މަސްތުވާތަކެތީގެ ވަބާގައި ޖެހިގައި ތިބި ދިވެހިން ސަލާމަތް ކުރެވޭނީ އިސްލާމް ދީނާ ކައިރިއަށް ޖެހިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުން އެކަމުން ސަލާމަތް ކުރެވުން އޮތީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން ކަމަށެވެ.

”އިސްލާމް ދީނާއި ކައިރިޔަށް ދިވެހިން ޖެހިގެން މެނުވީ މިފަދަ ބޮޑެތި މައްސަލަ ތަކަށް ހައްލެއް ނެތް.” މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން އުމަރު ނަސީރު ލިޔުއްވި ޕޯސްޓްގައި ބުނެފައިވެއެވެ.

އުމަރު ވިދާޅުވީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން މެނުވީ މިފަދަ ފަރާތްތަލުން ސަލާމަތް ނުކުރެވޭނެ ކަމަށާއި އެއީ މިހާރު ދިރާސާތަކުން އެނގި ސާބިތުވެފައި އޮތް ކަމެއް ކަމަށް ކަމުގައެވެ.

މީގެ އިތުރުންވެސް އުމަރު ވިދާޅުވީ، ހުޅަނގުން ބޭނުންކުރަމުންދިޔަ ފަރުވާތަކަކީ އަގުބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރު ވަނީ ސާބިތުވެފައި ކަމަށެވެ.

އުމަރު ނަސީރު މިފަދައިން ވިދާޅުވެފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ އިންދޭ ހިދުމަތްތައް ފުޅާކޮށް، އެ އެޖެންސީ ހިންގާ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަމަލު

    ސާބަސް އުމަރާ!
    ޙައްލަކީ ހަމަ ޢުމަރު.
    ތިޔައީ ވ.ބޮޑު ތެދެއް
    ދީނުގައި ހިފަހައްޓަން ވީ. ޙައްދުތައް ޤާއިމް ކުރަންވީ.ހުރިހާ ކަމެއް ހައްދުން ނެއްޓި ގެން މިދަނީ ވަޟަޢީ ޤާނޫނު ތަކާއި ހެދި.

    24
    2
  2. ހާބީ

    އާނ ގޮސް ސީރިޔާއާ ހަމައިން

    2
    12
  3. ނުރަބޯ

    ޙިފަހައްޓަންށޯ؟ ދީނުގަ ހިފަހައްޓަން ހިފަހައްޓާ އަތްގަނޑެއްވެސް އިނދޭތަ

    2
    7
  4. ބޮކި

    ކޮބާތޯ އުމަރު ސަރުކާރުން ދޭންބުނި މަރުގެ އަދަބް ހަމަ މިދެނީ މިދެނީ މިދެނީ ކިޔާފަ ދިޔައީ.................

    3
    4
    • ނޫންތަ؟

      އުމަރުގެ ސަރުކާރެއްގައިނަމަ އޮންނާނީ މަރުގެ ހުކުމް ތަންފީޒުވެ ނިމިފައި. ނިމިދިޔައީ ޔާމީނުގެ ސަރުކާރެއް. ތިގޮތަށް ބުނާކަމަށް ވަންޏާ މިހާރު ކުރިއަށް މިދަނީ ޝޭޚު އިމްރާނުގެ ސަރުކާރެއް.