13 އަހަރުގެ ޖަލު ހުކުމް އެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރުގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިދިނުމަށް އަދޭސް ކުރުމުގެ ގޮތުން ޑެންމާކްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފިއެވެ.
ޑެންމާކުގެ ބޮޑު ވަޒީރު ލާސް ރަސްމުސެންއާ ރައީސް ނަޝީދު ބައްދަލުކުރެއްވީ ބުދަ ދުވަހު މެންދުރު ޕްރައިމް މިނިސްޓަރުގެ އޮފީހުގައެވެ.
ދިވެހިރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަޙާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ސަރުކާރުގެ ވެރިންގެ މައްޗަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ޑެންމާކް ބޮޑުވަޒީރާއި މަޝްވަރާ ކުރެއްވެވިއެވެ.
ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅުއަޅަން އީޔޫ ކައުންސިލްގައި އެދެން އީޔޫ ޕާލެމެންޓުން ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރު ދިވެހި ސަރުކާރާއި ސަރުކާރުގެ ގިނަ ވުޒާރާތަކުން ވަނީ ކުއްވެރިކޮށް ފައެވެ.
ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި މި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް ގޮވާލާފައެވެ.
މި ނުބައިމީހާގެ ދުއްތުރާ ތަކުން ސަލާމަތްކަން އެދެނީ މާތްﷲގެ ހަޟްރަތުން....!!!
ބޮޑުގޮހޮޑާ ހެދިގެން އުޅޭމީހެއް
މި ނަސީދުގެ ނުބައިކަމުން ގައުމު ސަލާމަތް ކުރައްވާނދޭވެ.
ގުރުއާން ނޫންއެހެންފޮތެއް ހޯދަންމިފަހަރު އެއުޅެނީ ބޯގޯސް
ތިމީހާއަކީ ދިވެހީންނަށް ހުރި ހަލާކެއް
މިކަން ކޮށް ދިނުމުގެެ މުގާބިލެއްގެ ގޮތުން ކިތަށް ރަށުގަބާ ފައްޅި އަޅަން އެއްބަސްވީ؟
މީނަ ވިއްކާނީ އިސްލާމް ދީން. މި ޔޫރަޕުގެ މީހުންނަށްވުރެ މުސްލިމުން ދެކެ ރުޅިއަރާ ބަޔަކު ނޫޅޭނެ.
މިސިފައަށް އިސްލާމް ދީން ވިއްކަން ތެޅިތެޅިހުއްޓަ މަރު މިކަލޭގެ ބަލާއައިމަވެސް ޑެންމާކާ އިނގިރޭސިންނަށް މިގޮލާ ގޮވާނީވެސް.
ކިތަންމެ ފިޔަވަޅެއް އެޅިޔަސް ނަސީދަށްސަލާމަތެއް ނުވެވޭނެ.
މިކަލޭގެ މިހާރު މިއުޅެނީ ގޮތްހުސްވެގެން މަރު އައިސް ޖެހުމުގެ ކުރިން މިމީހާ ތައުބާވުމަށް އެމްޑީޕީގެ ކުދިންކޮޅު ގޮވާލަދީބަލަ. ހެޔޮނުވާނެ .
މޮޔަ ސޮރު
މީހުން އެކިކަންކަމަށް ސަލާމް ޖަހާ ހަދާ. މިވެސް އެކަމުގެ ވައްތަރެއް. އަންނި ސަލާން ޖަހަނީ މިބަލިކަށި ކުޑަ ގައުމަށް ބާރުގަދަ ޔޫރަޕިއަން ކޮމިއުނިޓީން "ހަމަލަދީ" މިގައުމުގެ ދުވަސް ދުއްވާލާފަ ނަމަވެސް އޭނަ މިގައުމުގެ ވެރިކަމަށް އަރުވަ ދޭށޭ ކިޔައިގެންނެވެ. މީކަމަށް އޭނަ ވަރަށް ބޮޑު އަދި ޔޫރިޕިއަން ކޮމިއުނިޓީ އަށް ވަރަށް މަގުބޫލު އަގެއްވެސް އޭނަ އެބަ ހުށަހަޅައެވެ. އެއީ އޭނަ ވެރިކަމަށް ގެނެސްދީފިއްޔާ، ރާއްޖޭގެ ގާނޫނީ އަސާސީގައި އިސްލާމް ދީން ނޫން އެހެން ދީން ތަކަށް ފުރުސަތު ނުއޮންނަ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދިނުމެވެ. ހުރިގޮތަށް ހުރި ޝައިތޯނެއް.
ކަލޭމެނަށް ކޮން ގެރެންޓީއެއް އޮތީ ކަލޭމެން ސަލާމަތްވާނެކަމަށް. ސައްތަ ސައްތަ މުސްލިމުނޭ ކިޔާފަ އަނގަ އަރުވާނެ. ހުސް ނަމެއްގަ މުސްލިމުން. ނުބައިވި ހުރިހާ މުންކަރާތްތަކަށް ހިތްވަރު ދިނުން ކަލޭމެންގެ ކަމަކީ. ޔާމީނަކަސް ނަޝީދަކަސް މައުމުނަކަސް ހުސް އެކައްޗެއް.
ތި ކަލޭގެއަށް މަރުހަބަކިޔާނެ އިސްލަމްދީނުގެ ހުރިހާ އަދުއްވުން އިސްލަމީގައުމެއްގެ ވެރިޔަކު ތިގޮލަޔަކަށް ނުކެރޭނެ މިނަ އެހެން ވަސަނެއް ބޭނުންވާކަން އިއުލާންކުރީ ކެނަދާގަ އެހެންވެ އެކަމުގެ ހަނދާ މުސްލިމުންނަށް ހަނދާން ކޮށްދެން ނަސީދަކީ ސީދާ ޔަހޫދީންގެ ބޯއީއެއް