މިދިޔަ ހަފްތާ ނިމުނު އިރު ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 544 އުޅަނދެއްގައި ސްޓިކާ ޖަހައިފިއެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

އެހެންކަމުން މިދިޔަ ހަފްތާ ތެރޭގައި ސްޓިކާ ޖަހައިގެން ފުލުހުންނަށް ހަތަރު ލައްކައެއްހާ ރުފިޔާ ވަނީ ހޯދިފައެވެ.

ފުލުހުން ނެރުނު ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަތްވަނަ ދުވަހުން 13 ގެ ނިޔަލަށް 544 އުޅަނދުގައި ސްޓިކާ ޖަހާަފައި ވެއެވެ. މިއީ އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 78 ސްޓިކާއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި 398 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 94 މީހުން ވަނީ ހިފަހައްޓާފައިވާކަމަށް އެ ތަފާސް ހިސާބުތަކުން ދައްކާއިރު، ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 62 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަގު

    ރައްޔިތުން ފެލައިގެން ޕާކު ކުރާނެ ތަނެއް ނުދައްކާ ދަންތުރަ ޖައްސާ ފެލާ ސަރުކާރު

    12
  2. ޝާފީ

    ސްޓިކާ ޖަހައިގެން ހަފްތާއެއްގެ މައްޗަށް މިވެރިން ހޯދާ މުޅި ޖުމްލަ އާމްދަނީގެ ސްޓެޓިސްޓިކްސް ބަލަހައްޓަން ވަގުތު ވަރެއްހަމަ ނެތް!

  3. ހުވަދޫ ޑޮކް

    ހޯދަންޖެހޭ ވަކި އަދަދެއް އޮވެގެން އެއަދަދަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ޓިކެޓް ހޯއްދަވާހެން އެބަ ހީވޭ !!

    1
    1
  4. ޙިނިގެޅޭ

    ކިހިނެއްވަނީ ސަރުކާރުގެ ރަހަގަނޑު؟