ކ.އަތޮޅު ގުރައިދޫ ސްކޫލްގައި ކިޔަވަމުން ދިޔަ، ކިޔެވުމަށް މޮޅު، އަޙްލާޤު ރަނގަޅު، އެންމެންގެ ލޯބި ހޯދާފައިވާ އުމުރުން 14 އަހަރުގެ ދަރިވަރެއް ކަމަށްވާ ރާޔާ ރާމިޒު ކުއްލި ގޮތަކަށް ނިޔާވުމާއި އެކު މުޅި ރަށަށް ބޮޑު ހިތާމައެއް ލިބިއްޖެއެވެ.
ރާޔާ ނިޔާވީ އިއްޔެ ރޭ އިންޑިއާ ގައެވެ. އޭނާ ނިޔާވީ ކުޑަ ފަރުވާ އަކަށް އާއިލާ އައި އެކު އިންޑިއާ އަށް ގޮސް އުޅެނިކޮށް އިއްޔެ ރޭ ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. ރާޔާ އިންޑިއާ އަށް ދިޔައީ ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކާލަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގުރައިދޫ ސްކޫލުން ބުނީ ރާޔާ އަކީ "ސްކޫލްގެ އެންމެ ނަތީޖާ ރަނގަޅު އެންމެ އަޙްލާޤު ރަނގަޅު ދަރިވަރު" ކަމަށެވެ. ރާޔާގެ ހަނދާންތައް އަބަދަށް ދެމިގެން ދާނެ ކަމަށާއި އަބަދުވެސް ރާޔާ އަށް ހެޔޮ ދުޢާ ކުރާނެ ކަމަށް ގުރައިދޫ ސްކޫލުން ބުންޏެވެ.
ގުރައިދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ރާޔާ އަކީ ކުދިންނާއި ގުޅިގެން އުޅޭ ސްކޫލްގެ ހަރަކާތްތަކުގައި އިސް ނަގާ ދަރިވަރެއް ކަމަށެވެ. އެހެންކަމުން ރާޔާގެ ކުއްލި ވަކިވުމާއި އެކު ރަށުގެ ހުރިހާ ކުދިންނަކާއި ބޮޑެތި މީހުންނަކަށް ވެސް ފުން ހިތާމައެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެއީ ސްކޫލުން ވެސް ވަރަށް ބޮޑެތި އުއްމީދުތަކެއް ކުރި ދަރިވަރެއް. އެކުއްޖާ ނިޔާ ވުމަކީ ވަރަށް ބޮޑު ހިތާމައެއް." އޭނާ ބުންޏެވެ.
ރާޔާ އަށް ހެޔޮ ދުޢާ ކުރާމޭ
ރާޔާއަށް ހެޔޮރަހްމަތް ލައްވާށި. އާމީން
އާއިލާއަށް ކެއްތެރިކަން ދެވާށި....
މަރުގެ ކޫޒުން ފެން ނުބޯ އިންސާނަކީ ފަހެ ކާކުހޭ. ، މަރުގޮވާލީމާ އެއެންމެން އެއްމަގުން ތާއޭ ދިޔާ...... ރާޔާ ގެ އާއިލާއަށް ކެއްތެރިކަން ދެއްވާ ރާޔާއަށް ހެޔޮ ރަޙުމަތް ލައްވާށި
ރާޔާަ އަށް ހެޔޮ ރަހުމަތް ލައްވާށި.... އާމީން
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ރާޔާއަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލައްވާށި امين
ރާޔާއައް ހެޔޮރަހުމަތް ލައްވާށި އާމީން
ކަރުނުން މި ދެލޯ ފުރިދާހިނދުގާ
މި ޝުޢޫރުތަކޭ ދިރެމުން ދަނީ
މަހުޝަރުގެ ބިމުން ޖަންނަތުގެ ހިޔާ އެދިގެން މި ދުޢާ ކުރަމުންދަނީ....
މުޅި ގުރައިދޫ ސްކޫލް ފަހުރުވެރިވާ ދަރިއެއް. ރާޔާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ރާޔާ ސުވަރުގެ މިންވަރު ކުރަވާށި.....
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ރާޔާ އަށް ހެޔޮ ރަހުމަތް ލައްވާށިއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
ށސުވަރުގެ ދައިމި ނިއުމަތް މިންވަރު ކުރައްވަަަ ސެވެ
ޜަަޔަަ އައް ހެޔޮދުއަަ މިންވަރު ކުރައްވަަންދެެވެ