މާލޭ ނޯތު ހާބަރުގައި އޮތް "ބެސްޓް ލައިން" ބޯޓުގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި ފިހިގެން އައިސީޔޫގައި ފަރުވާމުން ދިޔަ ބިދޭސީ މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އިރުއޮއްސުނު ފަހުން ހިނގި އެ ހާދިސާގައި ހަ މީހަކު ޒަހަމްވިއެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން ދިޔައެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ ތިން މީހަކަށް ކަމަށެވެ. އަދި މީގެ ތެރެއިން ސީރިއަސް ހާލަތަށް ދިޔަ ބިދޭސީ މީހާގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ <">މީހާގެ ހަށިގަނޑުގެ 80 އިންސައްތައަށް ވުރެ ވުރެ ބޮޑު ބައެއް ވަނީ ފިހިފައެވެ. މިހާރު އެ މީހާއަށް ފަރުވާދެމުން ދަނީ ވޯޑުގައެވެ.

އަދި އެ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުންދާ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ބޯޓުގެ ވެރިފަރާތުން ބުނީ ގޭސް ފުޅިއެއް ގޮވާފައިނުވާ ކަމަށާއި ނަމަވެސް އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށެވެ.