ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައި ގަންނަމުންދާ މިދުވަސްކޮޅުގައި މިވަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީގައި ބިދޭސީ އަކު 18 ގެސްޓު ހައުސް ހިންގާ ކަމުގެ ތުހުމަތު ކުރެވެން ފަށާފައެވެ.

އާއްމު ރައްޔިތުން އެމީހުންނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ މީހުން ފަޅާ އަރުވާލުމަށް އަންނަނީ އެހީތެރި ވަމުންނެވެ. މިގޮތުން އާއްމު ފަރުދަކު މީސް މީޑިއާގައި މިފަދަ މީހެއްގެ މައުލޫމާތު ހިއްސާ ކުރަމުން ބުނެފައި ވަނީ ފޮޓޯ އިން އެފެންނަ މީހަކީ މާލޭގައި 18 ގެސްޓް ހައުސްއެއް ހިންގާ މީހެއް ކަމަށެވެ.

ޑީޕޯޓް ކޮށްލާފައިވާ ހަނީފް ބިޒްނަޒް ކްލާހުގައި އޭނާގެ އަމިއްލަ ގައުމަށް ދަތުރު ކުރަނީ

"މިއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝޮހާގް. މާލޭގައި 18 ވަރަކަށް ގެސްޓު ހައުސް މީނާ ހިންގާ ކަމުގެ މައުލޫމާތު ލިބޭ. މީގެ ތެރޭގައި މަޝްހޫރު "ޒާ" ގެސްޓްހައުސްވެސް ހިމެނޭ" މީސް މީޑީއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

އެ މީހާ އިތުރަށް ބުނެފައި ވަނީ ކޮންމެ މަހެއްގެ މައްޗައް ޝޮހާގުއަށް މިލިއަނުން ފައިސާ ލިބޭ ކަމަށާއި އަދި މިވަގުތު އޭނާ ހުރީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އިން ބޭރަށް ގޮސްފައި ކަމަށެވެ. ދާދި ފަހުން ވަޑި އެއްގެ ގޮތުގައި ރާއްޖެ އައިސް ދިވެހިންގެ ބަޔަކާއި ގުޅިގެން މާލޭގައި ގެސްޓު ހައުސްތަކާއި ފިހާރަތައް ހިންގަމުން ގެންދިޔަ ބިދޭސީ އެއް ކަމުގައިވާ އަބޫ ހަނީފް ނުވަތަ ބިދޭސީންގެ ތެރޭގައި މަޝްހޫރު ވެފައިވާ ގޮތުންނަމަ "މާސްޓާ" އޭނާގެ އަމިއްލަ ގައުމު ބަންގްލަދޭޝް އަށް ޑީޕޯޓް ކޮށްލާފައި ވާއިރު އޭނާ ވަނީ މަނީ ލޯންޑްރިންގެ މަސައްކަތްވެސް ފުޅާ ދާއިރާ އެއްގައި މި ގައުމުގައި ކޮށްފައެވެ.

ހަނީފް މީގެ ކުރިން އޭނާގެ ގައުމަށް ދަތުރު ކުރުމުގެ ކުރިން ވީއައިޕީ ލޯންޖު ތެރޭގައި ނަގާފައިވާ ފޮޓޯއެއް

އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ވޯކް ވިސާގެ ދަށުން ރާއްޖެ އައިސްފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުންނެވެ. މި 63،000 މީހުންގެ ތެރޭގައި އެތައް "މާސްޓަރުން" ތަކެއް އުޅޭނެ ކަމަށް ބެލެވޭއިރު، ޝޮހާގް އަކީވެސް މިފަދަ "މާސްޓަރެއްގެ" ތުހުމަތު މިވަނީ ކުރެވިފައެވެ. އޭނާގެ މައްޗައް ކުރެވިފައިވާ ތުހުމަތު ތަކުން މިއީ ހަނީފް މާސްޓަރަށް ވުރެންވެސް ކުރީގައި އުޅޭ މީހެއް ކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ވާވާ

    މުސާރަ ނުދެނީ މި މީހުން، ހުރިހާ ކަމެއް ދިވެހިންގެ ބޮލުގައި އަޅުވަނި

    53
    1
  2. އައްޑޫ މީހާ

    ތީ ބޮޑުވެއްޖެ ކަމެއް މިހާރުވެސް އައްޑޫސިޓީ ފޭދޫގައި ހަރަކާތްތެރިވާ ބަންގާޅި އާރިފް ކިޔާ މީހަކު އައްޑޫގައި އުޅޭ ހުރިހާ ބަންގާޅިން އަތުން ފައިސާ ނަގައިގެން މާލޭގައި ހުންނަ ބަންގާޅީ އެޖެންޓަކަށް ފޮނުވައިގެން ރަށަށް ފައިސާ ފޮނުވަނީ ޕޯސްޓް މެދުވެރިކޮށް ފޮނުވީމަ މިގައުމަށް ފައިދާއެއް ލިބިދާނެތީ މިހުރިހާ ސަކަރާތެއް އޭނަ ޖަހަނީ ފޭދޫގައި އުޅޭ މުޙައްމަދު ފަތުހީ ނަމަކަށްކިޔާ އިމިގްރޭޝަން އޮފިސަރަކާއި ގުޅިގެން ވަގު ބަންގާޅިންނަށް ވޯކް ވިސާ ހައްދަދީގެން ފައިދާ ނަގަމުންދަނީ މިކަން އިމިގްރޭޝަނަށް ރިޕޯޓް ކުރީމަވެސް ބަލަނީކީނުން ދެން ކިހިނެއް މިކަން ހައްލުކުރަނީ؟ ފުލުހުންނަކަށް ނުބެލޭ ކައުންސިލުގަ ތިބީ ލޯއަނދިރި ބޭފުޅުން ރައްޔިތުން ނިކުމެ ހައިޖާނު ހެދީމަ އެބަޔަކާއި ދޭތެރޭ ފިޔަވަޅު އަޅާނީ ގޭގައި ހުންނަ އަނބިމީހާވެސް އެމީހުން ބޭނުންވީމަ ގެންދަންވީ 100 ގެސްޓް ހައުސްވެސް ހިންގާނެ!

    85
  3. ނިކަން ކޮއްބަލަ

    ތިކަމުގަ އެއްމެކުރިން ހިފާހައްޔަރުކުރަންވީ ތިބިދޭސީންނަ އެހީތެރިވާ ދިވެހިގައްދާރުން.. މަސައްކަތެނުކޮށް އަރާމުގަތިބެގެން ބިދޭސީންލައްވާ ގައުމު ރޭޕްކުރުވަނީ ދިވެހިން. އެއްބަޔަކު ގެދޮރު ކުއްޔަށް ބިދޭސީންނަދީފަ ރާއްޖޭންބޭރުގަ.. އަނެއްބަޔަކު އަޗާތަޅަން. ދިވެއްސަކު ފިހާރައަކަށްވަދެ ބިދޭސީމީހާގެ ފަރުވާކުޑަކުވެގެން އެއްޗެބުންޏަސް ދިވެއްސަކުނުކުމެ ބިދޭސީމީހާ ދިފާއުކޮއްދޭނެ.. މާލޭ މީހުންގެ ގިނަބަޔަކީ މޑޕއަށް ސަޕޯޓުކުރާ މޑޕމީހުން. މިމީހުން މިކަންމިކުރަނީ. މާރުކޭޓު ގޮޅިތަޖުގަ ބިދޭސީމީހާ ވިޔަފާރިކުރަނީ ވަގަކަށްނޫން އެއްމެންނައިގޭ ފުލުހުންވެސްގޮސް އެމީހުންގެ ވިސާކޮބައިތޯ ވޯކްޕާމިޓްކޮބައިތޯ ބަލާނަމަ މިކަންހުއްޓުވުނީސް.. ދިވެހި މީހެއްގެ ނަމުގަ ވިޔަފާރި ހުއްދަނަގާފަ ބިދޭސީންނަދީގެންތިބި ހުރިހާ ގައްދާރުންނަ ފިޔަވަޅުއަޅާބަލަ. ނަހަމަގޮތުގަ ވިޔަފާރުކުރާ ހުރިހާ ވިޔަފާރިއެ ދައުލަތަށްނަގާ ނޫނީ ދިވެހިމީހާއާ އެވިޔަފާރި ހަވާލުކޮށް ބިދޭސީމީހާ ރަށަށް ފޮނުވާބަލަ.. މިއީ މިގައުމަށް މާބޮޑުނުރައްކަލެ ފުލުހުންނެ މިމީހުން އައިދިމާލަކަށް ފޮނުވަބަލަ މިގައުމުގައެބަހުރި އެމްބަސީތަ އެތަންތަނާ ހަވާލުކުރޭ ތިމީހުން ހަވާލުނުވާބަމަ ސަރުކާރުން ކަނޑުބޯޓެ ހޯދާ އެއަށް ތިމީހުންފަ ފޮނުވާބަލަ..

    60
    1
  4. އައިސީ

    މިމީހުން އަތުލާނެކަމެއް ނެތް، މީ ހަމަ ދިވެހިނ އެމީހުން ލައްވާ ކުރުވިކަމެއް. ކޮންމެ މީހަކު ވިޔަފާރިއެއް ފައްޓާފައި އެމީހުންގެ ބޮލަށް ޖަހާފައި ގޭގައި ބޮޑުވައި އިންގިލި ތަޅުވާލަތަޅުވާލަ ތިބިމުގެ ނަތީޖާ، ދިވެހިންނަށް ލިބޭނީ އެމީހުން ކާނެވަރަކަށް ކައިފައި ދިންއެއްޗެއް. ދެން ދުވަސްކޮޅަކުން މުޅި ރާއްޖޭގައި އޮންނާނީ އެމީހްންގެ ދަރިފަސްކޮޅު.

    56
    1
  5. ތުނިޔަ

    ތިމީހާ އެނގޭ! ވަރަށް މުއްސަދިވާނެ..

    32
  6. ޙަނީފު

    ޥެރިކަމަށްއަރުވަނީ ޖަލްސާތައްޝަރަފުވެރިކުރުވަން ވީމާ މިވާގޮތެއް ގޯހެއްނޫންތާ!

    34
  7. ނަބާ

    ހެންވޭރު ހާބުރި ގޯޅިތެރޭގައިވެސް އުޅޭ “ ޖަމާލް” ކިޔާ ބަނގުލަދޭޝް މީހެއް ، މީނަ އަކީވެސް އެތައް ގެސްޓް ހައުސް އެއް ހިންގާމީހެއް، ނިކަން ގޮސް މީނަ ހައްޔަރު ކޮށްބަލަ ،

    42
  8. ނިންނި

    ސަައި ހޮޓާ ތަކުގައި ކައުންޓަރު ތަކުގައި ތިބޭ ބިދޭސިންގެ ވާހަކަ ނުދައްކަނީ ލަދުގަންނަނީތަ!!!! ދިވެހިން ޖޮބުނުލިބިގެން މަގުމަތި ވެފަ ތިބޭއިރުވެސް !!!

    46
    1
    • ކޭޝިއަރު

      ދިވެހިން ލަދުގަނޭ ސައިހޮޓާ ތަކުގެ ކައުންޓަރަށް އަރަން! އެވާހަކަ ދައްކަން ލަދުގަންނަނީތަ؟ ޖޮބުނުލިބިފައެއް ނޫން! ހިތްމޮޅީ ދިވެހީންގެ!

      16
      1
    • އަހްމަދު

      ތިކަމާ އެއްބަހެއް ނުވެވޭނެ. ދިވެހިންނަށް ވަޒީފާ ނުލިބެނީކީނޫން. ދިވެހިން ވަޒީފާ އަދާ ކުރަން ބޭނުންނުވަނީ. ވަޒީފާއެއްދިނަސް ދެދުވަހު ހަމައަކަށް ނާންނާނެ.

      14
      1
  9. ރާއްޖެތެރޭ ސޮރު

    ްުފަންވީއްސުރެން މިއުޅެނީ ވީއައިޕީ ލޯންޖަށް ނުވެދެ ވިގެން , ލިބޭ މަހު މުސާރަ އިން ދެކޮޅުނުޖެހި ރައްޔިތުން ނިކަމެތިވެ ބިކަވެ , ރައްޔިތުން މިދަނީ ސަރުކާރު ތަކުން ފެލަމުން , ޕުރޮވިޑަންޓް ފަންޑު , ހަނޑޫ ހަކުރު ފުށުން ޓެކުސް , ސައިކަލު އުފަންވި ބިމުގައި ދުއްވާތީ ޓެކުސް , އިސްޓިކާޖެހުން މެކުހަށް , މިއިން އެއްވެސް ކަމެއް މި ވެރީން ނަކަށް ނުހިނގާ ނޯ ޓެކުސް , ނޯ އިސްޓިކާ , ނޯ ޕ ފަންޑް ސަބުސިޓީ ހަނޑޫ ކޮޅު ކާލާގެން ވޯކުވިސާގައި އައިސް , މުޅިގައުމު ދަވާލާފަ ދާއިރު ވެސް މި ތިބީ ހޭން , މިގައުމުގައި އުޅެންވީ ބަންގާޅީން އަހަރުމެއނެއް ނޫން , ހުރިހާ ވަސީލަތެއް ފުރީ ވަނީ މި ވެރީންނަށް ...

    24
    1
  10. ދޮންބެ

    މާލެޔާ ހުޅުމާލޭގަ އޭސީ ސާރވިސް ކުރާ ވޯރކްޝޮޕް ތަށް ހަދައިގެން ހިންގަނީ ބަނގާޅީން. އަހަރެމެން ދިވެހިން މިތިބެނީ މަސައްކަތެއް ނުލިބިފަ.

    19
    3
  11. މާމިގިލީ މީހާ

    ސަރުކާރުގެ ކަޑަކަން މި ފެންނަނީ. މާމިގިލީގައި ބަންގާޅީން ކުރާ ވިޔަފާރިތައް ވެސް ހުއްޓުވާންޖެހޭ. މަސްދުވާތަކެތީގެ ވެސް ވިޔަފާރި މިހާރުވެސް ކުރަމުން އެބަދޭ. ބަންގާޅީން. ފުލުހުން ތިބެނީ ގާސިމުގެ ކާރުގެ ފަހަތު ވޭން ދުއްވާލަ ދުއްވާލާ. މީ އަންނިގެ އަނދިރި ސަރުކާރު.

    24
  12. ޣ

    މި ވަގަށް އުޅޭ ބޭރު މީހުންތަށް ޑީޕޯރޓް ކޮށްލަ ބަލަ

    22
  13. ކުމުންދޫ

    ހދ ކުމުންދޫ ގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބަންގާޅިން ނާއި ހެދި ރަށު މީހަކަށް މަސަތްކަތެއް ނުލިބޭ. އެ ބަންގާޅި ގްރޫޕް. މާ ހެޔޮ އަގުގައި މަސަތްކަތް ކޮށްދޭތީ ހުރިހާ މީހުން މަސަތްކަތް ކުރުވަނީ ބަންގާޅިން ލައްވާ. އިމިގްރޭޝަން ކޮންޓްރޯލާ އަށް ގޮވާލަން ކުމުންދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގާޅިން ޑީޕޯޓް ކުރަން

    18
  14. ބޯކިބާ

    މިހާރު އެއުޅެނީ މިބަގަތަކަށް ރައްޔިތުކަން ނުދެވިގެން.

    20
  15. އެންދެރި

    އޭނަ ރަށައް ދިޔައީމަ ވެރި މީހާ އޭނަ ޑިޕޯޓް ކޮށް ތަން އަމިއްލަ ކުރަނީ ކަމަށް ވެދާނެއެވެ. އޭނަ މާލެ އައީމަ ފުރަތަމަ މައްސަލަ ބަލަން ވީއެވެ. އޭގެ ފަހުން ފިޔަވަޅު އަޅާނީއެވެ.

    13
    1
  16. ޙަބަރުގެޔާ

    ތިކަންކަން އިމިގްރޭޝަނަށް ނޭގިގެންނެއް ނޫން މިހުރިހާދުވަހު ކަމެއް ނުކޮށް އެތިބެނީ މިވެރިން ވިޔަފާރިކުރަނީ އެވެރިންނަށް ބައިއަޅައިގެން ތިހެން އަހަރަކު އެކަކު ދެމީހަކު ފޮނުވާ އަބަދުވެސް އެއީ ކުރާ ބުރަމަސައްކަތް ދައްކަން

  17. ށުމަން

    މިމީހުންގެ ބޮސް އަކަށް ގިނައިން ތިބެނީ އިމިގްރޭޝަން އޮފިސަރުން. މަޖީދީ މަގު 2ބުރި މިސްކިތާ ދިމާލަށް ހީނާ ޕަކިން ގޯޅި ތެރޭ އެންމެ ފަހުން ކުރީގެ ޖިންސުއްލަތީފު ހިންގި ފިހާރަ އިގަ އެހެރަ ބޮޑު ރެސްޓޮރަންޓް ކެފޭ އަކީ ބަންގާޅެއްގެ ތަނެއް. ޢދި އެގޯޅީގަ ގިނަވާނީ ބަންގާޅި ބޯކޮށާތަން ތަނާ ފަހާތަން ތަނާ. ރޭގަނޑު އެމަގުން ދުވާނީ ވެސް ތައމުޑު ކުނި ވަސް. ޢެވަރަށް އެގޯޅީ ގަ އެބައިގަޑު. މީގަ އަޑީގަ ތިބީ އިމިގްރޭޝަން އާދައިގެ އޮފިސަރުން.. މީބިރުވެރި ކަމެއް. މީރާ އިން ވެސް ފެލަނީ ދިވެހިން. ބަންގާޅުން ހަމަ އޯކޭ. މީ ހުސް ކޮރަޕްޝަން

  18. ތަންމޮހޮނާ

    ކެފޭއޯކޭ މާފަންނު އިތާގޯޅި ދެބަންގާޅީ ޑޮލަރުގަނެ ވިއްކާނެ ބޮޑެތިއަދަދުން!!!މ.އެންދެރިކުރިގަ އުޅޭބަންގާޅީ އޭނަގެ ނަމަކައްކިޔަނީ ފާރޫގު ޑޮލަރުގަނެ ވިއްކާނެ!! އޮޕިކަން އޭކިޔާފިހާރަ އިތާގޯޅި ދިވެއްސަކުނަމުގަ ހުސްބަންގާޅީ ސޭޓުން!! ޕައިން ޓުރީސް ކިޔާފިހާރައެއް މ.ފިޔާތޮށިމަގު މިތަނުގަކުރިން ވިޔަފާރިކުރި މީހުންނެރެ ބަންގާޅީން މިހާރު ދިވެއްސެށްގެ ނަމުގަހިންގަނީ ފިހާރަޔަކީ2000 އަކަފޫޓުގެ ބޮޑުތަނެށް ސޭޓަކީވެސް އިންޑިޔާމީހެއް މިތަނުގާ ފަސްއިންޑިޔާމީހުންއުޅޭ

  19. ާަާަަައަސްލު

    އިންޑިޔާ ކިތަށްމީހުންތޯ މިގައުމުގައުވިޔަފާރިކުރަނީ ނިކަންއެމީހުން ބޭރުކޮއްލަބަލަ...ނުކެރޭ އިންޑިޔާއަތްދަށުވެފައޮތީމަ..!!!!

    19
    • އަހްމަދު

      މާރުކޭޓް ގަޔާއި ބާޒާރުމަތީ ހުރިހާ ފިހާރަތަކުގައި ތަރުކާރީ ވިއްކަނީ އިންޑިޔާ މީހުން.

  20. އައި އާރު އެސް

    ހުޅުމާލޭ ގައި އެބައުޅޭ 4 ފިހާރަ ހިންގާ ބަންގާޅީން ކޮންޓްރޯލާ ބިރު ނިގަންނަ ކަމުގައިވާނަމަ އެމީހާ ހިފާ ޑިޕޯޓްކޮށްބަލަ

    14
  21. ހިސެން

    އެ މީހުންހިންގީ ގެސްޓް ހައުސްތަ؟ ނޫނީ އެކިދައުރުގަ އޭރަކުތިބި ބާރުގަދަ ވެރިންނަށް އެނގިގެން ގައުމުގެ އަދި ބޭރު އަންހެން ކުދިންގެނެސްގެން ހަށިވިއްކުވުމާ އަދި މަނީލޯންޑްރީ ކަންތަކެއް ނޫންތަ. މަށޭކިޔާފާނޭ ހިތާ އެއްވެސް ސުވާލެއްނެތި އަވަހައް އެމީހުން ގައުމުން ފުރައިގެން ދެވޭގޮތް ތިހަދައިދިނީ. ދެން މަޖްލީހައް ވައްދައިގެން ކޮންމެ ޑްރާމާއެއްކުޅުނަސް ތިބުނާ ބަޔަކު ހެކިބަސްދޭން އަނބުރާ ރާއްޖެގެނެވޭނެތަ؟؟ ހުސް ވަގުންގެ ސަރުކާރު.

  22. ޢަބްދުއްލަޠީފު

    ހިނގާ އެންމެން ނިކުމެ ގާނޫނު ހިންގާލަން.ބަލާ އެއްނު

  23. ޭއަލީ

    ހަގީގަތެއް ނުބަލައި މީހުންގެ ބޮލުގައި ބަދުނާމު އެޅުވުމަކީ މި ޒަމާނުގައި ކޮށްލަން ވަރަށް ފަސޭހަކަމެއް. އަހަރެން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ދޮރުކަނީގައި އަތް ވިއްދައިގެން ފޮޓޯނެގިޔަސް އެ ނުވާނެ އެއީ އަހަރެންގެ ޢިމާރާތަކަށް. ވަރަށް ބޮޑެތި ދޮގު އިލްޒާމު އެބަހުރިކަން ބުނެލަން.

    2
    5
    • އާދަންބެ

      ތިވެސް މުޅިއަކުން ދޮގެއްނޫން.

  24. އަދާލަތު

    ތިޔަ ކުރެއްވުނީ ކަމެއްތޯ؟ ކޮބައިތޯއޭނާގެ އަތުން ނަގަންޖެހޭ ޖުރުމާނާ. ކިތައް ސަތޭކަ ބަންގާޅު ވަގުންތޯ އެގޮތަށް އެއުޅެނީ. ދިވެހި މީހާނަމުގައި ރަޖިސްޓަރީ. އެފަދަ ޢަމަލްކުރާ މީހުންނަށްވެސް ޤާނޫނު އާއި ޤަވަޢިދު ހިންގެންވާނެ. ވަގު ވިޔަފާރި ކުރާތަންތަނަށް ކޮންމެ މަހެއްގެ ފުރަތަމަ ހުކުރު ދުވަހު، 11އާއި، 11،30ހާއިރު، ގޮސްގެން ވިސާލާރިކަމަށްބުނެ ފައިސާ އެ ނަގަނީ ކޮންބައެއްތޯ؟ ޤާނޫނު ތަންފީޛުކުރަން ފުލުހުންނާއި، ޙަވާލު ނުކުރައްވަން ތިޔައުޅުއްވަނީ ކީއްވެތޯ؟ ޙަނަފީއަށްވެސް ޤާނޫނު އަރާ ހަމަކުރާދުވަހެއް ﷲގެ އިރާދަކުރެއްވިއްޔާ އަންނާނެ. އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންނަށް މިނިވަންކަމާއެކު ދިރިއުޅެލުމުގެ ޙައްޤު ނެތިކޮށްލަވާ އެއްމެ އިސްބޭފުޅަކީ ޙަނަފީއެއް ނޫންބާވައޭ ހިތަށްއަރާ. އެއީ ފުލުހުންނަށް ތަންފީޛު ކުަރަންޖެހޭ ޤާނޫނެއް މުށުތެރެޔަށް ލައްވައިގެން، ހުންނެވުން. މިޤައުމު ހަލާކުވެގެންމިދަނީ، އެމިގްރޭޝަންގެ ސަބަބުން.

  25. ވަގޮކަޅާ

    ނިމިދިޔަ ސަރުކާރުގަ އަންވަރު ކިޔާމީހަކު އިމިގްރޭޝަނުގަ ކޮންޓްރޯލަރު މަގާމުގަ ހުރިކަމަށްވޭ އޭނަވަރުގެ މަހުޖަނަކު މިރާއްޖޭގަ ނެތޭބުންޏަސް ދޮގަކައްނުވާނެ އަންވަރުގެ ވިޔާފާރި ކޭއެފްސީ' ޕިއްޒާހަޓް' ގުލޯރިޔާޖީންސް' މޯޓީމަހަލް' ޗިކިންގް' ލޯލާ' މަރިޔާދު' މިވަރު އޯކޭދޯ ފަސްއަހަރައް!!!!!!!!!!

  26. ޝިމީ

    ތަހުގީގު ނުކޮށް ޑީޕޯޓް ކުރުމަކީ މިފަފަދަކަން ހުއްޓުވުމަށް ހުރަސް އެޅުން.މިކަމުން މިކަމުގެ އަޑީގައި ސަރުކާރުގެ ނުފޫޒުގަދަ ބަޔަކު އުޅެކަމަށް ޝައްކުކުރެވޭ.

  27. ގަހުގެ ނަން

    މި ރާއްޖޭގަ ހަމަ އެކަނި ކުއްކުރެވޭނީ ނިކަމެތި ދިވެހި ރައްޔިތަކަށް. ބޮޑުންނާ ބިދޭސީނަށް މިނިވަން ވާނެ ހުރިހާ ކަމެއް. ޔައުނީ ދުނިޔޭގަވެސް ނޯންނާނެ ނުޤަވާއިދުން އުޅޭ ބިދޭސީނަށް މިހާ މިނިވަން ގައުމެށް. މިހާރު އޭގެން މީހެއް ޑީޕޯޓް ކޮއްލިއިރަށް މަޖުލިސް ތެޅިގަނެފި.

  28. ކޮަލަރިވާ

    އަސްލު މީހުންނަކީ ޔުނީފޯމު އެޅި މީހުން. އެމީހުން ގެ ފުރިހަމަ އޮޑިޓެއް ހަދަންވީ. ދެން ތިޔަ ތަންތަނުގެ ވެރިކަން ކުރިމީހުން. 05އަހަރަށް ވުރެން ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ކުރަން ވާރކްވިސާގައި ނުހުރެވޭ ގޮތެއް ހަދަން ވީ. އެއަށްފަހު އެމީހަކު ރާއްޖެއަށް ދެން ވާރކްވިސާގައި އާދެވޭނީ 05އަހަރު ފަހުން ނުވަތަ ދެން ނާދެވޭނެ.