ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކާއި މެދު ފިޔަވަޅު އެޅުމަށް ޑިސިޕްލަނަރީ ބޯޑުން ނިންމި އަދަބު، ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުނާފްކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕިލިނަރީ ބޯޑުން ނިންމާފައިވަނީ ހަތް ފުލުހަކު ޑީމޯޓްކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތުހުމަތުކުރެވޭ ފަރާތަކަށް އަނިޔާކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންތަކެކެވެ.

މީގެ އިތުރުން އެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ޕީޖީ އަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީޑިއާތަކާއި ފުލުހުން މިރޭ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މިމައްސަލައިގައި ހިމެނޭ ހަތް ފުލުހުންގެ ޖިނާއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލް ޑިއުޓީ ޕްރޮސިކިއުޝަން އަށް ފޮނުވައިފައި ވާކަމަށެވެ.

މިމައްސަލަ ޕީޖީއަށް ހުށަނޭޅި ލަސްވެފައިވަނީ ޑޮކްޓަރެއްގެ ރިޕޯޓް އެއް ބޭނުންވާތީ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަދި މިކަން ފަޅާއެރީ އޭނާއަށް ހަމަލާދޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޛޖކކ

    އިސްތިއުނާފް މަރުހަލާގަ އޮންނަނީ އަދަބު ބޮޑު ކުރުމަށް ހުށަހެޅުންތޯ؟

    11
    2
  2. ސީ.ޕީ

    "މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕިލިނަރީ ބޯޑުން ނިންމާފައިވަނީ ހަތް ފުލުހަކު (1)ޑީމޯޓްކޮށް (2)ވަޒީފާ އަދާކުރާ ޑިޕާޓްމެންޓް ބަދަލުކޮށް (3)އަހުލާގީ ކުލަ އަދި (4)މެޑަލް އަތުލުމަށެވެ." އަދި މީގެ އިތުރުން ޖިނާއީ ދައުވާކޮށް.....
    އެއްކުށަކަށް 2 އަދަބު ދިނުމަކީ ޤާނޫނު އަސާސީ އާ ޚިލާފް ކަމެއް.. މިއީތޯ އައްޝައިޚް އިމްރާން ނުހޯދިގެން އުޅޭ އިންސާފަކީ؟؟؟؟ ވެރިކަން ލިބުނީމާ ހިތު ހުރި ގޮތަކަށް. ނުލިބިގެން އުޅުނު އިރު މިމީހުންނާ މިމީހުންގެ ވަށައިގެންވާ އެންމެހާ ތަކެއްޗާ ވަޅުފަދަ ތަންތަނާ ރުއްގަހުގަ އިންސާފު... ލަދު ހަޔާތް ކޮބާ؟؟

    25
    4
    • ގަމާރު

      10 އަދަބު ވެސް ދޭންވީ. ކޯޗެކޭ ކިޔާކަށްތަ، ނުޖެހޭނެ މީހުންގައިގަ ތަޅާކަށް މާ ގަދަވެގެން.

      3
      16
      • އަހްމަދު

        ކަލެއަށް ކިޔަންވީ ބޯންވާނެ ބޮވެންޖެހޭ

      • އައްޑޫ މީހާ

        ކަލޭމެން ބިދޭސިން ލައްވާ ޖަރީމާ ހިންގާތީ އެމީހުން ސައިޒް އޮޅެނީ އޭނާ ފުލުންނަށް ހަމަލާ ދިނީމަ އެމީހުންވެސް ނުތިބޭނެ މަޑަކުން ރަނގަޅަށް ފުލުހުން ކަންތައްކުރީ ވީޑިއޯކުރީވެސް ގޭންގް ހިންގާމީހެއް ސާބަސްދެން ފުލުހުންނަށް މިކަހަލަ ގޭންގްތައް ފުޑާލަންވީ

  3. ޒަރީރު

    އެޖެހުނީ ބޮޑުތާގަ.ކޮންމެ ތަނެއްގަވެސް އޮންނަނީ ކުއްވެރިން ހިމާޔަތް ކުރުމުގެ އުސޫލު.ފުލުހުން ކަމުގައިވިޔަސް ގާނޫނާއި ގަވާއިދާއި ޚިލާފުވެއްޖެއްޔާ އަދަބު ލިބެންވާނެ.

    9
    1
  4. ހހަ

    ގަދަ ކޮމިސަނަރެއް މިހިރީ ލިބިފަ؟

    2
    11
  5. އަދާލަތު

    މިޤައުމުގައި، އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކާއި، އިންޓަރނޭޝަނަލް ޤާނޫނާއި ޚިލާފަށް މިޤައުމުގައި ހުރިހައި ނުބައި ޖަރީމާތައް ހިންގަމުން ގެންދަނީ، ބަންގާޅީންގެ އަތުން މާލީ މަންފަޢަ ލިބޭ އެކި ފެންވަރުގެ، މަދު ދިވެހިބަޔަކާއި ގުޅިގެން. ފުލުހުންގެ އޮޕަރޭޝަނެއްގައި ބަންގާޅީން ނޫނަސް ދިވެއްސެއްގެ ގައިގާވެސް ޖަހަންޖެހޭ ޙާލަތު އަތުވެދާނެ. އެފަދަ ޙާލަތެއްގައި، ލިބޭ އަނިޔާގެމައްޗަށް، ސީންއަށް ނުކުތް ނުވަތަ އޮޕަރޭޝަނަށްދިޔަ، ފުލުހުން ރޭންކް ދަށްކޮށް، ވަޒީފާއިން ވަކިކޮށް، މަސައްކަތްތަކުން ދުރުކޮށް، ޝަރީޢަތަށް ޙާޟިރުކުރާކަށް ނުޖެހޭ. އެހެންވިއްޔާ ފުލުހުންގެ މުވައްސަސާ އުވާލާފައި، ޤައުމުގެ ހުރިހައިކަމެއް ބަންގާޅީންނާ ޙަވާލުކުރަންވީނޫންތޯ؟އޭނާގައިގާ ޖެހީ، މިސްކިތުގައި ނަމާދަށް ހުއްޓާތޯ؟ ނޫނީ ބަންގާޅުގައި އޭނާ ގޭގެ ކޮޓަރީގައި އޮއްވާތޯ؟

  6. އައްޑޫ މީހާ

    މިހާރު ކިހާރީތި މިނަ ޖަންތައް ކުރިގޮތް އެފުލުހުން އޮޮަރޭޝަނަށް ފޮނުވަމުން މިގޮލާ ބްރީފްކޮށްދިނީ ފުޑާލަން އެކަމަކު މިއަދު މީނަ މީ އެއްވެސް ކަމެއް ނުކުރާ މީހެއްކަން ދައްކަންވެގެން ކުރާކަމެއް ހަމީދު ފުލުސް އޮފީހާއި ހަވާލުވިފަހުން މުޅިތަން ހަލާކުވެއްޖެ މީހަގީގަތް

  7. ދިޔާނާ

    ޤާނޫނު އަސާސީގައިއޮންނާނީ ކޮންމެ ކުށަކަށްވެސް އެންމެ އަދަބެއް ކަނޑައެޅިފައި....