ރ. ދުވާފަރުގައި ހުރި ގެއަކުން 2 ބުރުމާ ވަގަށް ނެގި 2 ވަގުން ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުން ވިދާޅުވެފައިވަނީ، ރ ދުވާފަރުގައި ހުރި ގެއަކުން ބެޓެރި 2 ބުރުމާ ވަގަށް ނަގި މައްސަލައެއް މިއަދު ހެނދުނު ކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން ކުރި މަސައްކަތުން މިހާރު އެ 2 ބުރުމާ ހޯދައި އެގެއިން ވައްކަން ކޮށްފައިވާ 2 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މިއަދު ހަވީރު އެތަކެތި ހޯދާ، ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ވިދާޅުވިއެވެ.

އަދި މިފަރާތް ހައްޔަރު ކޮށް މިހާރު ވަގަށް ނަގާފައިވާ 2 ބުރުމާ އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ވަގަށް ނަގާފައިވާ ތަކެއްޗާއި ގޮތްނޭގެ ގޮތަށް ތަންތަނަށް ދޫކޮށްފައިދާ ތަކެތި ފުލުހުން އަންނަނީ އެތަކެތީގެ ވެރިފަރާތް ހޯދައި ރައްދުކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންބެ

    ބުރުމާ ވަގު 1 އަދި ބުރުމާ ވަގު 2

  2. ާައަސްލަމް

    ބުރުމާގާސިމާ ދެން ކޮންބުރުމާއެއް ވަގަށްނެގީ

  3. ދިދަ ދަނޑި

    ތިޔާގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ބުރުމާ ނެތްބާ؟؟؟

  4. zayaan

    e ekkala dhethin million dollar nagaa nama dhw hadi dhw dhen deh burumaa nagaigen bandhuvaan

  5. ޗާ

    އަސްލު ގެއްލެންވީ ބުރުމާ އުޅޭ ދާއިރާއިން ގެއްލިއްޖެނަމަ ލައްކަ ކަންކަން އެ ދާއިރާގައި ރަގަޅުވެދާނެ.