ދެކުނު ރަށެއްގައި ދަރިވަރަކު ގޮވައިގެން ކޮޓަރިއެއްގެ ތެރޭގައި ހުރި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޓީޗަރާއެކު ކޮޓަރިއެއްގެ ތެރޭގައި އިނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖެކެވެ. އަދި އެދެމީހުން ތިބި ކޮޓަރިއަކީ ޓީޗަރު ދިރިއުޅޭ ކޮޓަރި ކަމަށްވެއެވެ.

ފުލުހުން ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ދެކުނުގެ އަތޮޅުގެ ރަށެއްގައި ޓީޗަރަކާއި އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބިކަމަށް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ކޭސްގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ ޓީޗަރެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ޓީޗަރު އެކުއްޖާ ގޮވައިގެން އެ ކޮޓަރިއަށް ދިޔައީ އޭނާގެ ސައިކަލުގައި ކަމާއި، ކޮޓަރިއަށް ވަތް އިރު އެތާ ބޭރުގައި މީހުން ތިބި ކަމަށްވެއެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ނަމަ

    އެވާނީ ކިޔަވާންދޭން ވެގެން ކަމައް

    137
    13
  2. ބެއްޔާ

    ކޮންމެ މީހެއްގެ ކޮންމެ ހައްގެއް މިސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ. އެހެންކަމުން އެއީ އެދެމީހުންގެ ހައްގެއް. އެމީހުން ވަގުތުން ދޫކޮށްލާ.

    99
    29
  3. ކަމާލު

    ޢެޖެންޑާ 19 ތަފާތުވާނެ.

    99
    15
  4. ނަބާ

    އަމަލީ ތަޖުރިބާގެ ބައި ކުރިޔަށްދަނީ ހެން ހީވަނީ !!

    146
    5
  5. ކާފަބޭ2019

    އެއީ އަމަލީތަޖުރިބާގެބައިދަސްކޮށްދޭން ފޮތުންއެކަނި ދަސްކޮށްދީގެން ނަތީޖާނުނެރެވޭތީ ނަތީޖާނެރެން ކުރިއަށްގެންދާ ޕްރޮގުރާމުގެދަށުން ފިލާވަޅުތައް ތަފްސީލުކޮށްދެނީ

    114
    3
  6. އެންދެރި

    ވަގުތު ން ވ ހޫނު ހަބަރު ގެނެސްދެއެވެ. ރަށްރަށުގަ ބޭނުން އެއްޗެއް ނުހެދޭނެއެވެ.

    90
    5
  7. ޓީ

    ޓިއުަޝަން ދޭންވެގެން ކަމަށް ވާނީ

    99
    4
  8. ނިންނި

    އަތޯޅާއި ރަށްވެސް ޖެހިނަމަ
    މިފަދަ ބަޔަކު މިގައުމަށް ޓީޗަރުންގެ ގޮތުގައި ގެންނަން މި ސަރުކާރުންވިސްނާތީ ހިތާމަ ހުރި

    86
    13
    • ނަންނަ

      ކޮޔާ ތިޔަބުނާ ޓީޗަރު ގެނައީ ކޮން ސަރުކާރަކުންކަމެއް ކޮޔަށް ކިހިނެތް އިނގެނީ؟ ޓީޗަރުން ދަރިވަރުންނަށް ކިޔަވަިއިދޭން އަންނަނީ. ރާއްޖޭގެ ސްކޫލް ތަކުގަ ތިބޭ އަންހެން ކުދީންނަކީވެސް އަލިފުންނެއް ނޫން. ހަމަ ބުނެލީ.

      64
      2
  9. ޖަޒީރާ

    ހޯރައިއްބެ ކައިރިން ހިތްވަރު ލިބިގެން

    47
    7
  10. ހަސަންޑި

    ބޮޑު ފޮތް ހުޅުވީދޯ

    43
  11. ޙުމަ

    ޢެއީ މިދިޔަ ސަރުކާރުން ގެނައި ޓީޗަރެއް

    25
    22
  12. ރަށްފުށުގެ ދިރިއުޅުން

    ރަށްފުށުގައި މިކުޅިވަރު ހާދަ ބޮޑެވެ.

    32
    10
  13. ނޯ ކޮމެންޓް

    އަދިވެސް ޓީޗަރުތަ ގޯހީ. އޭނާ ގަދަ ކަމަކުން ނޫންދޯ ސައިކަލް ފަހަތަށް އަރުވައިގެން ދިޔައިކީ.

    70
    6
    • ހަމަހަމަ

      ހުރިހާ ގޯސް ކަންކަ މަކީ ގަދަކަ މުން ކުރާ ކަންކަ މެއް ނޫން.

      1
      1
  14. ޖައި

    އުނގަންނައިދެނީ ކަމަށް ވާނީ...

    34
    1
  15. އަލީީީ

    ނާސްތާ ދޭންފެސިފަހުން ކުދިން ވަރަށް ހޭލުންތެރިވެ އުޅުމަށްވަރަށް ބޮޑަށް ބަދަލު އައިސް ކިޔެވުންވެސް އުޅެނީ ތަންކޮޅެއްކުރީގައި ކަމަށް މިނިސްޓަރ ވިދާޅުވި.

    47
    1
    • ެއެލައިޓް

      ކަންތަކާ ޖެހުނީ މިދެން.ދެން ކޮމެންޓް ތަކުގައިވެސް ސަރުކާރު.ބަލަ ސަރުކާރުން ކުރިކަމެއްތަ މީ.ޕިސްޕިސްޕިސް.

  16. މާމިގިލީ މީހާ

    ކޮން ރަށެއް ތަ. ފޮޓޯ ޖަހާބަލަ. ކޮބައި ޖެންޑާ މިނިސްޓަރާ އެޑިއުކޭސަން މިނިސްޓަރު. ފިލީތަ.

    39
    1
  17. ހަޖަމް

    18 ނުވަންޏަ ކޮބާ މައްސަލައަކީ؟ ބޮޑެއް ނުވޭނުން

    35
    2
  18. ޑޖެެ

    އެއީ އިންޑިޔާ މީހެއް. ޢެއްކަމެއްވެސް ނުކުރެވޭނެ.
    މިސަރުކާރުން ޖެހޭނީ އޭނާ ގައުމަށް ފޮނުވާލަން. ޢެއަށްވުރެ ބޮޑުވަރެއް ނުކުރެވޭނެ.

    44
    3
  19. ޓޮމީ

    ހާދަ މުހިންމު ފިލާވަޅެކޭ އެ ގެއްލުނީ! ?

    45
  20. ނުރަބޯ

    ތިއީކީ އާކަމެއް ނޫން. ޓިއުޝަން ނަގަން ނަމުގަ ކުދިން ޓީޗަރުންގެ ގެއަށްގޮސް ތިކަހަލަ ކިތަންމެ ކަމެއް ކުރޭ. ބޭރު ޓީޗަރުން އެކަނިއެއްނޫން ދިވެހި ޓީޗަރުންވެސް ތިކަންތައްކުުރޭ ކިތަންމެވަރަކަށްވެސް. ބަޔަކުން ރަނގަޅަށް ފާރަލައިގެން ބަލާފިއްޔާ ފެންނާނެ ކޮންމެ ރަށަކުންވެސް ތީގެ ކަންތައް ހިނގާތަން.

    33
    1
  21. ާައަސްލަމް

    ޓިއުސަން ދޭން ވެއްދީ މޮޔަނުވޭ

    29
    2
  22. އައްޓަމަސް

    ދެކުނުގެ ރަށެއްނޫން ސިޓީއެއްގަ! ސިޓީތަކުގައި ތިގޮތަށް ކަންތައްވާނެ

    5
    2
  23. އަޙްމަދު

    ޓީޗަރުން ކަނތަޢް ހާދަބޮޑުވެޢްޖޭ ދޯ

  24. އަޙްމަދު

    ބޯޜާވިއަފާޜި ވެރިން ފޮނުވާލިހެން ޓީޗަރުން ވެސް ފޮނުވާލަން ވީ