"ބުރުގާ އެޅުމަކީ އެހެން ގޮތެއް" ކަމަށް ވިދާޅުވެ، ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއިމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމިއްޔަތެއްގެ އެންމެ މުހިންމު ކަމަކީ "ވެފައި އޮތް ގޮތަކާއި، ދެން ދާން އޮތް ގޮތް ސާފުވެފައި އޮތުން" ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ "ގައުމިއްޔަތު" ބަދަލު ކުރަން، ނުވަތަ ފޮހެލަން ވޭތުވެދިޔަ 20 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން، މާޒީ ފުހެލުން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރު ވީފަހުން. ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީ. އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާގެ އަންހެން ކޮއްކޮ ހުއްޓާ "އެހެން ގޮތަކަށް" އޭނާގެ ދަރިން ހެދުން އަޅަން ފެށި ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އެތަކެއް ގޮތަކަށް ހެދުން އެޅުމުގެ ވައްޓާފާޅިއަށް ބަދަލު އައިސްފައިވާ ކަމަށާއި ކުރިން އުޅެވުނީ ވަރަށް ގޯސްގޮތަކަށް ކަމަށް އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެން ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާރު ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއި މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު ނަޝީދު ވިދާޅުވީ މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫންކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް، އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން. އެއީ މި ދިވެހިރާއްޖެ ބަދަލު ކުރުމަށް، އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިން އަބަދުވެސް އުޅެން ބޭނުމީ އިސްލާމްދީނުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސަކީ ގޮތް ބަދަލު ނުކޮށް ދިވެހިން ދިވެހިންގެ ގޮތުގައި ތިބުން ކަމަށެވެ. އަދި މި ހާލަތުގައި ގޮތް ދޫ ނުކޮށް ތިބުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

82 ކޮމެންޓް

  1. ޢަހުރއް

    ޢޮޅިގެންވެސް ދީނަށް ފުރައްސާރަ ނުކޮށއ ނުހުރެވޭނެ.. ގައުމުގެ އެތަށއބަޔަކު މި މީހާގެ ބަހަށް ގެއްލި މޮޔަވެފަ.. ނަބިއްޔާ އާއި ދީނާއި ބެހޭ އިރުވެސް ހަމަ ރުހި ގަބޫލު ވެފަ

    331
    9
    • މައްސަލަ

      ނުބައި ނަޝީދު ބުނީ ބޮޑެތި ކަޅު ބުރުގާޔާ ޕަޓާނުންލާ ކަހަލަ ޖުއްބާއަކީ ކުރިން ދިވެހި އާދަކާދައެއް ނޫނޭ އެހެން ބައެއްގެ ސަޤާފަތެކޭ. ބުރުގާއަޅައޭ ކުރިންވެސް..

      24
      69
      • އާބިދާ

        ކަލޭ ރ.ރ. ނަޝީދު ބުނިއެއްޗެއް ތަރުޖަމާކުރި ކަމަށް ހަދާ، ނަޝީދަށް ވައްބަހުން މަލާމާތް ކޮއްލީދޯ؟ ނުބައި ނަޝީދޭ ތިބުނީ ހަޤީޤަތުގައިވެސް އޭނަ ނުބައިވީމަ، އެކަން މުޅި ދިވެހި އުއްމަތް ޤަބޫލުކުރޭ، އެކަމު ތިވަރު ނުކުރިޔަސް ވެދާނެނުން

        21
        1
      • ޢަހުރެނ

        ޢޭނަ ލައިގެން އެހުރީ ސަގާފަތުގެ މައި ނާރުތަ.. ދީނީ ކަނއކަމާ ގުޅުވާފަ ކަލެމެން ބޯ ކަނީ ހަމަ

        23
    • ޓެރޭ

      ބަހައްޓާށެވެ މިކަލޭގެ ހަލާކުވެ އަގުވެއްޓި ވެރިކަމުން ދަމާ ބޭލި ސަބަބަކީ ހަަމަ މިކަލޭގެ ބޮޑު އަނގަ އެވެ.
      ދިވެހި މުސްލިމު އުހުތުންނޭ މޫނު ބުރުގާގެ ރިވެތި ހެދުމުން ޖަރީވާށެވެ
      ދުނިޔޭގެ ތަހުޒީބީ މުއްސަދި އޫރަޕްގެ ގައުމުތަމުގައި ހަށިވިއްކާ އަންހެނުން ވަނީ މަދުހޭ ނުވަތަ ގިނަތޯ ބަލާށެވެ އެއަންހެނުން މުސްކުޅިވެ އަހުރެމެން ގަދަރު އިޙްތިރާމް ކުރާ މާމަ އުމުރަށް ދިޔާމަ ވެސް ދުލެއްނުކުރެއެވެ ނެރެނީ ހޮޓް ގްރޭންޑް މާ ނަމުގައެވެ.
      މުސްލިމު އަނހެން ކަންބަލުންގެ މަގާމަކީ ރާނީ އެއްގެ މަގާމެވެ.

      36
    • Anonymous

      އެހެންނޫން ވާނީ ނޭގެއެއްނު ކިހާސިހުރެއްކަމެއް ކާންދީފަހުރީކީ އެއް...!

      12
  2. ޞުރެއްޔާ

    ޢަޅެ ނޫސްވެރިން މިއަދު މިތިބީ ކޯޗެއް ކައިގެން.މީހަކަށް ނެތްތާ މިގައުމުގަ އުޅެވެން

    94
    74
  3. ޖިންނި

    މި ކަލޭގެއަކަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ނުކުރެވޭނެ

    283
    13
  4. މޮޔަސޮރު

    ކަލޭ ކޯއްޗެކޭ ތި ކިޔަނީ ރޯނު އެދުރު. ކަލޭގެ ދީން ކަލެއަށް އަހަރެމެންގެ ދީން އަހަރެމެންނަށް. މިއީ އަހަރެމެންގެ ވެސް ޤައުމު

    267
    11
  5. މަވެސް

    ބުރުގާއަޅާ އައުރަނިވާވީމާ ކީއްތަވަނީ ދެފަޔައް ހިނިއަރައިގެން ތިޔައެބުރެނީ ކަލޭހުރެބަލަ ލައިލާއޮރިޔާމުންބަހައްޓައިގެން!!

    259
    6
  6. ބުއްޅަބޭ

    ކާލޭދޭބަލަ ބުރުގާނާޅާ މީހުންގޮވައިގެން ކަލޭ އުޅޭގޮތަކައް އުޅެން އިސްލާމުން މުސްލިމުން އުޅޭނީ ބުރުގާވެސް އަޅައިގެން ސާފުވެއްޖެތޯ މީ މިގައުމައްޖެހިފަހުރި ވަބާއެއް

    229
    7
  7. ކަނަކުނުދޭ

    މިކަލޭގެ. އަނގަ. ބަންދުކުރަން. ނުކުނަން. މާ. ލަސްވެއްޖެ...ނޫނީ ..

    207
    7
    • އަހްމަދު

      ޔާﷲ! މީނާގެ ދުލަށް ނުބައި ސޫތްޕެއް ފާކުރައްވާފާދޭނވެ. އާމީން!

      76
      17
      • ޙަސަން

        މީސް މީހުން ނަށް ބަދު ދުޢާ ނުކުރައްވާ އެއީ ވަރަށް ނުރައްކާތެރި އަދި ތިމާ ފާފަވެސް ވެދާނޭ ފަދަ ކަމަކަށް ވެދާނެ

        17
        3
      • މީމު

        އާމީން

        2
        1
  8. ޑީޕޯޓު ކޮށްލާ

    މި މީހާ ކިޔާ އެއްޗެއް ނޭންގޭ. ހެދުމޭ އަދުނޭ ކިޔައިގެން ހަޅޭއްލުމުގެ ބަދަލުގަ މިމީހާ ޑީޕޯޓު ކޮށްލަންވީ ބޮންދުން ޑީޕޯޓުކުރާހެން

    198
    7
  9. ގޮތް ބަދަލުވުން

    ކީއްވެގެންބާ ޖިންސާއި ޓީޝާޓު ލުމަކީ ގޮތް ބަދަލުވުން ކަމަށް ނުދެކެވެނީ؟ ޓައި އާއި ކޯޓު ފަޓުލޫނަކީ ވެސް ދިވެހިންގެ އެއްޗެއް ނޫން. ހަމައެކަނި ބުރުގާ މައްސަލައަކަށް ވާންވީ ކިހިނެތްވެގެން؟

    231
    4
  10. ކަނަކުނުދޭ

    މިކަލޭގެ. ކަންތަައް. މާމަޗަށް. މިދަނީ.....

    188
    3
  11. Anonymous

    އަދި ﷲ ބާވާލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާގޮތަށް ތަބަޢަ ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟ ކީރިތި ޤުރްއާނުގެ އަލް މާއިދާ ސޫރަތުގެ 104 ވަނަ އާޔަތް.

    222
    3
    • ކޮއްކި

      ?????????? ދަ ޕާރފެކްޓު އާޔަތް ފޯ ދި ޕާރފެކްޓު މޯމެންޓު

      2
      1
  12. މުނާފިޤު

    ކަލޭގެ ޔަހޫދީ ކަމާ އެވެ. ތިކަމަށް ވެސް އަތްޖަހާ ބަޔަކު އުޅޭނެ

    163
    3
  13. ބުރޯ

    ތިޔަ ވިދާޅުވެވުނީ ބުދު ދީނުން އިސްލާމްދީނަށް ދިވެހިން ބަދަލުވި ވާހަކަތަ ؟ތިޔައީ މީހުން ދައްކާ އުޅޭ ޒާތުގެ ވާހަކައެއްނޫން . ސަބަބކީ ދިވެހި މުޖްތަމައު ނޫން އެހެން މުޖްތަމައުވެސް ޒަމާނީ ތަރައްގީއާ ތަހުޒީބު އއިސް އެ މުޖްތަމައަށް ބަދަލު އަންނާނެ ،އެއީ ފަންޖިފުޓިން ރޭނި ގެ އިން ކޮންކްރީޓް ބިލްޑިންގަށް ހެދުންވެސް ކަނޑިކި އާއީ ހަރުހެދި ލިބާހުން ބެލްސާ އާއިހެދުންބުރިން . މުންޑާ ލިބާހުން ގަމީހާއި ފަޓްލޫނަށް ބަދަލުވި ވާހަކަތޯ ؟އެއަށް ވިސްނާލީމަ ނަސީދަށް ކަމު ނުދިޔައީ އަންޒަމާނުގެ ބުޑިސްޓު ދީނުން އިސްލާމްދީނަށް ބަދަލުވި ބަދަލުވުން ކަން އެގޭ ވަރުވެއްޖެ މި މިންވަރަށް ވާހަކަތިލަވެގެން ގޮއްސި އެހެން އެކަން ނަސިދަށް ވެސް އެގުނު އެހެންވެ އެ ދައްކަނީ އިސްލާމްދީނުގެ ވާހަ ނޫންކަމަށް ވިދާޅުއެވީ.

    138
    3
  14. ނަޖީބު އައްބާސް

    ރަނގަޅު އެއްޗެއް މީހަކު ބުންޏަސް ގަބޫލު ކުރެވޭނީ ސިކުނޑިއައް އެހެންޗެއް ވަންނާނެޖާގަ އޮވެގެންތާ! ނަސީދައް ނޫނަސް މަށައްވެސް ދިވެހިން މިހާރު އަޅާ ހެދުންތައް ރީއްޗެއްނޫއް! މޫނުކުޑަތަންޅެއް ފެނވަރައް ފޮތިއޮޅާފަ އަދި ބޮލުގަ ފޮތިއޮޅަމުންގޮސް ބޯ ބޮޑު ސިންގާ ބަރަބޮލެއް ވަރުވޭ

    8
    115
    • ޔަސްރީ

      ކަލެއް ރަނގަޅު ގޮތް ކޮންމެހެން ދެންތިބި ދިވެހީންނަކައް ރަނގަޅުވާކަށެއް ނުޖެހޭ.

      64
      2
    • ހުންނަ ޕަރީ

      ޖިންސާއި ޓީޝާޓާ ޓޮޕާ ސްކިނީ ފަދަ އެއްޗެހި ލުމަކީ ގޮތް ބަދަލުވުން ކަމަށް ނުވެ... އަދި ޓައީ އާއި ކޯޓު ފަޓުލޫނަކީ ވެސް ދިވެހިންގެ އެއްޗަކަށް ނުވާއިރު، ސޮނިބާލަމުން ބާލަމުން ހަމައެކަނި "ބުރުގާ" ގެ ވާހަކަ ތިގޮތަށް ދެއްކީމަ ހިޔަޅުަން ހުރިވަރު އެނގިއްޖެ..

      71
      2
    • އަހްމަދު

      ކަލެއަށް ރީތިހާގޮތަކަށް ހެދުން އަޅާކަށް ނުޖެހޭ. ކަލޭތީކާކު؟ ހަމަ އަންނިކަހަލަ އަނެއް ބިޗާރު.

      53
      2
  15. ޝިދާތާ

    ދޮން މީހުން އުޅޭހެން އުޅެން ބުނީ ކާކުތަ ؟ ޢެ ނުވޭތަ އެހެން ގޮތަކަށް . މީ ބަލާ މުސީބާތެއް މިގައުމަށް އިނގިރޭސިން ފާކޮށްފަ ހުރި

    97
    2
  16. Anonymous

    ކަލޭގެ ހުރި ޝައިތާނީ ވިސްނުމަކީ މިގައުމު ސަދޫމައް ހަދަންތަ.ހިމާރު

    88
    3
    • ާއަހުމަދު

      މިކަލޭގެ ނުބައި ކ ަމާ އެވެ

      43
      2
  17. ސީނު

    އަންޒަމާނުކަރައަށް ވައި އެރިއިރުގެ ވާހަކައިންފަށައިގެން ދެވޭނުދެވޭ ދިމާއެއް ނޭނގިގެންގޮސް ދައްކާ އުޅޭ ވާހަކަ މާކަސާފެއްނޫން. ހެދުން އަޅަންވީ ގޮތްކަމުނުދިޔައީކަމެއް، ބާތަންތަން ތަޅާލާ އާތަންތަން ހަދާތީކަމެއް، މަންމަ ބުރުގާއެޅިމަކަމުނުދިޔައީކަމެއް ހަމައެއްގޮތަކަށްވެސް ނޭނގުނު.

    71
    1
  18. ހަމީ

    އާބިދާގެ މޮޔަސޮރު އެހެން ގޮތެއްދެންނެތީތަ؟ބޯންވެސްޖެހޭނެ؟ ދިވެހިންގެހަލާކު؟ މުލިގައުމުގެ ހަލާކުތިޔައީ؟މަނިކުފާނު ހީނުކުރާތި މަނިކުފާނު ޑެންމާކުގަ ދެތްކިވާހަކަ ދިވެހިންހަދާންއެބަހުރި

    86
    1
  19. ނަގޫރޯޅި

    ކެނެރީ އާއިލާ، ކެރެފާ އާއިލާ، މައުމޫނު އާއިލާ، އަދި އެމީހުންގެ އަންބިންނާ އަންހެން ބޭނކަން ބަލަނުންނަކީ ހޯދަން އެއުޅޭ އެބުނާ ތަރައްގީ (މީހާގެ ވިސްނުމައް އަންނަބަދަލު) ވެފަތިބި މީހުން. އެހެންވީމަ އެމީހުންނައް ބުރުގާއެޅީމަ ތަންކޮޅެއް އޮޑްވާނެ، އަނެއްކާ ދީނާ ތަންކޮޅެއްދުރުވާނެ. ނާތަހުޒީބު ތަރައްގީވާން ބޭނުންނުވާ މީހުން މިހާރު މިތިބަގޮތަށް އަހަރުމެންގެ ހާލައިގެން ވާނެގޮތެއްވާން ދޫކޮއްލާފަ، ތަހުޒީބީ އަދި ތިހޯދަން އުޅޭ ތަރައްގީ ދިވެހިންނަށް ހޯދާދޭން އުޅުމުގެ ބަދަލުގަ މިހާރުވެސް ތިއުޅޭގޮތައް ތިބޭފުޅުންގެ އާއިލާޔާއެކު ރާއްޖޭންބޭރަށް ދިރިއުޅުން ބަދަލުކޮއްލާ.

    85
    1
  20. ފަޔާ

    އަދި ﷲ ބާވާލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާގޮތަށް ތަބަޢަ ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟ ކީރިތި ޤުރްއާނުގެ އަލް މާއިދާ ސޫރަތުގެ 104 ވަނަ އާޔަތް.
    މި ބަސްފުޅުގެ ތެދުކަން ނިކަން ދެކިބަލަ.. އިސްލާމީ ޝިއާރުތަކަށް ފާޅުގައި ދެކޮޅުހަދާއިރުވެސް މުސްލިމުންނޭ ކިޔާ ބަޔަކު ނިކަން ބާރަށް އަތްޖަހަން ތިބޭވިއްޔަ.
    سبحان الله
    ޔާ ﷲ. ބަޔަކު ކުރާ ފާފައިހެ ސަބަބުން ޢާއްމުބެގެންވާ ކޯފާއެއް އަޅަމެންގެ މައްޗަށް ނުފިނުއްވާފާނފޭވެ. އަޅަމެބް އެފަދަ މީސްމީހުންގެ ފަރާތުން ބަރީއަވެގެން ވަމެވެ. ޢެފަދަ މީސްމީހުންނަށް ތެދުމަގު ދައްކަވާ އިސްލާޙު ކުރައްވާނދޭވެ.
    امين

    97
    1
  21. ދަންސޫރަ

    ހަޔާތްކުޑަ ގޮތްކުޑަ މީހެއް މޯނާކުރާ ހުރިހާކަމެއްމީ

    25
    2
  22. ސަބާކް

    މީނަ އައްވުރެ ބޮޑު ބުރާންތިއަކީ މީނަ މީ ކާކުކަން ދެނެހުރެ ސުކޫލްކުދީންތަކެއްގެ ކުރިމައްޗައް ވާހަކަދައްކަން ޗީފު ގެސްޓަކައް ގެންނަން ނިންމި މީހާ. އަހަރެމެން ތިބީ ލަދުން ބޯހަލާކުވެފަ ބޮލުގައަތް އަޅާގެން މީނާގެ ވާހަކަ ހުއްޓާލާނެ ވަގުތެއްގެ އިންތިޒާރުގަ. ގިޔާސުއްދީނުގަ ތިބޭ ވެރިންގެ ބުއްދި ހަމަތޯ ބަލަން އެބަޖެހޭ މިފަދަ ދުލުގެ ކިންޓުރޯލެއް ނޯންނަ ބުރާންޗަކައް ސުކޫލް ކުދީންގެ އެހާ މުހިންމު ދުވަހެއްގެ މުނާސަބަތުގެ ޗީފުގެސްޓަކައް މިކަލޭގެ ގެނައިމަ. ބެލެނި ވެރިއެއްގެ ހަތްސިއްޔަތުން މިކަލޭގެ ދެއްކި ވާހަކަތަކައި ބޭނުން ކުރި ބަހުރުވައިން މިހިރީ އަމަށަކު ރުޅިއެއްނޫން އައިސްސަ.

    53
    1
  23. ކަރުސޭ

    ނަސީދޫ.. ކަލޭއަދި ނުކިޔާ ދިވެހި ތާރީޚެއް އެބައޮތޭ.. އެތާރީޚުގައި ވާގޮތަކީ ވިލާތުން އޫރުމަސް ކާންދީފަ ރަށަކައް ފޮނުވި ލާދީނީ ކައްޒާބަކު ރައްޔިތުންނައް ފަޅާއަރާ އެންމެންވެގެން އޭނާ ވެރިކަމުގެ ދައުރުހަމަ ނުވަނީސް ނަގާ އެއްލާލީއެވެ. ދެން މިބުނި ކަލޭގެޔަކައް ހަމަޖެހޭ ވާހަކައެއް ދެއްކޭ ކަމަކައް ނުވެއެވެ. ދުލުން އޭނަ ބަހެއް ބޭރުކުރާއިރައް އެންމެން ހީހީގޮސް ހަލާކު ނުވަނީ ކިރިޔާއެވެ. ބާތުޑޭ ޕާޓީއަކައް އޭނާ ދައުވަތު ދީގެން ގެންދިޔައިއްޔާ ދައްކަން ފަށާނީ މަރުވެފަ ތިބި މައްޔިތުންގެވާހަކައެވެ. ސުކޫލު ކުދީންތަކެއްގެ ފޯމުދޭ ހަފުލާއަކައް ގެންގޮއްސިއްޔާ ދައްކަނީ ސިކުންޑި ހަމަ ނުޖެހޭ މީހުންގެ މޮޅުކަނުގެ ވާހަކައާއި ރާއްޖޭގެ ކަނޑުތަކުގައި ޖަމަލު ދިރިއުޅޭވާހަކައެވެ.

    41
    1
  24. ާއަހުމަދު

    މިގައުމުގައި ގޮތްބަދަލުކުރަން އުޅެނީވެސް މިކަލޭގަ މީނަ މުންޑަގަމީސް ބަދަލުކޮށް އެހެންއެއްޗެތި ލަނީ ކީއްވެ ކުރީގަމީހުން ފައިވާނައް ވެސް ނައަރާ

    30
    1
  25. ނަޝީދަށް އެކަނިތަ؟

    ބުރުގާ އެޅުން ކަމުނުދަނީ ނަޝީދަށް އެކަނި ހެއްޔެވެ؟ މިރާއްޖޭގަ ބަރަހަނާ ފެންނަވަރަށް ނިވާނުކޮށް މަގުތަކުގަ އާއި ރެސްޓޯރަންޓް ތަކުގަ ތެޅިބާލަނީ ކިތައް އަންހެނުން ހެއްޔެވެ؟

    14
    13
  26. އަޙްމަދު

    އަޅެފަހެ މިކަލޭގެ މިއުޅެނީ ކިހިނެއްވެގެންބާ! ބޮވެންޖެހޭބެ! ބުރުގާބޭލޭނެ! ބުދުބެހެއްޓޭނެ! މިސްކިތް ތަޅާލެވޭނެ! މީނޫންތޯ ފާއިތުވި 20 ހަރު މިކާލެގެ ނުވެގެން އުޅޭކަމަކީ. މިކަލޭގެ އަކާއި ކޮންބަލާއެއް ބަޔަކު މީހުން ބުރުގާ އެޅިއްޔާ! ކަލޭކާރީގައި އެބައުޅެއެއްނުން ބައިގަނޑެއް. ކަލޭ އިރުއިރުކޮޅާ އެމީހުންގެ އައުރަ ބަލާ!!!!

    28
    1
  27. ޓިނު ވަގު

    އެސޮރުގެ ވާކަވެސް މުޅިއެކުން ގޯހެއް ނޫން... ސުންނަތާއި ދީންވެސް ބަދަލު ކޮށްފި.. ޓާޓަސް.

    5
    25
  28. ޒާ

    ނަޝީދުގެ ވާހަކަ މުޅިން ގޯހެއްނޫން. މިރާއްޖެއަށް ބޮޑު ބުރުގާ ތަޢާރަފްކޮށް ބުރުގާނޭޅުމަކީ ބިރުވެރިކަމެއްކަމަށް ދައްކައި ހެދީ ސުނާމީ ބޮޑުރާޅަށްފަހު. އެކަން ކުރުމުގައި އިސްކޮށް ތިބީ ފަގުޑިއެޅިމީހުން. ފަގުޑިއެޅުމަކީ ދީނީކަމެއްނޫން. އެއީ އަފްޤާނިސްތާން ހިސާބުގެ މީހުންގެ ސަގާފަތެއް. މިހާރު ބައެއްމީހުންނަށް ހީވާކަހަލަ މިއުޅެވެނީ އެންމެ ރަނގަޅަށޭ. އެކަމަކު ބޮޑުބުރުގާ އަޅައިގެން ގައިން ނުސާފުވެތިބޭކަން އެނގެނީ ވައިދަށުން ހިނގާލީމާ. އަދި ފަގުޑިއަޅައިގެން މީހުންގެ އަނބިންނާ ހެދި މޮޔަވާބަޔަކުވެސް އުޅޭކަން އެނގެނީ އެމީހުން އަންހެނުންނާހެދި ތެޅޭވައްތަރުން.

    10
    32
    • XD

      ބުރުގަލާ ފަގުޑިއެއް އެޅިއެއް ކަމަކު މުނާފިގުކަން އެހާބޮޑު. މިޒަމާނުގަ ދީނޭ ކިޔައިގެން އަނގަފުޅާ ކުރާމީހުން އެކަމެއް ކުރަނީވެސް ހަރާމް ގޮތަކަށް. މިސާލަކަށް ކަރުބުޑުން އަޑު ނެރެނެފަ ހަޅޭ ލެވުން. އަދި އިދިކޮޅޭ މެންވެސް ދީނޭ ކިޔަކިޔާފަ އިރުކޮޅަކުން އިވޭނެ ހެސްކިޔާފަ މއުޒިކް ގަހާއަޑު.

      3
      7
  29. ހިތާމަ

    މީނަ ހިތުން ދިވެހިންނަކީ ގަމާރު ތަނެއް ދޮރެއް ނުދަންނަ ޖާހިލު ބައެއް.މީނާ ކޮންމެ އެއްޗެކޭ ބުންޏަސް ގަބޫލު ކުރާނެ. އޮޅިގެން ނޫޅޭތި. ތިޔަ ކިޔާހާ ލަވައަކަށް ބެރުޖަހާނީ ތިޔަކަލަ ދެތިން މީހެއް. އަދި އިސްލާމް ދީ މި ބިމުން ނެތިކޮށްލުމަށް ތިޔަ ރާވާ ރޭވުން ނޭނގޭ ކަމަށް ހަދާނީ ވެސް ހަމަ ތިޔަ ކަހަލަ ދެތިން މީހެއް.

    26
    1
  30. ހުސެން

    ބަލަ މޮޔަ ރައީސް ،ދީނުގައި އެބައޮތް ހެދުން އަޅަންވީގޮތް،ކަލޭ ޤުރުއާން ގަބޫލުކުރަންތަ؟ކަލެއަށް ބިދުޢަ އެނގޭތަ؟މިހާރުވެސް މޯޑީގެ ހެދުން ލާން ކަލެއަށް އަންގަބަލަ

    26
    2
  31. ހާސަރު

    ދިވެހިރާއްޖެ އަބުރައިލެވޭނެ ކަމަށް ބާރުލާފައި ގޮވި މީހަކީ ތިޔައީ. އަބުރައިލަން އުޅުނު ގޮތަށް އަބުރައިނުލެވުނީމާ އަނެއްކާ އެހެން ގޮތަކަށް ވާހަކަ ފަށައިގަތީ. ބަލަ އިބްނު ބަޠޫޠާ ރާއްޖެއަށް އައިއިރު މީހުން އުޅުނު ގޮތާއި އަމީން ދީދީގެ ވެރިކަމުގައި އަންހެނުންނަށް އައި ބަދަލުތަކާއި އެއަށްފަހު ރާއްޖެއަށް އައި ތައުލީމީ ކުރިއެރުމާއެކު މީހުންގެ ހޭލުންތެރިކަމާއި ތަޢުލީމަށް އައި ހެޔޮ ބަދަލާއެކު މީސްތަކުންނަށް ހެޔޮނުބައި ވަކިވާން ފެށީމާ ހެދުން އެޅުމަށް ބަަދަލު އައުމާއި ޚުރާފާތްތަކާ ދުރަށް ދިއުމަކީ ގައުމިއްޔަތު ހަލާކުވުމެއް ނޫން. ދިވެހިންގެ ގައުމިއްޔަތުގެ ފުރަތަމަ ރުކުނަކީ މާތްވެގެންވާ އިސްލާމްދީން. އެދީނުގެ ކަންކަން ރަނގަޅަށް އެނގިގެން ރައްޔިތުން ކުރިއަރައިގެން ދިއުމަކީ ދިވެހިންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާ ކުރިއަރައިގެން ދިއުން. އޮޅިގެން އުޅޭ މީހަކަށް އޮޅިގެން އުޅުނެއް ކަމަކު ހަމައިގައި ތިބި މީހުން މިކަންކަން ދަނޭ.

    22
    1
  32. އަލީ

    މީވަރަށް ނުރައްކާތެރި ވާހަކަ ދައްކާމީހެއް

    27
    1
  33. ގަދަކުޑޭ

    މި ބަލާވެރިކަމުން ސަލާމަތް ވުމަށް ދިވެހިން ތެދުވަން ޖެހިފައިވާ ވަގުތު އަތުވެއްޖެ ލަސްކޮށްފި ނަމަ ވަގުތުގެއްކިގެން ހިގަިދާނެ

    32
    1
  34. ކުޑަބަޖަރާ

    ކަލޭ ކޯޓް ފަޓުލޫނު ލަނީ ކީއްކުރަން. އެއީ ކަލޭގެ ކާބަފައިން ލީހެދުމެއްތަ؟ މުންޑު އަނދެފާ ގަންޖުފަރާސް ލައިގެން ބޮލުގައި ފޮށާއޮޅާގެން ނޫޅެނީ ކީއްވެ. ތިމާކުރީމާ ރަނގަޅު. އެހެންމީހުން ކުރީމާ ކަމަކު ނުދޭ.

    29
    1
  35. Anonymous

    ކަލޭ މުންޑު އަނދެގެން، ލައިލާ ކަނޑިކި އެކަނި އަނދެގެން ހުރީމަ ކާބަފައިންނާ އަރާ ހަމަވީ

    38
    1
    • މަ ހީިހީ.....

      ތިބުނި އެއްޗަކުން މަ ހީހީ ހަލާކުވެއްޖެ!

      3
      1
  36. ބުރުގާ

    ބުރުގާ ރަނގަޅެއްނޫން ޕާޓީސިސްޓަމާ ބަޖެޓްގެ 5% ޕާތީދިނަސް ރަނގަޅު

  37. ަފާތުމަ

    ވަގުތު މީހުން ވެއްޖެ އެއްނު ރަގަޅަށް ހަބަރު ލިޔަން ދަސްކުރަން ނޫނީ ހަބަރު ލިޔުން ހުއްޓާލުން . އަންނި ބުނިތަ ބުރުގާ ނާޅާށޭ ނޫނީ ސުރުހީއާއި އެއްވެސް ގުޅުމެއްނެތް ދެއްކި ވާހަކަ އަކާ ކޮންމެހެން ރައްޔިތުންގެ މެދުގައި ނަފުރަތް އުފައްދަން މަސައްކަތް ނުކޮއް މަޑުންތިބެންވީނު . އިގޭ މިކޮމެންޓް ނުޖަހާނެކަންވެސް . އެގޮތްވެސް އޯކޭ އެކަމު ދައްކަންބޭނުން މީހުންނަށް ފެންނާނެ އެއްނު ...................

    4
    10
  38. އިބްރާ

    ގައުމިއްޔަތުގެ ޖާހިލުކަމުގެ ތެރެއަށް ބޭފުޅާއާއި ބޭފުޅާގެ ބާރުހިނގާ އެންމެން ގެނބި ޣަރަޤުވާށެވެ. ކޮންމެހެން އެންމެނަކު މަގުފުރައްދަން ބޭފުޅާތީ އިބިލީސް ހެއްޔެވެ؟

    9
    1
  39. ފާތޭ

    މިކަހަލަ ޖަލްސާތަކުގެ ޝަރަފްވެރި މެހެމާނަކަށް އަޅެ މީނަ ގެންދަނީ ކީއްކުރަންތަ..ދަށްކާނީ މުޅިންވެސް އެ ޖަލްސާތަކާ ނުގުޅޭ ވާހަކަ..މޮޔަ ވެދާނެ.

    8
    1
  40. ނަސީރު

    ކޮމެންޓްތަކަށް ބަލާލީމާ ނޫސްވެރިޔާގެ މަޤްޞަދު ޙާޞިލްވެއްޖެކަމަށް ފެނޭ.

    6
    1
  41. މިއަދު

    15 އަހަރު ފުނީމަ އަންހެން ުދިން ހެދުންލެއްވި ޒަމާނެއްވެސް ދިޔަ އެސަގާފަތް މިރައީސަށް ވ ކަމުދާނެދޯ މިރައިސް ޝަރަފްވެރިކުރާ ރަސްމިއްޔާތެއްގައި އަންހެންކުާ 15 އަހަރުވުމުން ހެދުން ލައްވާނީ މިރައިސް

  42. އަހްމަދު

    މިކަހަލަގަމާރުން ކިޔަވާކުދިންތަކެއްގެ ހަފްލާއެއް ޝަރަފްވެރިކޮށްދޭންގެނައުމަކީ އެކަމުގެނޭދެވޭއަސަރު އެކުދިންނައްކުރާނެކަމެއް މިފަދަހަފްލާތައް ޝަރަފްވެރިކޮށްދޭން ދީނީކަންކަންކޮންމެވެސްވަރަކަށް ދެނެވަޑައިގަންނަވާބޭފުޅުންނައް ދަޢުވަތުދެއްވާނަމަ އެކުދިންނައްފައިދާތަކެއްކުރާނެކަންޔަގީން

    11
    1
  43. ތިންކް

    ނަޝީދެއ ކަމަކު ދެއްކެވީ ރަގަޅު ވާހަކަ ފުޅެއް! ދިވެހިން ކުރިން ވެސް އުޅުނު! ބުރުގާ އަޅާ ޖުއްބާ އެއް ނުލާ ނޫނީ އަބާޔާ އެއް ނުލާ އެކމަކު މާ ހެޔޮލަފާ! ޖަމީލު ދީދީ މެން ނެއް ނޫޅޭ ދިވެހިންގެ ގައުމިއްޔަތު ހަލާކު ކުރާކަށް އެހެންވެ ބުރުގާ ގެ ވާހަކަ ެއްނު ދައްކަވާ އެކަމު ވެސް ދީނަށް ހުރުމަތްތެރި ކޮށް ހިތުމަށް ވާގި ވެރިވީ! އެކަމް މިހާރު މި ގައުމު ސައުދީ އަރަބިޔާ އަށް ބަދަލް ވެ ނިމިއްޖެ.. ދިގު ހެދުން ލާ އިރު ވެސް ބުރުގާ އެޅީމަ ދިވެހި ވަންތަ ގޮތެއް ނުހުރޭ! ބޮލު ފޮތި އެޅީމަ ދިވެހި ވަންތަ އީ!

    2
    9
  44. އަހްމަދު

    ޗުއްޓީގަ އަނބިދަރިންނަށް ތުރާކުރަން ދޭބަލަ ރައްޔިތުންނާއި ދީނާއި ނުބެހި

    6
    1
  45. ާަާމަ

    މިކަހަލަ ލާދީނީވާހަކަ މިކަލޭގެ މުޅިންވެސް ދައްކަނީ. ކުރިންކުރިއަސް ފަހުން ކުރިއަސް ރަނގަޅު ގޮތް އެނގުމަށްފަހު އެގޮތަށް އަމަލުކުރަންޖެހޭނެ. ނަޝީދު މަންމައާ އާއިލާމީހުން ގޮވައިގެން ދޮންމީހުން ގާތަށް އމީހުން އުޅޭގޮތަށް އުޅެން ދާންވީނު. މިކަލޭގެ ނުބައިކަމުން މުޅިގައުމު ފަސާދަކޮށް ހަލާކުވެއްޖެ. ކިހާބޮޑު އުނދަގުލެއް މިކެނެރީގޭ ނަޝީދަކާހެދި.

    8
    1
  46. ޖާހިލިއްޔާ

    ޖައްބާރު އަނދިރި ޖާހިލު ސިފަސިފަޔަށް ކޮންމެހެން އަހަރެމެންގެ އަންހެންކުދިންގެ ބޮލުގައި ފޮތި އަޅުވާނެ ކަމެއް ނެތް.

    6
    2
  47. ދޮންބެ

    އަނދިރި އަނދިރި ދީންތައް، އަނދިރި އަނދިރި ދީންތައް، ފަތުރަނީ ފަތުރަނީ ފަތުރާނެޔޯ! މިގައުމުގައި އަނދިރި ދީންތައް ފެތުރުމުގެ މުގުލުގައި ހުރީ އިސްތިއުފާދެއްވި ކުރީގެ ރައިސް އަދި މިހާރުގެ މަޖިލިސް ރައިސް އަދި އެމްޑީޕީގެ ބާސްމަތީ ރައިސް ކެނެރީގޭ ނަސީދެވެ.

    10
    1
  48. ޗިޕް

    ނަޝީދަކީ ކިޔަވާ ކުދިންނާ ބެހޭ ހަފްލާތަކަށް ވާހަކަ ދައްކަން ގެންދާވަރުގެ މީހެއް ނޫން. މިކަންކުރި ސްކޫލެއްގެ ބަޔަކު ތިބީ ކިހިނެތްވެފައި ބާއޭ ހިތަށް އަރާ. މަޝްހޫ މީހަކަސް ކިޔަވާ ކުދިން އަޑުނޭހުން ރަގަޅުވާނެ ކަހަލަ ވާހަކަ ގިނައިން ނަޝީދަށް ދެއްކޭނީ. މިހާރު މީނާ މި ދެއްކި ވާހަކައެއް ހަގީގަތުގަ އެކުދިންނަކަށް އެނގޭނެހެންނެއް ހިއެއްނުވޭ. އެއްޗެއް ބުނަންއުޅެ ނުބުނެވިގެން ލައްކަ މަސައްކަތްކޮށްފި ކޮންމެވެސް އެއްޗެކޭ ކިޔައިގެން. ހަގީގަތުގަ ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ނުބުނެވިގެން އުޅޭކަން ފާހަގަކުރެވުނީ. މިގޮތަށް ވާހަކަ ދައްކާ މީހުން ސްކޫލްތަކަށް ގެންދިއުމަކީ އެއްގޮތަކަށްވެސް ރަގަޅު ކަމެއް ނޫން. ދައްކާ ވާހަކައިން ކުދިންނަށް ނުބައި މާނަ ނެގޭނީ.

    11
    1
  49. ޒަބީބު

    ކުރިން މަސައްކަތް ކުރި ގޮތަށް ކޮށްގެން ކަމިޔާބު ނުވީމާ އައުގޮތެއް ހޮދައިގެން “އޯލްޓަނޭޓިވް ނެރެޓިވް” ފަތުރާނެ އައުގޮތެއް ހޯދަނީ ދޯ؟ ޔަހޫދީންނާއި ނަސާރާއިން އަބަބުވެސް އެމީހުންގެ ގޮތް ފަތުރަން އުޅޭނީ ވަރަށް ހިތްހެޔޮ ކަމަށް ހެދިގެން. ކަންކުރާނީ ވަރަށް ގަޔާއި ދުރުން މީހަކަށް ރެއަކާވެސް ނުލާގޮތަށް ހިލތްތެރި ކަމާއި އެކު. ނަޝީދު ކިތައްމެ ވަރަކަށް ފިރުވަން އުޅުނަސް ނަޝިދުގެ ފަހަތުގައި ފަރުދާގެ ގުރަގަހުގައި ތިބީ ޔަހޫދީންނާއި ނަސާރާއިން ކަން ދިވެހިންނަށް އޮޅުވައެއް ނުލެވޭނެ. ޢެމީހުންގެ އަތުން ލިބޭ މަމްފާ ނަޝީދުއަށް ލިބެން އޮތީ ތިޔަހެން ވާހަކަ ދައްކައިގެ އޭޖެންޓް ކަން ކޮށްގެން. ތުރުކީގެ ޖަމާލް އަތާތުރުކުވެސް އުޅުނީ ހަމަ ތިޔަހެން. ތުރުކީ ސެކިއުލާރ ދައުލަތަކަށް ބަދަލުކުރީ ހަމަ ތިގޮތަށް ހީލތްތެރިކަމާއި ނެއްގާނިކަމުގެ ތެރެއިން.

    6
    1
  50. ޖަހުލު

    މިތިބަ ޖާހިލުންތަކެއް ވާ ދޯ!

  51. ކާފަ

    އަނެއްދިވެހިރާއްޖޭހެ ކީޔާލު ކޮބައިތޯއެވެ،
    ހުޅަނގުގެ ފިކުރު ފަތުރަން ކުރާ މަސައްކަތް ކޮބައިތޯއެވެ
    ޑްރްގް އަދި ބަނގުރާ ހުައްދަކުރަްނ ތިކުރައްވާ މަސައްކަތް ކޮބައިތޯއެވެ.
    މި ރާއްޖެ ބަދަލު ކުރަން އުޅޭމަދު ބަޔަކީ ކެނެރީގެއާއި ސްއްކަގެ އާިލާއެވެ.

    އިސްލާމްދީނުގައި ނެތްގޮތަކަށް ދިވެހިްންނަން އުޅެވޭކަން އެނގުމުން އިސްލާމްދީނަން ރުޖޫޢަނުވެ ދެން އިސްލާމްދީނަން އުލޭނެ ގޮތެއް ނިކްން ކިޔައިދީބަލާށެވެ

    4
    1
  52. ސޭކު

    މިކަމުގަ ވެސް ސޭކު މައުމޫން ގެ ރައުޔު ދެއްތޯ!

  53. ސަހަރޯ

    ވަރުގަދަ މެޖޯރިޓީ ބޭނުން ކޮށްގެން ބުރުގާ އެޅުން ވެސް ހުއްޓުވަން ތޯ ތިޔައުލުއްވަނީ ޖަގިޔާ ވެސް ނުލާ ގޮތްތައް ފާސްކުރަން ވީނޫންތޯ
    انشاءالله މުސްލިމުންގެ ކޮޅު ގަދަވާނީ

    6
    1
  54. ޢަލީ

    މީނާ މިބާވަތުގެ ގޮވެލިތައް ގޮވަނީ ދޮންމީހުންގެ ރުހުން ހޯދާ އެމޯހުންގެ އަތުން މެޑެލް ހޯފުމަށް.އަދި ރާއްޖޭގައި އުޅޭ މުގުފުރެދިފައި ދީނަށްފުރައްސާރުކުރާމީހުންގެ ސަޕޯޓްހޯދަން.މީނާއަކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭމީހެއްނޫން. ޑިމޮކްރަސީގެ ތާކިހާ އަޅައިގެނ މީނާ އުޅެނީ މީނާގެ އަމިއްލަ އެދުމުގައި.

    5
    1
  55. ކޭކުލި

    ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސަކީ ގޮތް ބަދަލު ނުކޮށް ދިވެހިން ދިވެހިންގެ ގޮތުގައި ތިބުން ކަމަށެވެ. އަދި މި ހާލަތުގައި ގޮތް ދޫ ނުކޮށް ތިބުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމަށެވެ.

    އަންނި އެބުނާ ގޮތަކީ
    1 ކުރީގައި މީހުން އުޅުގެން މީހަކާ އިންނަން ވަންދެކަން އަންހުން އެއްޗެއް ނުލައި އުޅުން
    2 ބުރުގާ ގެ ބަދަލުގައި ބޮލު ފޮތިކޮޅު އެޅުން
    3 މުންޑު އަދެފައި ހުރުން އެވެސް ފޫގަޅައިގެން
    4 ގަމީހުގެ ބަދަލުގައި ކުދި ގަންޖުފަރާސް
    5 ކުރުތާގެ ބަދަލުގައި އެހެން ކޮމެވެސް ގޮތެއް

    މިހުރިހާ ކަމެކޭ އަންނި ކިޔާރި އޭނަވެސް ހުންނަނީ އަތްދިގު ގަމީސްލާ ޓައީއަޅާފަ އެހެން ވީމާ ކިޔާ އެއްޗެއް ދިމަލެއް ނުވޭ

  56. ރެކިހުތާ

    ތިދައްކަނީ އިސްލާމްދީނުގެ އުސޫލުތަކާއި ގުޅޭވާހަކަތަކެއްނޫން. އަސްލުވެގެން އުޅޭގޮތަކީ އަޑުއަހާންތިބޭ މީހުންނަށް މަނިކުފާނު ދައްކަވާ ވާހަތަކަށް އޮޅެނީ. މާނަ ނުބައިކޮށްނެގެނީ. ތިވިދާޅުވަނީ ކުރީޒަމާނުގައި މަނިކުފާނުގެ މާމާފުޅު ބުރުގާ އެޅުއްވިގޮތަށް ބޮލުގެ ފުއްކިބައިގައި ރޭނދާފޮތިކޮޅަކުން ފަހާފައިވާ ފޮތިކޮޅެއް ފަހަތަށްދޫކޮށްލާފައިވާ ކަހަލަކޮތަކަށް މިއަދުގެ ޒުވާނުން ބުރުގާއަޅާށޭތޯ؟ ތިދައްކަވަނީ ކުރީޒަމާނުގައި ހުރިޒިޔާރަތްތަށްގެނެސް އެޒިޔާރަތަށް ދޮންކޭލާއި ހަކުރުން ކިރައި ނަދުރު ބުނާށޭތޯ؟ އެހެން ނޫނީ ތިޔަވިދާޅުވަނީ ކުރީޒަމާނުގައި އުޅުއްވިގޮތަށް އަންހެންކަނބަލުން ކަނޑިކިބުރި އަނދެގެން ކަރުވަޅު މާސިންގާވާ ހެދުން ލައިގެން ފިރިހެންވެރިން މުންޑާއި ގަންޖުފަރާސް ލައިގެން އުޅުނުސަގާފަތް އަލުންގެންނާންވީތޯ؟ ނުވަތަ އަންހެން ކުދިން ބާލިއުވާ އުމުރަށް އަންނަންދެން ހަމައެކަނި ކަނޑިކި ބުރި އަނދެގެން އުޅުނު ގޮތަށް އުޅެންވީތޯ؟
    އަޅުގަނޑުމެންގެ ކައުބަފައިނަށް އެގޮތަށް އުޅެވުނީ އެބޭފުޅުންގެ ހުރި މިކަމެތި ފަގީރު ހާލާއިއެކު ހަގީގަތުގައި ކަންއޮންނާވީގޮތް ނޭގިފައި އޮތުމުން. އެއަކީ ހަމަ އެމީހުން ބޭނުންވެގެން ރުހިގެން ތިބި އާދައެއްނޫން. އެއީ މިމާތް އިސްލާމްދީން ދަސްކޮށް ދިނުމަށް އެދުވަސްވަރު ތިބި މަދު މީސްކޮޅަކަށް ދަސްކޮށްދެވިފައި އޮތްގޮތް.
    ދެން އޮތީ ހިތުން ތިވިދާޅުވަނީ މިއަދުގެ ބައެއް ފިރިހެން ބޭފުޅުން ތަންކޮޅެއް ދިގުކޮށް ހުންނަ ކުރުތާލާވާހަކައާއި ބޮލުގައި ފަގުޑި ނުވަތަ ފޮށާ ނުވަތަ ފޮތިގަނޑެއް އޮޅާލައިގެން ތިބޭވާހަކަ އާއި އަންހެން ކަނބަލުން ކަޅުހެދުން ލާވާހަކައާއި އެކި ބާވަތަށް ބުރުގާއަޅާވާހަކަތޯ؟ ހަގީގަތަކީ ކުރީޒަމާނުގެ ސްޓައިލަށްވުރެން މިޒަމާނުގެ ސްޓައިލް މުސްލިމުންގެ ސްޓައިލާއި ގުޅޭކަން.
    އަދި މާފަހުން އައި ސްޓައިލެއްވެސް އެބައޮތޭ މަނިކުފާނު، އެއީ އަންހެން ފިރިހެން ބޭފުޅުން އެބޭފުޅުންގެ ހަށިގަނޑުގެ ވަނާތަށް ހަމަރަނގަޅަށް ފާޅުވާފަދަ ގޮތަކަށް ގަޔަށް ބާރު ޖިންސާއި ޓޮޕާއި ލައިގެން ތަފާތުސްޓައިލަށް ބޯހަދައިގެން އެކިކުލަތަކުން ޒީނަތްތެރިވެގެން މިއުޅޭ އުޅުން. މިސްޓައިލާއިމެދު މަނިކުފާނު އެއްޗެއް ވިދާޅުވީ މިސްޓައިލަށް މަނިކުފާނު ހަމަ ރުހޭވަރުން ކަމަށް ހީވާތީ ހަމަ އެވާހަކަވެސް ބުނެލެވުނީ/

  57. ސަންތި

    އޭ މަށަކަށް ގެޓެއް ނުވޭ މިބޭފުޅާ މިވިދާޅުވާ އެއްޗެއް. މިއަށްވުރެ ތިލަކޮށް ވިދާޅުވިނަމަ.

  58. ފިކުރީއްޔާތު

    މަނިކުފާނު ބުނުއްވަން ތިޔައުއްވަނީ ކުރީޒަމާނުގައި މީހުން ހެދުން އެޅިގޮތަށް ހެދުން އަޅާށޭއެއްނުން. ބަލައްވާ ކުރީޒަމާނުގައި ރާއްޖެ އަކީ މުސްލިމްގައުމެއްނޫން. އެހެންވުމުން ދީން ބަދަލުވެެގެންއައިއިރު ރަނގަޅުގޮތްނޭގޭ. އެހެންނަމަވެސް މިއީ ދީން އޮޅުންފިލައި ރަަނގަޅުގޮތާއި ނުރަނގަޅުގޮތް އެގެންއޮތްޒަމާނެއް. ވީމާ، އެކަން އެގިއެގިހުރެ ދީންނާ ޙީލާފުކަންތައް ކުރުމަކީ އެމީހާގެ ހުންނަ ނުލަފާކަން. މަނިކުފާނު، އަޅުގަނޑަށް ފެންނަނީ ރަނގަޅަށް ދީން އުގެނުން. ދީނުގެ ކަންތައްތައް ނޭނގި ދީނުގެ ވާހަކަ ނުދެއްކެވުން އެދެން. މާތްﷲ މުސްލިމުން ދުނިޔެއަށް ފޮނުންވެވި މަގްސަދަކީ އެކަލާނގެއަށް އަޅުކަންކުރެއްވުމަށް. މަނިކުފާނު، އިސްލާމްދީނާމެދު ޝައްކުއުފައްދަވަނީ ތޯ؟. އީމާންރެރިކަން ކުޑަމީހުން ދީނާމެދު ޝައްކުއުފައްދާނީ.

    6
    1
    • ސަންތި

      އަސްތާ އަންހެނުން އައުރަ ނިވާކުރުމަކީ މިބޭފުޅާ ނުރުއްސަވާ ކަމަކީތާ!

  59. ނޫސްވެރިޔާ

    މިރާއްޖޭގެ އަތާތުރުކު!!! ކިހާވަރުގަދަ ކަމެއްތަ. އިސްލާމްދީނަށް ފާޑުކިޔާ ހިތުން ނިދަން ނޯވިގެން ތެދުވެ ބޯލަބޯލާ މީނާއެކަނި ހުންނަންވީނޫން.

    3
    1
  60. މޫނު ބުރުގާ

    މިހިރަ ރޯނު އެދުރާ. މޫނު ބުރުގާ އަކީ އަންހެންކަނބަލުންނަށް އޮތް ރައްކަލެއް. އަހަރެމެންގެ އިސްލާމްދީނުގައި ކަނބަލުން ދެއްވާފައިވާ ގަދަރެއް. ކަލޭގެ އަންހެނުންނާއި ކަލެއަށް ތަބާވާ ބައިގަނޑު އޮރިޔާމުން ބައިިތިއްބައިގެން ކަލޭ ދުވެބަލަ. މޫނުބުރުގާއާ ފަގުޑިއާ ނުބެހި ???

    3
    1
    • ކޮއްކި

      އާއެކޭ ރަސޫލާގެ ސަގާފަތް/ސުންނަތައް ދިރުވަން އުޅުނީމަ މައްސަލައަކީ. ކާފަރުންގެ ގޮތްތައް ކޮޕީ ކުރުމަކީ މައްސަލައެއް ނޫން މިމީހުނަށް

  61. ައާކޮ

    ބަލަ ބަލަ! ޝަހާދަތްކިޔާ ކޮންމެ މީހަކީ މުސްލިމެއް. ނަޝީދުވިޔަސް އެހެން މީހަކުވިޔަސް. އަހަރެމެންގެ މާމަ މިހާރު ދުނިޔޭގައި ނެތް. ބުރުގާއެޅީ ވަރަށް މަދުން. އެކަމަކު ފަސްވަގުތު ނަމާދުކުރޭ. ޒަކާތްވެސް ދިން. ރޯދަވެސް ހިފި.

  62. ހޯހޯ

    އޭނަ ކީއްވެތަ ކޯޓެއްލާފަ އެހުރީކީ ކާބަފާންގެ މުންޑުއެކަނި އަނދެފަ ބޮލުގަ ފޮށާ އޮޅިނަމަ ހާދަރީތި ވީހޭ ކިޔާފަ ނުކިޔާނެ އެއްޗެއް މިކަލޭގެ ތަނަކަށްގޮއްސިއްޔާނޭގެ މީދެން ބޮޑުވެއްޖެ ކަމެއް

    2
    1
  63. Anonymous

    އައި ނީޑް މުންޑް އެންޑް ކަނޑިކި...

  64. ދ

    މީނާ ތަންތަނުގަ ވާހަކަ ދެއްކުން ހުއްޓުވަން ވެއްޖެއެްްނު..... މުޅިންވެސް ދީނައް ފުރައްސާރަކުރަނީ....

    7
    1
  65. މޮހަދު

    ކޮއްމެ ..އެއްޗެކޭ،، ،މިހާރު،،ކިއަސް، ހުރިހާމީހުން،، ތިތިބީ،،އޭނައަކީ ،،އެއްމެރަގަޅުމީހާ،،ކަމަށްގަބޫލުކޮށް ، ،މިޤައުގެ،ވެރިކަމަށްވެސް، ގެނެސް ، އަދި،، މިހާރު،ޤަމުގެ،އެއްމެ،ބާރުވެރި،، މަޤާމަށް، ފުރިހަމަ،އަޢުލަބިއްޔުދީ،،ގެނެސްފަ،ދެންމިހާރު، ތިބެގެން،ކޯޗެކޭ،،ކިޔަނީ،،ހަރުބަހެއްއޮވޭ، ކޮބާ ، އެބަސް، ވީއިރު، ގުދާރުގަ ،،ޖަހާވައްޓާލީމަ، ތެދުވެބުނާނެ،،ނިކަންދެން، ޖަހާބަލަ،، އެކަހަލަބައެއް ތީ، މިހާރުތިހެންކިޔާނެ، ދެތިންދުވަސްފަހުން،، ސަނާކިޔާނެ

    1
    1