ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އަމީން އެވެނިއު ކައިރީގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ. އެ ދެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ދެމީހުންވެސް އޮތީ ހޭ ނެތިފައި ކަަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ. އެހެންކަމުން އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި މާލެ އާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްސިޑެންޓްތައް މަދުކުރަން ފުލުހުން ޓްރެފިކް ބަލަހައްޓާ މިންވަރު އިތުރުކުރި ނަމަވެސް އެކަމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ފެންނަކަމަކަށް ތަފާސް ހިސާބަކުން ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭެދެ

    ޢެދެމީހުން ތިބީ ހޭނެތިފަ. ބަހުގެ ހަމަ ދަސްކޮށްލާ

    7
    13