ޓެރެރިޒަމް ޤާނޫނަށް އިސްލާހު ގެންނަނީ، ޤާނޫނުގެ ތެރެއިން ހަޤީޤީ ޓެރެރިސްޓުން ހައްޔަރު ކުރުމަށް ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިގޮތަށް ވިދާޅުވެފައި ވަނީ، ޓެރެރިޒަމް ޤާނޫނަށް އިސްލާހު ގެންނަނީ މީހުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކަމަށް، އިދިކޮޅު ކޮންގްރެސްގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ މަހްލޫފް ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުވެސް ޤާނޫނުގެ ބޭރުން ހައްޔަރުކޮށް ޖަލަށްލާފައި ވާކަމަށެވެ. އަދި އަދި ޔާމީންގެ ވެރިކަމުގައި ސިޔާސީ އެންމެންނަކީ ޓެރެރިސްޓުންނަށް ހަދާފައިވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، ޓެރެރިޒަމްގެ ޤާނޫނަށް އިސްލާހު ގެނަންނީ ކުރީ ސަރުކާރުގައި ސިޔާސީ ފަރާތްތައް ހައްޔަރުކުރިހެން ޤާނޫނުގެ ބޭރުން މީހުން ހައްޔަރު ނުކުރުމަށް ކަމަށެވެ.

ޓެރެރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި އިއްވާފައި ވަނީ އިއްޔެއެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަސީ

    މަހުލޫފަކީ ރިމޯޓުން ކޮންޓްލޯލް ކުރާމީހެއް ރިމޯޓް ގެންގުޅޭމީހާ ބޭނުންވާގޮ ތަކައް ހުރިހާކަމެއްވެސް ހުންނާނީ ބަރާބަރައް ރީލޯޑް ކުރަންޖެހޭނެ ނޫނީ މަސައްކަ ތް ހުއްޓޭނެ

    55
  2. ޔޫ

    މަކަރާއި ހެއްވާ މަޖާ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ

    50
  3. ގަލޮޅު ދެކުނުމީހާ

    ކަލޭ އެއްމެ ކުރީ ހައްޔަރު ކުރަންވީ، ޓެކްސް ފައިސާތައް ހިތަށް އަރާ ވަރަކަށް ޓީމް ތަކަށާ އެއްމެނަށް ބަހާ ހުސްނުކޮށް މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދޭތޯ ބަލާ ބަަލަ

    54
  4. ލަދު 13 ސެޕްޓެމްބަރ 2019

    މިސޮރު މީރީލޯޑް ވާހަކަނުދައް ކާމަޑުން ހުރޭ ތީކޯޗެއް ކިޔަވަެއި ގެންއުޅޭ މީހެއް ލަދުގެ ކަންފުޅެއްވެސްނެތް މިނިސްޓަރޯ އެހެންމީހުން ލަދުގަންނަންޖެހެނީ މީކާކު

    41
  5. ހިތުގެގުޅުން

    ތީގައި ބައްދަންތިއުޅެނީ މަޖުލިސްގެ ރައީސް

    44
    2
  6. ާައަސްލަމް

    އެމްޑީޕީގެ ..ހުރިހާއެންމެންނަށް ..ޓެރެރިޒަމްގެ..ދައުވާކުރަންޖެހެ ..ސަބަބަކީ ..އިސްލާމްދީނަށް..ފާޅުގަ.ދެކޮޅުހަދަނީ އެމްޑީޕީން

  7. އިބްރާހިމް

    މިބިލުގެ މަޤްސަކީ މިޤައުމުގައި ދީނީނަސޭޙަތްދިނުން ހުއްޓުވުމެވެ.

    10
  8. ރިލޯޑޭ

    ބަލަގަ ކުރީސަރުކާރުންވެސް ގާނޫނަށް އިސްލާހު ގެނައީ ގާނޫނުގެ ތެރެއިން ކަންކަން ކުރުމަށޭ އޭރު ކަލޭމެން ހީވަނީ ފަޔަށް ހިނިއަރާތީ ތެޅިބާލާހެން “ކާއިގެންނޭ ފުރާނީ ނުކަޔެއް ނުފުރާނަމޭ”

    12
  9. Anonymous

    ތި ޓެރެރިޒަމްގެ ޤާނޫނުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެެއްވެސް ބޭނުމެއްނެތް.

  10. އަބޯ

    މިހާރުވެސް ހައްޔަރު ކުރަނީ ގާނޫނުގެތެރޭން . ކޯޓް އަމުރާނުލާ ހައްޔަރުކުރުމުގެ ބާރު ގާނޫނަކުން ނުދެވޭނެ އެއީ 63 އާއި 66 ބުނާގޮތުން ބާތިލްކަމެއް.

  11. ހުސޭނުބޭ

    ދަތި ތިއްބާފައި އެހެން މީހުން ބެދޭނެކަމަށް ތި ހީކުރަނީ! ވެރިކަމުން ފައިބާގެން ދާދުވަހު ނަގޫ ފިތުނީމާ މުންޖެކޭ ނޫން ގޮވާނީކީއެއް! ތި ފާސްކުރި ޤާނޫނު ތަކުގެ ދަށުން މިހާރުވެސް ފިޔަވަޅުއަޅަންޖެހެނީ ސަރުކާރުގެ ބޮޑުންނަށް! ދެން ވިސްނާލާ އެހެން މީހަކު ވެރިކަމަށް އައުމުން ހިނކަދި އެއްޗެތި ހިފާހެން ބައިގަނޑުގަނޑަށް ހިފައިގެން ގެންދަންހެދީމާ ވާނެގޮތް!

  12. ބޯގޯސް

    ހެޔޮވެރިކަމެއްގަ ކީއްކުރަންތަ މީހުންހިފަންވީ

  13. Anonymous

    ފިރިހެން ފުލުހުންނަށް އަންހެނުން އެއްކޮށް އޮރިޔާން ކޮއްގެން ފާސް ކުރެވޭ ގޮތަށް އެ ގާނޫނުގައި އޮތީ ހަމަ ޓެރަރިޒަމް ހުއްޓުވަންށޯލަ ، މިއީ ހަމަ ވިޔާނުދާކަމާ އަނިޔާވެރިކަން.

  14. ހަމަހަމަ

    ޤާނޫނަށަ ގެނެވުނު އިސްލާހު: " ބޭނުންކަމެއް ކުރޭ ".

  15. ހަގީގަތް

    ޔާމީން ސަރުކާރުން ކުރި ކަންތައް ކޮޕީކުރުން މިވެރިންގެ ކަމަކީ. ހުސް އަނިޔާ ދިނުން މަގްސަދަކީ

    10
  16. މިއަދު

    މިހާރު މިފެންނަނީ ސަރުކާރަށް ގޮތް ހުސްވެގެން އުޅޭ މަންޒަރު މީހުން ފްރޭމްކުރުމަށް އާދޮރުތަެއް ހުޅުވަން ކުރާމަސައްކަތް

    10
  17. އަހްމަދު

    ގާނޫނަކުން ވިއަސް ގާނޫންބޭރުންވިއަސް ކުރަނީ ހަމަ އެއްކަމެއް. ކުޅެނީހަމައެއްކުޅި. ބޭނުމަކީ އެބަޔަކު ބޭނުންވާ މީހުންހިފާ ހައްޔަރު ކުރުން.

    10
  18. ބުރޯ

    މީހުން ހައްޔަރުކުރަން ހަދަންޖެހެނީ ގާނޫނެއްނޫން . މިހާރުވެސް މީހުނަ ހައްޔަރުކުރަނީ ގާނޫނުގެތެރޭނެ .ހައްޔަރުކުރާކަށް ހުރަހެއްނެތް .ކުށްކުރުން ހުއްޓުވުމަށް ޓަކާ އޮތް ހުރަހަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާ ފަނޑިޔާރުންނާ ފުލުހުން ނާމެދު ނުސިދާ އިނަގިލި ދިގު ވެވެނީ ވެސް އެމާއްދާގެ ސަބަބުން. އެއްދޮރުން ވައްދާމީހާ އަނެއްދޮރުން ނިކުމެވެނީ ވެސް އެމާއްދާގެ ސަބަބުން . ކުށްކުރުން ފުލުހުންނަށް ނުހުއްޓުވިގެން އުޅެނީވެސް އެމާއްދާގެ ސަބަބުން. މަސްތުވާތަކެތީގެ ވަބާ އިން ގައުމު ސަލާމަތް ނުކުރެވިގެން އުޅެނީވެސް އެމާއްދާގެ ސަބަބުން. ކުށްކުރަން ކުއްވެރިންޖެހިލުން ނުވަނީވެސް އެމައްދާގެ ސަބަބުން .އެއީ އެމާއްދާގަ ލިޔެވިފާއޮންނަ "ސަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެ އެވެ. " މި އިބާރާތުގެ ސަބަބުން ދިވެހިގައުމު ކުށްކުރުމުން ސަލާމަތްނުވެގެން މިއުޅެނީވެސް ، ވީމާ މި މާއްދާ އިސްލާހުކުރަނި ކޮށް ގައުމު ކުށުން ސަލާމަތް ކުރުމަކީ ފުލުހުންނާ ސިފައިންނަށް ދާދި ފަސޭހަކަމެއް. ގާނޫނު ހެދުމުގެ ބަދަލުގާ މި މިމާއްދާ އިސްލާހު ކޮށްދެއްވާ.

  19. ބަރުގޮނު

    ޤާނޫނަށް ބަދަލު ގެންނަންއުޅެނީ ސަރުޢީ މަރުޙަލާގެ ސުޕްރީމް ކޯޓްންވެސް ނިމި ޙުކުމް ތަންފީޛުކުރަން ޖެހިފައިވާ ބައެއް މަސްއަލަތަކުގައި އެމް.ޑީ.ޕީ އާ ދިމަޔަށް އިގިލި ދިއްކުރެވިފައިވާ މަސްއަލަތަކގައި އެމް.ޑީ.ޕީ އާ ދިމަޔަށް ދިއްކުރެވިފައިވާ އިގިލި ތިރިކުރުވާ އިމޭޖް ބަދަލުކުރަން. ސުޢޫދު އެހުރީ އެކަމާ ފޫގަޅާފައި.