ލ. ފޮނަދޫން މާމެންދުއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއާއެކު ގެއްލުނު މާމެންދޫ އައިމިނަތު ޝިމާ ނާފިޒް ގެއްލުނު މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާރިޔާސީ ކޮމިޝަންގެ މެންޑޭޓުގައި ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއްސުޢޫދު މިގޮތަށް ވިދާޅުވެފައި ވަނީ، ޝިމާ ގެއްލުނު މައްސަލަ، މަރުގެ ކޮމިޝަނުން ބަލައިދޭނެކަމަށް އުންމީދު ކުރާކަމަށް، ހުސްނުއްސުޢޫދު ޓެގުކޮށް އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ.

އެ ޓްވީޓުގައި ޝިމާގެ މައްސަލަ ބަލައިދޭނެކަމަށް އުންމީދުކުރާ ކަން ހާމަކޮށް އެފަރާތުން ބުނެފައިވަނީ، ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން އާއިލާއިން ސުވަލު އުފައްދާ ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން އެ އާއިލާއަށް ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭން ޖެހޭކަމަށެވެ.

ނަމަވެސް މި ޓްވީޓަށް ރައްދު ދެއްވަމުން ހުސްނުއްސުޢޫދު ވިދާޅުވީ، ޝިމާ ގެއްލުނު މައްސަލަ ތަހުޤީޤު ކުރުމަށް މަރުގެ ކޮމިޝަންގެ މެންޑޭޓުގައި ނެތްކަމަށެވެ.

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ އާއި ގުޅޭ މައުލޫމާތުތަކެއް ހާމަކުރުމަށް މަރުގެ ކޮމިޝަނުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސްނުއްސުޢޫދު ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ މައްސަލަތަކުގެ ތަހުޤީޤު ނިމިފައިވާ ކަމަށާއި، ކޮމިޝަންގެ މަސައްކަތް އަވަސްވެފައި ފުރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ގެއްލުނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއި އެކު ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ. ލ.ފޮނަދޫން ޝިމާއާއި ފަޒީލް ފުރިކަމަށް ފުލުހުން ބުނެފައި ވަނީ ހަވީރު 6:03 ކަމަށެވެ. އެ ދުވަހުން ފަށައިގެންވެސް އޭނާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

ޝިމާ ގެއްލުނު ހާދިސާގައި އޭނާ އާއި އެކު ދަތުރުކުރި ފަޒީލަށްވެސް ތުހުމަތު ކުރެވިފައި ވެއެވެ. އެ ހާދިސާއަށް ފަހުވެސް އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި އޭނާ ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޝަކީރާ

    ޙުސްނު އަލް ސޫ މިދައްކަނީ ހާދަ ހެއްވާ ވާހަކައެކޭ...ރިޟްވާނު ނޫނީ ގެއްލުނު މީހަކު ނެތީތަ

    99
    3
  2. އިބޫ

    ތީ މިނިވަން ފިކުރުގެ މީހުންގެ މިނިވަންފިކުރު ކުރިއަރުވަން ހެދި ކޮމިޝަނެއްކަން ކުރިންވެސް އިިނގޭ. ހަމައެކަނި ރިޟުވާނުގެ މައްސަލަ. ދެން ކޮމިޝަނުގެ މަސައްކަތްނިމުނީ. އެއީ ނަޝީދުގެ އަނދިރި ދައުލަތް ކުރިއެރުވުން. ކްރިޔަސްޓިޔަންދީން މިގައުމުގެ ރަސްމީ ދީންކަމުގައި ހެދުން.

    20
  3. ޝިމާގެ ބޭބެ

    ކަލޯ މިނޫނަސް ދުވަހެއް އެބަވޭ. އެދުވަހަކުން ކަލޭގެ މައްސަލަވެސް ބެލޭނެ.

    18
  4. ދދދދދދ

    "މަރުބަލ"ގެ ލަދުހަޔާތް ކުޑަކަމާއެ. ޝިމާއަކީ އިސްލާންދީނާ ދެކޮޅަށް އަޑު އުފުލި ކުއްޖަކަށް ނުވާތީ އޭނައަކީ އިންސާފު ލިބެންވާ ކުއްޖެއް ނޫން! ކަލޭ ކަރުގަ ހިިފާ ފިތިފިތީނުން ނިންމާލިޔަސް ކަމެއް ނުވާނެ. މީހުން ކުރިމައްޗަށް ނުކުމެ އަނގަ ގަޅަން ކެރޭނު އެބަ.

    20
  5. މމމމ

    ހ.ހަންޑްރެޑްފްލާވަރ ހުސައިން ރަޒީން މަރާލި މައްސަލަ ވެސް ތި ކޮމިޝަންގެ މެންޑޭޓަކު ނެތް، އެހެންވެތާ މައްސަލަ ތަކުގެ ލިސްޓުގަ ވެސް ނެތީ، ނިމިދިޔަ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގަ، އޭނަގެ ޤާތިލް ހުރި ރީނދޫ ޓައި އަޅައިގެން ލަންކާ އެމްބަސީގަ ހުރި ވޯޓު ފޮށި ކައިރީގަ ވެސް، މީ ވަރަށް ވާހަކަ

    14
  6. ބުުލްބުލް

    ތިޔަ ވަލަޑަ ކޮމިޝަނުން ބަލަނީ ޑިމޮކްރެޓިކް ރޮނގުން މިނިވަން ފިކުރު ފަތުރަން މަސައްކަތްކުރި ބަތަލުންގެ މަރުގެ މައްސަލަތައް.ނިކަމެތި މީހާގެ ދަރިޔަށްވީ ގޮތެއް ނުބަލާނެ.ކޮމިޝަނުގެ މެމްބަރުންނަށް ދެނީ އަހަރެމެން އެންމެންގެ ޓެކުސް ފައިސާއިން ދޭ މުސާރަ.އިބޫ އަލިފުށްޓަށް ގޮސްފަ ބުނީ ލިޓަސް ތެރޭ ވަޅިޖަހާ މަރާލި އަލިފުށި ކުއްޖާގެ އާއިލާއަށް އިންސާފު ހޯދާދެވޭތޯ ބަލާނަމޯ.އެކަމު މިނިވަން ފިކުރު މީހުންގެ މައްސަލަ ބަލަން މިއޮތީ ހާއްސަ ކޮމިޝަނެއް ހެދިފަ.އިންސާފަށް ތިއޮތީ ފައިން އެރިފަ

    19
  7. ހުދުހުދު

    ތި ކޮމިޝަނުން ބަލާނީ ލާދީނީ މީހުންނަށް ވީ ގޮތް އެކަނި. ނިކަމެތި ދެރަ މީހަކަށް ވީ ގޮތެއް ނުބަލާނެ. ލަދީނީ ރިޟްވާނުގެ މައްސަލަ ބަލާފަ މިތާ މިނިވަން ފިކުރޭ ކިޔާ ލާދީނީ ފިކުރު ހިންގަން ވެގެން

    17
  8. އަފިރިން....

    ބައެއް މީހުން ގެއްލުނީމަ މައްސަލައަކަށް ވަނީ. ސިޔާސީ ކުރިއެރުމެއް ނުލިބޭ ކަމަށް ވާނަމަ ގެއްލުނަސް އެއީ ގެއްލުނު މީހަކަށް ނުވޭ....

    15
  9. ސުއޫދުއްލާދިން

    ކަލޯ އެކުއްޖަ އެއީ ދީނަށް ފުރައްސާރަކުރި ކުއްޖަކަށް ނުވާތީދޯ އެކުއްޖަ ތިޔާކޮމިޝަނުގެ މެންޑޭޓުގަ ނެތީ؟ ކަލެއަށް ހަވާލުކުރީ ދީނަށް ފުރައްސާރަކުރި މީހުން މެރީކޮންބައެއްތޯ ބަލަންދޯ؟ ކަލޭ ކޮމިޝަނަށް ޚަރަދުކުރަނި އިނގިރޭސިވިލާތުގެ ފައްޅިތަކުންނޭ ރަށުތެރޭގަ ކިޔަނި ތެދުވާހަކައެއްތަ؟؟؟

    19
  10. މީހާ

    މިމީހުން ބަލަންޖެހެނީ ރިލުވާނަށްއެކަނި.. ކޮބާ އެހެން ރައްޔިތުންގެ ހައްގު.. އަނަސްގެ އާއިލާއިން ވެސް އިންސާފަށް އެދި ކުރާ އާދޭސް ފެނުނު ބަޔަކު ހިތުގަ ޖެހޭނެ. އެކަމަކު ލާދީނީ ވާހަކަ ދައްކާ މީހުނަށް އިންސާފު ހޯދަދޭން މި ތެޅެނީ. ސިމާގެ އާއިލާ ވެސް ހަމަ އެފަދަ. ކުޑަމިނުން މިމީހުން ބެލިބެލުމުން އެނގުނު ކަމެއްވެސް އަންގާލިއްޔާ ކީއްތަ؟؟ ރޮއެފަ ސޯސަލް މީޑިއާއަށް ފޮޓޯ އަޅާ ހިނގާލުން ބާއްވާފަ އާއިލާއިން ރާއްޖެ ޓީވީއަށް އިންޓަވިއުތަ ދޭތީތަ ރިލުވާނު މައްސަލަ ފަހަތުން ތި ދުވަނީ.. ބޮޑު ދުއްޕާނެއް ކަހަލަ ސަރުކާރެއްހުވާ..

    16
    • ކަނީރު

      ދުއްޕާނޫން ސަރުކާރުންވަނީ ހޯދާފައެއްނު

  11. އަޙުމަދު މުޙައްމަދު

    ތިޔަ ނެރުނު ރިޕޯޓް (ނުވަތަ ރައީސް ވިދާޅުވާ ގޮތުން 2 ވަނަ ޑްރާފްޓް) ޢާއްމު ކުރީ ޓެރަރިޒަމޭ ކިޔައި ޢާއްމުންގެ ހިތުގައި ބިރުވެރިކަން އުފައްދައިގެން ދީނީ މީހުން ހިފައި ހައްޔަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހުކުރަން. އިސްލާމް ދީނާ ޚިލާފަށް ބަޔަކު ވާހަކަދެއްކިޔަސް އެއް ޖިންސުން ކާވެނި ކުރިޔަސް އެއިން ކަމެއް ކުށްވެރިކޮށް ރައީސަށް (އަދި ޚުދު އިސްލާމިކް މިނިސްޓަރަށް ވެސް) އެއްޗެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު މީހަކު ހެދުން އަޅާ ގޮތަކުން (އެވެސް ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އަޅާނަމަ) ކުށްވެރިކުރުން. އެކަމަކު ތިޔަ ކުރެވެނީ އިސްލާމީ އަޤީދާއާ ކަން ހަނދާންކުރާންޖެހޭނެ. ޖުއްބާ ލައިގެން އަހަރެމެން އުޅެނީ ވަކި ޖަމާޢަތަކަށް ތާއީދު ކުރާކަށް ނޫން. ޝަރީޢަތުގައި ނޯންނާނެ ވަކި ފެޝަނެއްގެ ހެދުން އަޅާކަށް. ޝަރީޢަތުގައޮ އޮންނާނީ ޢައުރަ ނިވައިވާ ގޮތަށް ސާފުތާހިރު ހެދުމެއް އަޅާން. ވީމާ އިސްލާމީ ޝަރީޢާތާ ޚިލާފަށް ކުރު ހެދުން އަޅާ މީހުން ކުށްވެރިކޮށްބަލަ! މާ ތާހިރުވާނެ. މިއީ ބޮޑު ވިލާގަނޑެއްގެ ކޮޅުމަތި.

    12
  12. Anonymous

    ޅަދެއްހަޔާތެއް ނެތ ް ???

  13. ނާޒުލީނު

    ހުސެން ސޮލާހު އަކީ ހިތާމަ ކުރާނެ އާއިލާ އެއް ނެއްމީހެއްތަ؟ މާ ރިޟވާނު ވެގެން ތިއުޅެނީ

    15
  14. ސަދޫމް ކޮމިޝަން

    މޭންޑޭޓުގަ ހުރީ މުރުތައްދުންގެ މަރުތައް ތަހުގީގުކުރުން އެކަނި.

    14
  15. ހޯހޯ

    ތިކޮމިސަނުގެ މެންޑޭޓުގަ އޮތީ ހަމައެކަނި ރިޟުވާންތޯ؟

    14
  16. ނުރަބޯ

    ސޫދު ކޮމިޝަނުގެ މެންޑޭޓުގައި ހަމައެކަނި ހުރީ މިގައުމުގަ ތިބި ޕާޓޭންނާ ލާދީނީ ފިކުރުގެ މީހުންނާގެ މަރުގެ މައްސަލަތައް. ރައްޔިތުންނަށް ވަރަށް ސާފު ތީ ކީއްކުރާ ކޮމިޝަނެއް ކަން. އެހެން ނޫނަސް މިގައުމުގަ މީހުން މަރާފަތިބި ބޮޑަތި ޤާތިލުންގެ ވަކީލަކަށް ސުއޫދު ހުންނަކަމީ އަހަރެމެން އަޖައިބުވާ ކަމެއް ނޫން.

    15
  17. ޓާޓާ

    އެއީ ދިވެހި ދަރިއެއް ނޫންތަ ހުސްނޫ

    12
  18. ާވަތުބަތާނަ

    ކުރިންވެސް އެނގޭ ތީވަކި ސިޔާސީ މަގުސަދެއްގައި އުފެއްދި ތަނެއްކަން.

    15
  19. ހައްޤު ތެދު

    ތިޔަ، ކޮމިޝަނުގެ މެންޑޭޓް ވީ އެންމެ އަވަހަކަށް ހާމަކޮށްލަދެއްވާ! ރިޟްވާނުގެ މުހިއްމުކަން ބޮޑު ވެގެންް މިއުޅެނީ މިނިވަން ފިކުރުގެ ނޫސްވެރި އަކަށްވީމާ ތޯ؟ ކޮބައިތޯ ތިޔަ ބޭފުޅުންގެ އިންސާާފަކީ؟

    14
  20. ތިރިނާކޮޅު

    ކުރީ ސަރުކާރު ކުރިީ ސަރުކާރު ކުރީސަރުކާރު މިއަދުގެ ސަރުކާރުގެ އިސްބޭފުޅުންގެ ނާނާ ކުރާނެ ކަންަތައް ހުސްވެގެން ގާނުޫނަށް ބަދަލުގެންނަނީ މައުސުުޫމް މީހުންގެ އޮރިޔަާން ބަލަން ފުކެއް ބޮޑުވަރު ނާގާބިލަސް މިވަރުބޮޑު މިސަރުކަާރު މީ ހަމަ ބޮޑު ބަލާވެރިކަމެއް

    13
  21. ކުޑަބަޖަރާ

    ހުސްނު އަލް ސޫ ހެއްވާ ވާހަކަ ދައްކަނީކީނޫން. ރައީސްސޯލިހު އަންގާފައިވަނީ ހަމައެކަނި ވަހީދުގެ ވެރިކަމުގަޔާއި ޔާމީނުގެ ވެރިކަމުގައި ހިނގާފާހުރި މަރުގެ މައްސަލަތައް ބެލުމަށް. އޭގެ ތެރޭންވެސް ޚާއްޞޮ ގޮތެއްގައި ރިޟްވާނުގެ މައްސަލަ ބެލުމަށް. އެއީ ރިޟަވާނުގެ މަރުގެ ޒިންމާ ޔާމީނުގެ ބޮލުގައި އެޅުވުމަށް. އެނޫންއެހެންކަމަކުނޫން. އެހެންވީމާ ހެއްވާ މީހަކީ ރައީސް ސޯލިހު. ޝަކީރާ ތިި ކޮމެންޓްކުރަނީ އެއްވެސް އެއްޗެއް އޮޅުން ފިލާގެނެއްނޫންދޯ؟ ކީބޯޑަށް ފިތަން އެނގޭތީ ފިތަނީދޯ؟

    12
  22. މަގޭ ޚިޔާލު

    އެޖެންޑާ 19އިގެ އިންތިގާލީ އިންސާފު ލިބޭނީ މުރުތައްދުންނަށާއި ލާދީނީ ފިކުރުތަކުގެ މީހުންނަށެވެ. އިސްލާމްދީނަށް ކުޑަ ނަމަވެސް ލޯތްބެއް ހުރި މީހަކު ވިއްޔާ އިންތިގާލީ އިންސާފުގެ ތެރެއިން އޮންނަން ޖެހޭނީ ކުޑަގޮޅީގައެވެ. އަހަރެމެން މުސްލިމުން އިންތިގާލީ އިންސާފެއް ބޭނުމެއްނޫނެވެ. އަހަރެމެން މުސްލިމުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ޢަދުލު އިންޞާފެވެ.

    13
  23. ހޯޅިވާހަަކަ

    ހުސްނުއްސޫދުމެންނަކީ ސިޔާސީ ޑުރާމާ ކުޅެންވެގެން އުފައްދާގެން އުޅޭ ޖަމިއްޔާއެއް ކޮބާ އިންސާފާހަމަހަމަކަން ކީވެތަ ރިލުވާންގެ މައްސަލަ ހަމަ އެކަނިހޭބޯނާރަާގެން ތެޅި ފޮޅެނީ އެހެންމީހުންނަނަކީ އިންސާނުންނޫންތަ ހަމަސިޔާސީ ފޮޅިއަޅަންވެގެން ތިމާމަސްހޫރުވެ ފިލުމުގެ ބަލްގެރޯލް ކުޅެންވެގެން ތީ ހަމަ ހޮޅި ވާހަކަ ދައްކާ މީހެއް

    10
  24. ޙާޖަރާ

    އަހަރެންނަށް މާމުހިންމު.އަރެމެން ކޮށްކޮސީމާއަށްވީގޮހޯދަން އަހަރެމެންނަކަށް މުހިންމެއްނޫ ރިލުވާނެއް ހުސްނުއްސޫދަށް އަހަރެމެންގެ ކޮއްކޮގެއްލުނުގޮތް މޭންޑޭޓަކުނެތޭ ކިޔާ ފޫބައްދާލިޔަސް އަހަރެމެނަށް މުހިންމީ.އަހަރެމެންކޮށްކޮ

    11
  25. ހުދާގަވާ

    އެހެނެއް ނޫން ވީކީ ތިކޮމިސަނުން ހީކުރީ ރިލްވާން ގެއްލުވާލީ ނުވަތަ މަރާލީ ކޮމިސަނުން ހީކުރި މީހުން ކަމައް. އެކަމު އެހެނެއް ނޫންވީ ކީ،،އެހެން ވެ ތިހާވަރުން ތިއުޅެނީ ކޮންމެހެނެން މަރުތައް ބަލާކައް ނޫން،، ސިމާ ގެއްލުނީ އަފުރާސީމް ވެސް މަރާލީ ،،ތީ ތާކުން ތާކުޖެހެ ކޮމިސަނެއް ނޫން..ތިކަމިސަނުން ހޯދަން އުޅުނު އެއޗެއް ނުފެނުން