ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް މަނަދޫއަށް ކުރެއްވި މިދަތުރުފުޅަކީ އެރަށުގައި ކުރިޔަށްދިޔަ 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މަނަދޫގައި ކުރިއަށްދިޔަ "މިލަދެކުނު އަދަބީ އީދު 2019" ގައި އެ އަތޮޅުގެ ރަށްރަށުގެ ސުކޫލްތަކުގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޅެން ހެދުމުގެ މުބާރާތެއްގެ އިތުރުން އިސް ރަށްވެހިންނާއި، އެކި އުމުރުގެ މީހުންނަށް ޚާއްސަ ރައިވަރު ކިޔުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނޫނު އަތޮޅުގެ ތާރީޚާ ރަށްރަށުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަން ހުށައެޅުމުގެ މުބާރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދަރިވަރުންނާއި، ސުކޫލްތަކަށް ރޭ ވަނީ އިނާމު ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު