އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ އައްޑޫ ސިޓީ ކައުންސިލުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި ބައްދަލު ކުރައްވާ އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި ހަރުކަށި ފިކުރަށް ތާއިދުކޮށް މީގެ ދެތިން މަހެއްހާ ދުވަަސް ކުރިން ގްރެފިޓީތަކެއް ކުރެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އޭގެ ފަހުން ހަރުކަށި ފިކުރުގެ ބަޔަކު އައްޑޫ އިން ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެމީހުން ދޫކޮށްލާފައެވެ. އެމީހުންގެ މައްޗަށް ދައުވާއެއް އުފުލިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހަރުކަށި ފިކުރުގެ މީހުން އައްޑޫގައި ގްރޫޕް ހަދައިގެން އުޅޭކަމަށް އާއްމުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެކު ބޭއްވެވި ބައްދަލުވުމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިއްޔެ އައްޑޫ ސިޓީ ކައުންސިލުން މިނިސްޓަރ މާރިޔާ އާއި ބައްދަލުކޮށް އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭތީ އާއި، ކާރިސާތައް ދިމާވުމުން ހުއްނަ ގޮންޖެހުންތަކާއި އެސިޓީއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ދަތުރު ކުރައްވާނެ ރަސްމީ އުޅަނދެއް ނެތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ދެއްކެވި ކަމަށެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަރާއި ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް ފަހު ސަރުކާރުން ވިދާޅުވެފައި ވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ވެސް ބޮޑެތި އިސްލާހުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފޯޅަޗަހި

    އާ އައްޑޫގަ އިންޑިޔާ މީހުން އެއަޅާ މިލިޓަރީ ބޭސް ބަލާލީމަވެސް އެގޭ އެތަނަށް އިންޑިޔާ ސިފައިން ގެންނަން ކޮށްމެވެސް ސްޓަންޓެއް ޖައްސާނެކަން

    65
    1
  2. ތުރުކީ ތަާކިހަަާ

    ރާއްޖެޭގައި ހަރުކަށި ފިކުރެއްނެތް މިއިީ ހަދާ ގޯސް ފޮރުވުމަށް ދައްކަާ ހޮޅި ވަާހަކައެއް މިހުންގެ ސަމަަާލުކަން އެހެން އަތަކަށް ފުރޮޅަަާލުމަށްޓަކައި ހެހެޭ ހުސްދޮގު .ދިވެހިން ހޭވެރިވެޭ

    55
    8
  3. ފުތާ

    އަވަހައް އިންގިރޭސިންނާ ހަވާލްވެލައްވާ މޭޔަރު އެންޑް ދަ ޓީމް. އޭރުން ޑިއެގޯ ގާސިއާ އާއި އެނެކްސް ކޮއްލާފަ އެމެރިކާ އައް އައްޑޫ ކުއްޔައްދޭނީ. ދެން ގަމުގައި ގަމުގައި އޭޝިއާގެ ގުއަންޓަނަމޯ ގާއިމްކޮއް ހައްދުފަހަނަ އަޅާފަވާ މީހުންނާ ޑީލްކުރާނީ! އޯކޭތަ މޭޔަރު!

    35
    1
  4. ބާރީ

    ތިތާ އިންޑިޔާ ސިފައިން ތިބީމަ ރަނގަޅުވާނެ...

    38
    2
  5. ހޫން

    ތިޔަ މަ ސްވަރާ ކުރެވުނ ީީ ތިކަމަށް އެންމެމުނާސަބު މީހާޔާ.

    31
    3
  6. ކޮބާ

    އެޔާ އެއްގޮތައް ދީން ދޫކޮށްލާފައި އުޅޭ ހައއދުފަހަނަ އެޅި މީހުން ތައްވެސް މައިތިރި ކޮށް ފިޔަވަޅު އަޅާ. އިސްލާމް ދީނަކީ މެދުމިން އެއިން މައްޔައް ނުވަތަ ދަށައް ދިޔަސް އެއީ ހައްދުފަހަނަ އެޅުން

    16
    4
  7. އަބޫބެ

    ގޮތްގޮތަަށް ތިބެގެން ފޮޓޯ ނެގިއްޖެދޯ. ދެން ތިޔައޮތީ ތިކަން ވެފަ.

    16
    1
  8. ބޮދުސޯބު

    ޢައްޑޫގައި ޑްރަގް އާއްމުވާތީ ބައްދަލުވުމެއް ބާއްވަން މޭޔަރު ތައްޔާރުތޯ؟

    22
    1
  9. އައްޑޫ

    ތި އަތޮޅުގަ ގިނަވާނީ ސަލަފީ ވިސްނުމުގެ ދީނީ މީހުން! އެހެންވީމަ މާކަ ބޮޑަކަށް ހައިރާނެއް ނުވޭ ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކު އައްޑޫގަ އުޅޭތީ! މި ބައިގަނޑު ވީ ހަމަ މުލުން ލުހެލަން!

    7
    20
  10. ފަހުދާ

    ހަރުކަށި ބައިގަނޑުގެ އެއްމެން ޗައިނާ އަށް ރިހެބިލިޓޭޓު ކުރަން ސަރުކާރުން ފޮނުވަން ވީ..ނިމިގެން އައްނަ އިރު މިހާ ހުއްނާނީ މުޖުތަމައު އަށް ބޭނުން ހިފޭ ހުނަރެއްވެސް ދަސް ވެފަ، އޭނަގެ މަންމަ ވެސް މުޖުތަމައު ވެސް އެދުވަހުން އޭނަ ދެކެ ފަހުރުވެރިވާނެ.

    10
    4
    • Anonymous

      ލާދީނީ ބައިގަނޑު ކިޔާތީ ހަމަ އަސަރު ކުރަނީ ދޯ ރީނދޫ ކޮހުންނަށް

  11. ބަކުރުގެ ތަކުރު

    ހަރުކަށި ފިކުރު އުފެދެން ފެށީ " ގޯލްޑަން 30 ގެ ތެރޭގަ"

    9
    3
    • ހަރަކަށި

      ހަރުކަށިކަން މިގައުމުގައި ފެތުރީ ތިޔަ 30 ގައެއް ނޫން. އެއީ ރައީސް ނާސިރު ދައުރުގައި މާފަންނުކޮޅުގައި ބަޔަކު ފެށިކަމެއް. ތޮއިބާއޭ ކިޔާތަނެއް ނާސިރު ބަންދުކުރީ އެހެންވެގެން. އެކަން ހުއްޓުވީމާ ދެން އެކަމެއް ފެށުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި ހުރި ގެއެއްގައި. އޭގެ ފަހުން މިހާރު ފޮރިން މިނިސްޓްރީގެ އިސްމަގާމުގައި އެެހެރަ މީހާ އައްޑުއަތޮޅުގައި އެކަން ފެށީ. ސަރުކާރުން އެކަން ހުއްޓުވީމާ ދީން ކިޔަވައިދިނުމަށް ހުރަސްއެޅިއްޔޭ ކިޔައިގެން ހުއްޓާނުލައި މީހުންގެ ބޮލަށް ޗިޕްޖަހަން އެވާހަކައެއް އެދައްކަނީ.

  12. Anonymous

    މި ސަރުކާރުން މިއުޅެނީ ހަރުކަށި ފިކުރޭކިޔާފައި މިޤައުގައި މިނިވަން ފިކުރު ފަތުރަން

    21
    1
  13. Anonymous

    މީގެ ދެތިން މަހެއްހާ ދުވަަސް ކުރިން ގްރެފިޓީތަކެއް ކުރެހި އެކަން ބައެއްގެ ބޮލުގައި އަޅުވައި އައްޑޫއަކީ ހަރުކަށި ބައެއް އުޅޭ ރަށެއްކަމަށް ދައްކައި މިނިވަން ފިކުރު ނުވަތަ ސެކިއުލަރ ފިކުރު ފަތުރަން

    21
  14. މަޑުކަށި

    އެބައުޅެގާނުނުއަސާސިއަށްފައކއެރިމިހުންވެސް އެއިކޮންކަހަލަކަށްތެއްހުރިބައެއް މިކންބަލާނިިކޮންބައެއް

    12
  15. Anonymous

    އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ޑިފެންްސް މިނިސްޓަރާއި މަޝްވަރާކޮށްފި

    8 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 13, 2019 )

    ދެން މިނިވަން ފިކުރުގެ ދަށުން އަނެއްކާ ވެސް ބުދު ތަކެއްގެނެސް ބަހައްޓާ . ކުރިން

    ބުދު ބެހެއްޓި އިރުވެސް ހުރީ ހަމަ ތިމޭޭޔަރު ބ

  16. ޢަބްދުއްލާ

    އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ޑިފެންްސް މިނިސްޓަރާއި މަޝްވަރާކޮށްފި

    8 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 13, 2019 )

    ދެން މިނިވަން ފިކުރުގެ ދަށުން އަނެއްކާ ވެސް ބުދު ތަކެއްގެނެސް ބަހައްޓާ . ކުރިން

    ބުދު ބެހެއްޓި އިރުވެސް ހުރީ ހަމަ ތިމޭޭޔަރު ވިއްޔަ މިކަމުގެ ތަޖުރިބާ ވަރަށް ބޯވާނެ.

  17. އެލް ބޯޑު ސަރުކާރު

    މިހާރު ސާފު ހަރުކަށި ފިކުރު ފަތުރަނީ މަރިޔާކަން. މާމަގަނޑާ ތިޔަ ހަރުކަށިފިކުރު ފަތުރަމުން ނުދުވެ ބުރުގާ އަޅާބަލަ. އެއީ ހަރުކަށިވުންތޯ ބުރުގާ އަކީ

  18. ހުޅުރާއްޖެ

    އައްޑުއަތޮޅުގައި މަދަރުސާއެއް ހަދައިގެން ތިޔަ ހަރުކަށިކަން ފެތުރި މީހާއަށް އެހުރީ ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ދީފައި. އެ ހަރުކަށިކަން ފަތުރަނިކޮށް އޭރުގެ ސަރުކާރުން އެކަން ހުއްޓުވީމާ ދީން ކިޔަވައިދިނުމަށް ހުރަސްއެޅީޔޭ ކިޔައިގެން އަދިއަދަންދާނދެންވެސް އެކަލޭގެ ގޮވަނީ.