ރާއްޖޭގައި އޮންނަ އަނދިރި ދައުލަތުން ރާއްޖެ އަންދިރިވާ ވަރަށްވުރެ، މަސްތުވާތަކެތީގެ ސަބަބުން ރާއްޖޭގެ މުސްކަޤުބަލް އަނދިރިވެދާނެ ވަރު ކުޑަ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައި މިވަނީ، އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް ދިވެހިންގެ ތެރެއަށް ވަދެފައިވާ ކަމަށާއި ރާއްޖޭގައި ވަކިހިއްޕާލާފައިވާ މި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނިޒާރު މިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން ހަރުދަނާ މަސައްކަތްތަކެއް ކުރާ ތަނެއް ނުފެންނަ ކަމަށެވެ.

"އަނދިރި ދައުލަތުން ރާއްޖެ އަނދިރިވާ ވަރަށްވުރެ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ މުސްތަޤުބަލް އަނދިރިވެދާނެ ވަރު ތަންކޮޅެއްވެސް ކުޑައެއް ނޫން. މިކަމަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން ހަރުދަނާ މަސައްކަތެއް ކުރާތަނެއް ނުފެނޭ،" ނިޒާރު ކުރެއްވި ޓްވީޓުގައި ވެއެވެ.

ނިޒާރުގެ މި ޓްވީޓުގައި އޭނާ ވަނީ ހޯމް މިނިސްޓަރ، ޝައިޚް އިމްރާން އަބްދުﷲ އާއި ފުލުހުންގެ ޓްވީޓާ އެކައުންޓުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ޓެގު ކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި އޮތް މިންވަރު ހާމަކުރައްވަމުން ނިޒާރު ވާހަކަ ދައްކަވާފައިވާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހިފެހެއްޓުމެއް ނެތި ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުންވެސް ހުއްޓުވިފައި ނުވާއިރު، މިކަމުގައި ބައެއް ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން އޮތްކަމުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަގްދީޕް

    ކަލެއަށް ބޮޑަށް އެނގޭނީ! ފރތ

    4
    1
  2. ދދދދދދ

    ކުޑައެއް ނޫނޭ؟! މާބޮޑޭ ބުނޭ.

  3. ދިޔާނާ

    މިއީވެސް ހަބަރެއް ، ހެއްހެއް !

    4
    1
  4. އައިން

    ނިޒާރުގެ ދާއިރާގެ މެމްބަރުގެ ޓްވިޓަރ އެކައުންޓްވެސް ޓެގްކޮށްލުން މުހިންމު. އަދި އެމެންބަރު ގާތު އައްސަވާލާތި. މަސްތުވާތކެތި އައްޑުއަށް އެތެރެވާ މައި ދޮރާއްޓާކީ ކޮބައިކަން އެނގިވަޑައިގަންނަވާތޯއޭ؟

    12
  5. މަގޭ ޚިޔާލު

    އަނދިރި ދީންތަކުގެ ނޮހޮރުއްޕާންކަންވެސް މިގައުމުގައި ވަކި ކުޑައެއްނޫން. ރޭވެސް ގިޔާސުއްދީނު ސުކޫލުގައި ހުރި ޕޯޑިއަމަކަށް އަރާފައި ކަލޭމެންގެ ރުހާނީ އެގޮވި ގޮވެލިފައްޗަކުން އަނދިރި ދީންތަކަށް ރުހާނީ ހިތްވަރުދޭކަން ފާހަގަކުރެވުނު. މަސްތުވާތަކެއްޗާއި އަނދިރި ދީންތަކާ ވަރަށް ބޮޑު ގުޅުމެއްވޭ!

    16
  6. އެންދެރި

    ސަތޭކައިގެ ވާހަކަ އެކެވެ.

  7. މާނިއު

    މިގައުމުގެ އަދިރި ފަރާތަކީ ކެނެރީގޭ ނަޝިދުއާއި ބައިގަނޑު.މިމީހުން ގެ ކިބައިން ސާފުކުރެވުނީމައި ގައުމަށް އަލިކަން ލިބި އަމާންވެ އެކުވެރިކަމާއި އެއްބައިވަންތައް ކަށަވަރުވާނެ

    17