނަށް ހަދާނެ

    41
    2
  2. ހ

    ތެދުފުޅެއް

    32
    2
  3. ގަންޖޭބިތުންތު

    މީވަރައްބޮޑު މުސީބާތެއް ހުޅުމާލެއިން ރައްޔިތުންނައް އެޅިފުލެޓުކޮޅުވެސް ކާލީ ކުޅުދުއްފުށި އެއާޕޯޓު ތަރައްގީކޮއް ފަތުރު ވެރިން ނައް މިތާކައިރި ރައްރަށުގެ މަންފާ ނުލިބޭ ހދ އެންމެ ރީތި ފަޅުރައް ބަފައިބެ ބަނޑުދޮށުގަ ވައިކަރަ މުރައިދޫ

    25
    2
  4. ާަޕޮގުބާ

    ސާބަސް މަނިކުފާން

    34
    1
  5. އަހުމަދު ފިރާގު

    މިކިޔެކޭ ކިޔާމީހެއް! ދައުލަތުގެ ހަޒާ ނުބެހެއްޓުން މީހަކުއް އެންމީހުންގެ ވާހަދައް ކަން ލަދެއްނުގަނޭތޯ! މިސަރުކާރު ކަމުނުދިޔަސް މަނިކުފާނު ރައްތުން ނުހޮވާނެ ކަން ހަމަނޭގެނީތޯ

    5
    46
  6. ޙުސައިން

    ތީހަމަ ތެދެއް. ދިވެހި ރައްޔިތުން އިންސާފުގެ ނަޒަރަކުން ވިސްނަވާ. ޢަޅު ގަނޑުމެން ބޭނުމެއް ނޫން ބަލާކަށް :-
    - އާދައިގެ ވަޒީފާތަކުގައި ތިބި ނިކަމެތި ރައްޔިތުން މަގުމަތި ކުރާތަން
    - ކަރންޓުގެ އަގުބޮޑުވެގެންދާތަން
    - ފިނިހަކި ސްޕީޑުގައި އުމްރާނީ މަސައްކަށް
    - އެސްޓީ އޯއިން ލޯ ގުރޭޑުގެ ކާޑު ވިއްކާތަން
    - މަސްވެރިންނަށް ޖެއްސުން ކުރާތަން
    - ތަޢުލީމީ ނިޒާމް ފުނޑާލާތަން
    - ސިއްޚީ ނިޒާން ފޭލްވެފައިވާތަން
    - ދިވެހި ފުލުހުންނާއި ސިފައިގެ އަގު ފާޅުގައި ވައްޓާލާތަން
    - ރައްޔިތުންނަށް އޮޅުވާލާގެން ބަޖެޓް ދަވާލާތަން
    - ދަތުރު ފަތުރުގެ ނިޒާމް ފެއިލްވާތަން
    - އިސްލާމް ދީނަށް ފުރައްސާރަ ކުރާތަން
    - މަސްތުގެ ޙާލުގައި ތިބެ މަޖުލީސް ފާރުތެރެއަށް ވަނުން

    39
    2
  7. އައްޑޫ މީހާ

    އެމްޑީޕީ ސަރުކާރުން އުޅެނީ ހުސް ގޯސް ކަންތައް ކުރުމުގަ.... ރައްޔިތުންނަށް ފައިދާ އެއް ނުކޮށްދޭ.... ވަރަށް ފޭކް.... އެމްޑީޕީ އަށް ދެން ވޯޓެއް ނުލާނަން....

    52
    3
  8. goru

    Ae ee vahkan koh jareemahinagaa meehunnah adhabdheyn

    1
    17
  9. ބަކުރު

    ތިޔަ ތަނަށް ދާންވެގެން ދިޔަ މީހުންކޮޅުވެސް ދަވާލައިފި. "ދަވާލައިފި"ގެ ނަމުގަ ބޮޑު ޖަލްސާއޯ

    3
    27
  10. އުތުރުން

    ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މިހާރުން
    މިހާރަށް ނަސީދު ސިޔާސީ ދާއިރާއިރާއިން އެކަހެރިކުރަން
    ޖެހެއެވެ ނަސީދާއެކު ރާއްޖެއަށް މިސްރާބު ހިފަން ދަތިވާނެ
    އެވެ.

    34
    1
  11. ޙައުލާ

    ޓޯޓަލީ އެގްެރީ ވިތަ ޔޫ. ނިެުމަތަށް ފުރަގަސްދީ ތަރައްގީއާ ފާގަތިކަމެއް ބޭނުމެއްނޫނޭ ބުނީ އެދެއްޗާ ފަރާތަކީ ﷲ ތައާލާކަންވެސް ހަނދާންނައްތާލާފަ. ﷲ ގެ ހަޟްރަތުން އަފޫކުރެއްވުން އެދި ދުއާކުރޭ. އިންޝާ ﷲ. ޣަފޫރުއްރަހީމް. ފުއްސަވާނެ. އަދި މި މުސީބާތުން ސަލާމަތް ވާނެ.

    29
    2
  12. Anonymous

    ﷲ ތަޢާލާ އަށް އުރެދޭ ނުބައިބަޔަކަށް ޖެހޭނެ އެންމެ ބޮޑު މުށީބާތަކީ އިލްމުގެ ގައުމެއްގައި ވެރިއަކަށް ނުކިތަވާހުރި މީހަކު ލައިގެން އެވަރެއްނެތި ފޭކް ތައުރީފް ކުރުމުގެ ޘަގާފަތެއް އޮތުން.

    29
  13. ޠާހިރު

    ވަރަށް ސާފު. ތީ މިގައުމަށް ޖެހުނު މުސީބާތަކީ!!

    6
    38
    • Anonymous

      މި ޤައުމަށް ޖެހުނު މުސީބާ ބަކަރި ކޮށީގަ އެބައުޅޭ.

      4
      1
    • އަހުމަދު

      ތިޔަ ކަހަލަ މީހުންގެ ވިސްނުމުން މިގައުމަށް ޖެހުނު މުސީބާތެއްމީ.

      4
      5
  14. ކަހަނބު ވިތްޓޯ ޓޯ

    ހާލަތު ބަދަލު ވާނީ އެކަމަށް މަސައްކަތްތަކެއް ކޮށްގެން ގުރުބާނީ ތަކެއް ވެގެން އުންމީދެއް އޮތިއްޔަަާ ދިރުމެއް ވާނެ. ﷲ ވޮޑިގެންވަަާނީ އިހްސާން ތެރިން ނާއި އެކުގައެވެ މަށާ މަގެޭ ލަޝްކަރު އަބަދުވެސް ތިބޭނީ އެގޮތުގައި މަގޭ ރައިސް ،ރައިސް ޔާމީން . ބޮޑާ ކަމާ އެކު މަށާ މަގޭ ލަޝްކަރާއި ކުރިމަތިލައިފި ކޮންމެމިިީހަކު ވަރުގަދަ ބަލި ކުރެއްވުމަކުން ބަލިކޮށް ދެއްވުމަށް ﷲއަށް ދަންނަވަން ރައިސް ޔާމީން ޒިންދާބާދު ދިރުމެއް ވަންޏާ އުންމީދެއްވެސް ވާނެ

    20
    1
  15. ޙދރގ35

    ޔާމީނަށްވުރެ ބޮޑު މުސީބާތެއް މިޤައުމަށް ކުރިމައްޗެއް ނުވާނެ. މުޅި ދައުލަތް ދަވާލައިގެން ލަދެއް ނުގަނޭތަ އަދިވެސް

    1
    26
    • ޞަނދު

      ބަނޑޭ ކިޔާ....

      5
      1