ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުން ޑީޕޯޓްކުރިއިރު، އެ މީހުންނާއި ގުޅޭ މައްސަލަ ތަހުގީގުކޮށްފައި ނުވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ ކުށްތައް ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ ފަރާތެއްގެ މައްސަލަ ތަހުގީގުނުކޮށް ޑީޕޯޓްކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު މިއަދު ވާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީގެ ސަމާލުކަމށް މިކަން ގެނެސް، މިކަން ބަލަައިދިނުމަށް އެދިފައި".އޭނާގެ ޓްވީޓްގައި ވެއެވެ.

އިމްގްރޭޝަނުން ވަނީ ގަވައިދާއި ހިލާފަށް ބިދޭސީން ރެކްރޫޓް ކުރާކަމަށް ތުހުމަތު ކުރެވޭ އަދި ގަވައިދާއި ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކާއި، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނުން ދޫކޮށްލީ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ޑީޕޯޓްކޮށްލާފައެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ވޯކް ވިސާގެ ދަށުން ރާއްޖެ އައިސްފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވަގޮކަޅާ

    ނިމިދިޔަ ސަރުކާރުގަ އަންވަރު ކިޔާމީހަކު އިމިގްރޭޝަނުގަ ކޮންޓްރޯލަރު މަގާމުގަ ހުރިކަމަށްވޭ އޭނަވަރުގެ މަހުޖަނަކު މިރާއްޖޭގަ ނެތޭބުންޏަސް ދޮގަކައްނުވާނެ އަންވަރުގެ ވިޔާފާރި ކޭއެފްސީ' ޕިއްޒާހަޓް' ގުލޯރިޔާޖީންސް' މޯޓީމަހަލް' ޗިކިންގް' ލޯލާ' މަރިޔާދު' މިވަރު އޯކޭދޯ ފަސްއަހަރައް!!!!!!!!!!

    13
    1
    • އަހްމަދު

      އަންވަރު އެމަގާމަށްދިޔައިރުވެސް އެއީ ވިޔަފާރިކުރަމުންދާ ބޮޑު ވިޔަފާރިވެރިއެއް.

  2. ބެއްޔާ

    ސާބަހޭ އުޝާމް. މިސަރުކާރުގެ އެއްވެސް ފެންވަރެއްގެ މީހަކު މިކަމާ އެއްޗެކޭ ނުބުނޭ. ކޮންޓްރޯލާގެ ވަރަށްބޮޑު އިހުމާލެއް. ތިކަމުގެ އަޑީގައި އިމިގިރޭޝަންވާނެ.

    23
    3
  3. މުގުރި

    ތީއޭނަގެންނަށްވެގެން ޖެހިމަޅިއެއް

    12
  4. ހޯހޯ

    އާން ދެންއަވަހަށް ތިކަމާގެން އުޅޭ ތީންމީހަކު ފޮނުވާންނުވާނެ އެއްގޮތަކަށްވެސް ތީންބައެއް މަޖިލީހުގެ ރައީސައްވެސް އަޅަނީތޯއްޗެ ހުރިހާމޮޅެއް ތިބޭރު މީހުންތަކަށް

    18
    1
    • އަލިބެއްޔާ!

      ފޮނުވާލުން މައްސަލައެއް ނެތް. އެކަމަކު ފޮނުވަން ވާނީ ލިބެންހުރި މިންވަރަކަށް މަޢުޟޫމާތު ހޯދާފައި. އެމީހުން މެދުވެރިކޮށް ތިކަހަލަ ކިތަންމެ ބައެއްގެ ކިތަންމެ ކަމެއް ހޯދޭ ވަރަށް މަޢުޟޫމާތު ލިބޭނެ ކަމަށް ފެންނަނީ

  5. ޢަދުރޭ

    އިމިގްރޭޝަން އަކީ ތަޙްޤީޤީ އިދާރާ އެއް ނޫން . ރާއްޖެއަށް ޤަވާޢިދާ ޚިލާފަށް އެތެރެވާ މީހުން ނާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން ޑީޕޯޓް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެންވޭ .މަޖްލީހުން ތީގައި ކުރާނެ ކަމެއް ނެތް .މަޖްލީހަކުން ނޫން އިމިގްރޭޝަނުން ކުރަންވާ ކަންކަން ބުނެދޭނީކީ

    5
    8
  6. ކޮރަލް

    އޭނަ ގެ ހައްގު ހޯދަ ދޭން މަސައްކަތް ކުރަނީއެވެ.

    3
    3
  7. ާއަހްމަދު

    އަމީރު އާއި ފައްޔާޒު ހިންގާ ޖަރީމާތައް ބަލާ. ކޮންމެ ކޯޓާޔަކަށް 10 ހާސް ރުފިޔާ. ކޮބާ ސިވެކަށް ގެނާހާ ބިދޭސީން ކާނަލް ނާޒިމް އާއި ގުޅިގެން ފައްޔާޒަށް ލާރި ދިނީ 400 ކޯޓާ 10000 ރޭޓުން ހަދާލަބަލަ މުއްސަނދި ވީ ކާކުތޯ ބަލާލަން.

  8. ނަމަ

    ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަަށް ނޭގެނީބާ ހަމަ ގަވާއިދާއި ހިލާފަށް ރާއްޖޭގައި
    ބިދޭސީން އުޅުމަކީ ކުށެއްކަން ވެސް ކޮން ތަހުގީގެއް ކުރާކައް

    6
    11
  9. ހަސަންބެ.

    އެއްވެސް ބިދޭސިޔަކައް ރާޖޭގައި ގަވާއިދާޚިލާފައް
    ޢެއްވެސް ކަމެއްކުރުމުގެ ފުރުސަތު ދީގެންނުވާނެ
    މަޖިލީހުގަ ތިމީހާ ބިދޭސީންގެ ހިމާޔަތުގައި ވާހަކަ
    ތިދެއްކުމާމެދު ރާޖޭގެ ރައިޔަތުން ވަރައް ފުންކޮއް
    ޥިސްނަންއެބަޖެހޭ.
    ޢެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކިރިޔާވެސް
    ށައްކެއްވާ ބިދޭސިޔަކުވެސް ނުބަހައްޓާ ބޭރުކޮއްލަން ވީ އިމިގްރޭޝަން ކޮންޓުރޯލާ އެޅުއްވި ވިޔަވަޅައް ސާބަސް.
    ތިގޮތުގަ ހިފަހައްޓާލާތި.ސާބަސް ސާބަސް.

    5
    3
  10. ޟައޖް

    ތިޔަ އިއްޒައްތެރި މަޖިލީހުގެ މެމްބަރުންގެ ފަރިކޮޅު އަރިހަށް ގެންގޮސްދޭން ތިބެނީވެސް ހަމަ ބިދޭސީން. ޢެ މީހުންގެ ވިސާތައް ރަގަޅުތޯ ބަލަން ނުޖެހޭތޯ

    7
    1
  11. ޢިސް

    ޢިއްޒައްތެރި މެންބަރުންގެ ޕްރައިވެޓް ކާރުގެ ޑްރައިވަރުންނަަށް ތިބީ ބިދޭސީން. ބައެއް މިނިސްޓަރުންގެ ކާރުގެ ޑްރައިވަރުންނަށް ތިބީ ބިދޭސީން. ސަރުކާރު ބައެއް އޮފީސްތަކުގެ ލޭބަރުންގެ ގޮތުހައި ބިދޭސީން އެބަތިބި. ކޮންމެ ބޯކޮށާތާކު ތިބީ އަދި ސައިހޮޓާތަކާއި ކަންމަތީ ފިހާރަ އަދި ކޮބާ ލޯކަލު މާރުކޭޓުގައިވެސް ތިބީ ބިދޭސީން.

  12. ސަޓޯ

    ތަހުގީގު އޮޅާލާ.. ބޭރުކުރޭ ބޭރުކުރޭ އުޝާ މުވެސް ޑީޕޯރޓު ކުރޭ.. ބޮޑު ނޮހޮރޮއްޕާނެއްނު... އުޝާ މު ކަލޭ ދިވެހީންނަށް ފައިދާވާ ކަ މެއް ކޮއްބަލަ... ބޭކާރު މެމ މްބަރުގަނޑު !!

    5
    1