ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއި މެދު ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް އިލްޔާސް ހުސައިން ރައްދު ދެއްވައިފިއެވެ.

ނަޝީދުގެ ނަން ހާމަ ނުކުރެއްވި ނަމަވެސް، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައި ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްޙަގޮތް އެނގުމުން ކުރީގަ އެކަން ނޭނގި ޢަމަލުކުރެވުނުގޮތް ދޫކޮށްލުމަކީ ގޯސްގޮތެއްކަމަށް ދެކުމަކީ، ދީނީ ކަންކަމަށް ތިމާގެ ހިތުގައި ޤަދަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ.

އަދި ދިވެހިންނަކީ މުސްލިމުން ކަމަށާއި، މުސްލިމުން ބަލަންޖެހޭނީ ދީނުގައި އައިސްފައިވާގޮތް ކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްޙަގޮތް އެނގުމުން ކުރީގަ އެކަން ނޭނގި ޢަމަލުކުރެވުނުގޮތް ދޫކޮށްލުމަކީ ގޯސްގޮތެއްކަމަށް ދެކުމަކީ ދީނީ ކަންކަމަށް ތިމާގެ ހިތުގައި ގަދަރެއް ނެތްކަމުގެ އަލާމާތެއް، ދިވެހިންނަކީ މުސްލިމުން މުސްލިމުން ބަލަންޖެހޭނީ ދީނުގައި އައިސްފައިވާގޮތް" އިލްޔާސް ކުރެއްވި ޓްވީޓުގައި ވެއެވެ.

ޝައިޚް އިލްޔާސް މިގޮތަށް ޓްވީޓު ކުރައްވާފައިވާއިރު، ރައީސް ނަޝީދުގެ ވާހަކަފުޅަށް ފާޑުވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ޑރ. އިޔާޒް ވިދާޅުވީ، މުސްލިމުން ހެދުން އަޅަން ޖެހެނީ ކީރިތި ރަސޫލާ މުޙައްމަދުﷺ އެންގެވި ގޮތަށް ކަމަށާއި، އެކަން ކުރަން ޖެހެނީ ނަޝީދު އަންގަވާ ގޮތަކަށް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، "ބުރުގާ އެޅުމަކީ އެހެން ގޮތެއް" ކަމަށެވެ. ނަޝީދު ވިދާޅުވީ ފަހަކަށް އައިސް ދިވެހިންގެ ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ.

އެގޮތުން ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަދާލަތު

    ޓެރަރިޒަމް ޤާނޫނު ބަދަލް ކުރަން މިހާރު އެއުޅެނީ، ދީނީ ޢިލްމްވެރިންގެ ދަތުންފަތް އެއްކޮފަހާލަންވެގެން. އެ މާއްދާ ފާސްވެސް ކުރާނެ. ތަޝްދީޤުވެސް ކުރާނެ. ޢިލްމުވެރިންނަށް ދަޢުވާކޮށް ބޮޑެތި ޙުކުމްތައްވެސް އިއްވާނެ. އެއީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް.

    84
    4
  2. ދީދީ

    އަނގަފުޅާނުކޮށް ތިބޭ ކަލޭމެން ބޭނުންވިގޮތްތިއީ

    110
    5
  3. މާލޭ

    މިގައުމުގެހަލާކު ތިއިލިޔާސް ކަލޭމެން މިގައުމުހަލާކުގެތެރެޔައް ވައްޓާލީ ތިހުރިހާ ދީނީސޭހުން މިހިނގާކަންކަމުގަ ޖަވާބުދާރީވާނޖެހޭނެ މިހާރުކޮސްނުގޮވާ

    110
    8
    • ކިނބޫ

      އެއްޒަމާނެއްގަ ޝޭޚެއް. މިހާރު ސޭކެއް. ކާކުތޯތޯ

      21
      2
  4. ޖަނާޙް

    ނަން ހާމަކޮށްފިއްޔާ މުސާރަނުލިބޭ މަޤާމާ ޑިޕޮލޮމެޓިކް ޕާސްޕޯޓާ ލިވިން އެލެވަންސްއާ ކުލީ ގެ އަތުލެވޭނެ!

    88
    3
  5. މާމައިން

    ކަލޭ އަދިވެސް އަންނި އެއްފަރާތުގައި ބަހައްޓައިގެން ދަރުސްދީ ތިކަހަލަ ސޭކުންނައް ވިސްނޭނީ ކޮންދުވަހަކުންބާ

    84
    3
  6. ތެލެގޮއްޑޯ

    އަހަރެންގެ މަންމަ ބުނީ ބައްޕަ މެރީ ކުރަން އައިދުވަހު ގެނައި 3ގަނޑެތި ކަމަށް އަލަށް ބޮލުން ވެއްޓީ، އޭގެކުރިން ހުރީ ޓޮޕްލެސްކޮން ކަމަށް. ހުރިހާ އަންހެނުންވެސް ތިބެނީ އެގޮތަށް ކަމަށް. ނަޝީދުގެ މަންމަ އާއި މާމަވެސް ހުންނާނީ ހަމަމިގޮތަށް ކަމަށް. އެހެނޭ ކިޔާފައި މިހާރުވެސް އޮގޮތަށް ތިބެން ވެއްޖިއްޔާ.. އޯ.؟؟

    21
    1
  7. އޭނަ

    އަނެއްކާ އަނެކަކު! ދެން ތިހެން ނުކިޔާށޭ! ހިނި އަންނަނީ

    65
    1
  8. ސަޒާ

    ދީނައް ފާޅުގައި ގޮންޖަހާ ރަސޫލާއަށް ފުރއްސާރަކުރި މީހަކު ހިމެނޭ ބައިގަޑެއް ވެރިކަމަށް ގެނައިމަ ވާނެގޮތް ތިފެންނަނީ. ސޯލިހަކީ ރަސޫލާގެ ދުއާލިބިފައިހުރި މީހެއްކަމަށްބުނެ އެބައިގަޑުގެ އަތްމައްޗައް ޤައުމު ދޫކޮށްލީމަ ވާނެ އެތި ތިފެންނަނީ. މިކަމުގެ ޒިންމާ އިލިޔާސްވެސް ނަގަންޖެހޭނެ. ދެން ޖެހޭނީ އަގަތަޅަތަޅާ ތިބެން

    93
    4
  9. Anonymous

    ރަގަޅު ވާހަކައެއް. ތިގޮތަށް ގުނޫތުވެސް ކުރީގަ އެކަން އޮންނަގޮތް ނޭނގޭއިރު ކިޔައުޅުނު. މިހާރު އެއްވެސް މިސްކިތަކުން ނުކިޔާ. އެކަމާ ދެކޮޅުހެދީ މައުމޫނު. ދެން މިފަހުން ފާޅުމިވީ ނަޝީދު. ބުރުގާ އެޅުމާ ގުޅޭގޮތުން. މައުމޫނުގެ ފިކުރަކީވެސްއެއީ. ވީމާ މިއީ އެއްކަހަލަ ސެކިއުލާ ވިސްނުންހުރި ދެމީހުން.

    77
    3
  10. ބުރިޖުމަތީ ހުރިސޮރު

    އިލިޔާސް ބޭބޭ ތިިީނަ ވެއްޖެއެއްނު ސިޔާސީ ކަންތަކާ ދުރަށްދާން މިހަަާރު ބޭބެގެދަރުސް ދެކެވެސް މިީހުން ފުޫހިވާ ފަށައިފި

    73
    4
  11. ޒާ

    އިލްޔާސުމެން ރަނގަޅުވާނީ މިއަދު ތިޔަ ލިބިފައިވާ އުފާވެރި މަގާމަށްޓަކައި މުޑުން ތިބުން. ތީ ދުނިޔެއާހެދި އުޅުނު މީހުން.

    78
    2
  12. އެޕް

    ނަޝީދުގެ ހުރިހާ ވާހަކައެއް އަބަދުވެސް ހުންނަނީ ހިތުގައި ދީނަށް ގަދަރުނޯންނާތީ ބުނެވޭ އެއްޗެހީގެ ގޮތަށް. ފާޅުގައި ދައްކަން ބޭނުންވާ އެކަމު ނުދެއްކިފައިވާ އެތައް ވާހަކައެއް އަދި ހުންނާނެ. އެ ނިކުންނަނީ އަދި މަދު ވާހަކަކޮޅެއް. ދީނީ މީހުންނަށް އޭނާގެ ގޮތް ރަގަޅަށް އެގޭއިރުވެސް އޭނާގެ އަނގަޔަށް މިނިވަންކަން ލިބޭނެ ފަދަ ވެރިކަމެއް މިއޮތީ ގެނެސްފައިނު؟ ދެން މިހާރު ތިހެން ކިއުމުގެ ބޭނުމެއް އެބައޮތްތަ؟

    22
    2
  13. Anonymous

    ބޮޑުތާ ޖެހުނީ ދެން ރޯންފަށާ. ކަލެއައް މާރަގަޅު މޒިހަކަށް ވެގެން ނުންތަ އޭނަ ހޮވީ

    26
    1
  14. ނަމަ

    އެބުނާހެން އޭނާ ހިތް އެދޭހެން ކަރުވަލު ބޮޑެތި ހެދުންލައިގެން ނަސީދު އާއި އެކީ ސެލްފީ ނެގީމަ ކަމަކު ނުދާނެތާދޯ އަންހެނުން ބާރުވެރިކުރާށޭ ކިޔާފަ

    15
    2
  15. ދ

    މީނާ ތަންތަނުގަ ވާހަކަ ދެއްކުން ހުއްޓުވަން ވެއްޖެއެްްނު..... މުޅިންވެސް ދީނައް ފުރައްސާރަކުރަނީ.....

    12
    2
  16. ްްްްޕޮޕޮ ކުކުޅު

    އަންނި ކައުންޓެއް ނުކުރޭ

    4
    1
  17. އަޙްމަދު

    ޙައްގު ބަސް ބުނުމުގައި ދެމިހުރީތީ ސާބަސް.

    14
    4
  18. އުޚްތީ

    އިލްޔާސް ސާފްބަހުން ދީނުގައޮތް ކީރިތި ޤުރްއާން އާއި، ސުންނަތުން ޘާބިތުވާގޮތް ބުނެދެއްވާ އޮފިޝަލް ޕާސްޕޯޓް އަތުލަފާނެތީ ބިރު ނުގަނޭ އާޚިރަތުގެ ޕާސްޕޯޓް މާބޮޑަށްވެސް އޮފްޝިއަލްވާނެ.

    27
  19. ހީވޭ

    ނުކެރޭނެ ޓޭޕްއަޅާފަ މީހާގެނަންވެސް ބުނަންނުކެރުނެއްނު

  20. ޑޫ

    ތިކަމޭ ބެހޭގޮތުން އެއްޗެއް ބުނަން އިގޭނީ ސޭހު ހުސެން ރަސީދު ބުނާ އެއްޗެއް އިގުނީމަ. އެވަރު ދީނީ އިލްމް މު ވެރިޔަކު ނެތް

    2
    1
    • ޟޮހޮނު

      ޓާއީޑު

  21. ދަވްތޫރް އަބުދުލް އަޒީޒް

    ބަލަ ދީނުގަނެއްކަމެއް ގާނޫނަކުން މަނާ ކޮއްގެން އުޅޭ ބަޔަކައް ކިހިނެއްތޯ ބެލޭނީ ދީނުގައައިސްފައިވާ ގޮތެއް އިސްލާމް ދީނުގައި ކޮންފޮތެއްގަތޯ އޮތީ 18 އަހަރުނުވާ ކުއްޖަކައް މީހަކާ ނީދެވޭނޭ ގައިމު ގާނޫނު އަސާސީ ގައި އޮވޭ އިސްލާމް ދީނާ ފުށުއަރާ އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދޭނޭ ދެން ކީއްތޯ ކުރާނީ މިވެސް މިގައުމުގައި އާބާދީ އިތުރުވެ ވެރިކަމައް ނިކަމެއްޗެއްގެ ދަރިޔަކު އަތުވެދާނެ ކަމަށް