މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލާގައި ހިމެނޭ އިންޓަލިޖެންސް ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ، މަރު ކޮމިޝަނުން ތައްޔާރުކުރި ރިޟްވާންގެ ރިޕޯޓްގައިވާ ފަސް ފުލުހުންގެ ތެރެއިން ދެ ފުލުހެކެވެ.

މި ދެ ފުލުހުންނަކީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރި ދެ ފުލުހުން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ދެ ފުލުހުންނެވެ.

މި ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލް އިބްރާހިމް ރިއްފަތު އެއި ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހުއެވެ. މި ދެ މީހުން ހައްޔަރުކުރަން މީގެ ކުރިން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އެންގެވިއެވެ.

މަރު ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަސް ފުލުހެއްގެ މައްސަލަ އަވަސްކޮށްދިނުމަށް، ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިފައެވެ.

ފުލުހުން ވިދާޅުވީ، ރިޟްވާން މައްސަލާގައި އެއްވެސް ފުލުހަކު ވަޒީފައިން ވަކިކޮށްފައި ނުވާކަމަށެވެ. ނަމަވެސް އެހެން މައްސަލައެއްގައި އެ މީހުން ވަކި ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ފުލުހުން ކަށަވަރުކޮށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒިކް

    އެކުދިން ފޯނު އަޑުއެހީ ވެރިންގެ އޯޑަރަށް ކޯޓު އަމުރެއް ގެނެސް ދިނީމަ އަމުރާ އެއްގޮތަށް.. އެކުދިންނަށް އިންސްޓްރަކްޝަންއައީ ރިލުވާނަށް ތުރެޓެއް އާދޭތޯ ބަލަން ފޯނު އަޑުއަހަން.. އެކަމަކު ވެރިންގެ އަމުރަށް ތަބާވީމަ ހުރިހާ ގެއްލުމެއް އެ ކުދިންނަށް.. ކޮބާ އިންސާފު ކޮބާ އެ އަމުރު ކުރި ވެރިން؟ އެމީހުންނަށް ފިޔަވަޅު ނާޅާ ކުދިންވެރިންގެ ބޮލަށް ކަނޑާފަ މައްސަލަ އޮއްބާލީ ދެއްތޯ؟ ރާއްޖޭގެ އާދަ

    35
  2. ޖޯކު

    ބްރޯ ބާނާލަން ދެ ފުލުހުންގެ އީއުތިރާފް ހޯދުމަށްފަހު އެ ދެ ފުލުހުން މިޔަދު އެވީ ކްރިމިނަލްއިންނަށް. އަޅެ އަޖައިބުނުވޭ!!!!!!!!!!!

    19
    2
  3. ނާދިރާ

    ހަމަ އެއްެމެ މީހެއްގެ ހެކިބަހައް ތަކިކުރެވޭތަ؟

    20
    1
  4. އައްބެ

    ރަގަނޅު ނިންމުމެއް..... ގޭންގުވެގެން ނޫޅެވޭނެ ޕޮލިސްގައި

    4
    12
  5. Anonymous

    ވަރައް ނާއިންސާފު އަނިޔާވެރިބައެއްމީ.

  6. ހިޔާލު

    ހަމަ އެކަނި ރިލްވާނުބާ ވީނުވީއެއް ގެއްލުނީ ކޮބާ ސީމާގެ މައްސަލަ، އިހަށް ދުވަހު ބުނާއަޑު އެހިން ސީމާގެ މައްސަލަ މަރުކޮމިޝަނުގެ މެނިޑޭޓްގައި ނުހިމެނޭވާހަކަ. އެއީވެސް ވީނުވީއެއް ނޭގި ގެއްލިފައިވާ ކުއްޖެއް!