މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑަށް "ވަގުތު" ނޫހުން ނޮމިނޭޓުވި ކޮންމެ ނޫސްވެރިއަކަށް ސައިކަލެއް ދޭން ވަގުތު ނޫހުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

މިރޭ ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިކަމުގެ ގައުމީ އިނާމު ދޭ ޖަލްސާގައި ހަތަރު ދާއިރާއަކުން ވަގުތުގެ ތިން ނޫސްވެރިޔަކު ވަނީ ނޮމިނޭޓްވެފައެވެ. އެއީ ޝަރުއީ އަދި ގާނޫނީ ދާއިރާއިން އަލީ ވިސާމާއި ވިޔަފާރީގެ ދާއިރާއިން ރީއާން ރަޝީދާއި ފޮޓޯ ގްރަފީ ދާއިރާއިން އަމީން ފަހުމީއެވެ.

ވިޔަފާރީގެ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑަށް ނޮމިނޭޓުވި ވަގުތުގެ ބިޒްނަސް އެޑިޓަރ، ރީއާން ރަޝީދު ވަނީ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑަށްވެސް ނޮމިނޭޓުވެފައެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމު ދެމުން އަންނަތާ ހަ އަހަރުވެފައިވާއިރު މިއީ ވަގުތުގެ ނޫސްވެރިން، ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ. ވަގުތު މެނޭޖްމަންޓުން ވިދާޅުވި ގޮތުގައި އެ އެވޯޑަށް ނޮމިނޭޓުވި ވަގުތު ނޫސްވެރިނަށް އިނާމެއްގެ ގޮތުގައި ސައިކަލު ދޭން ނިންމީ ފުރަތަމަ ފަހަރަށް އެވޯޑުގައި ބައިވެރިވިއިރު، ނޮމިނޭޓުވި ނޫސްވެރިންގެ އަދަދު ގިނަވުމުން ކަމަށެވެ. އަދި އޭގެ އިތުރުން ނޫސްވެރިކަމުގެ އެވޯޑަށް ޚާއްސަކޮށްގެން ލިޔުންތައް ލިޔަން ނޫސްވެރިނަށް ހިތްވަރު ދިނުމަށާއި ނޫސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކަން އުފެއްދުމަކީވެސް މަގްސަދެއް ކަމުގައި ވަގުތު އިން ވިދާޅުވިއެވެ.

މިރޭ ބާއްވާ ނޫސްވެރިކަމުގެ އެވޯޑަށް ވަގުތުގެ ހަތް ނޫސްވެރިން ވަނީ ނަން ހުށަހަޅައި، ކުރިމަތިލާފައެވެ.

މިދިޔަ އަހަރު ވަގުތުގައި 10 ނޫސްވެރިން މަސައްކަތްކުރި އިރު، މިއަހަރުގެ މިހާތަނަށް ވަގުތުގެ ނޫސްވެރިންގެ އަދަދު ވަނީ 16 އަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރިޔަމް މަނިކެ

    ވިސާމް އާއި ރީއާން ތީ އެ ވޯޑް ދިނުން ހައްގު ދެ ނޫސްވެރިން

    27
    14
    • ޕސޓ

      ދެން ކީއްވެ ނުލިބުނީ

      11
      7
  2. އަމަން

    އަސްލުވެސް ހާދަ ރަނގަޅު ނޫހެކޭ ވަގުތު ނޫހަކީ.. ސްޓާފުންނަށް ރަނގަޅީޔާ ތަން ހިނގާނެ އަދި ވެރިންނާ ދޭތެރޭގަ ހިންހަމަ ޖެހޭނެ..

    37
    32
  3. އ. ޖ. އ

    ހުއްޓުމެއްނެތި
    ބަދަލުވުމެއް ނެތި
    ކޮމެންޓު ކުރާ
    ކުދިންނަށް
    ކޯޗެއް؟
    ހަމަ
    ގޯނި
    ފުލަށްލީ ? ?

    15
    8
  4. ޙބ

    ރިޢާން ރަޝީދު ވަރަށް ރީތި މާޝާﷲ???

    17
    2
  5. ޒީ

    ވަގުތުގެ ތިންކުދިންނަށް "މަރުޚަބާ"

    13
    3
  6. ހުވަދޫ ޑޮކް

    ވާއޯވްވވވވ......... ވަޓައަ އެން އެންކަރޭޖްމަންޓް .....

    10
  7. ސިކަންދަރު

    ވަގުތު ކުދިންގެ މަސައްކަތް ހިތުގެ އަޑިން ބަލައިގަންނަމެވެ. ތިޔަ އެވޯޑް އެންމެ ހައްޤުކަން ބޮޑު ކުދިން އަކީ ތީއެވެ. މާޔޫސްނުވެ، ތިޔަ ގޮތުގައި ސާބިތުވެ ތިބޭށެވެ.

    8
    2
  8. މާޝާﷲ

    ތިހާ މަދު ސްޓާފުންނާއެކީ އެންމެ އަޕްޓުޑޭޓް ޚަބަރު ފާސްޓްކޮށް ލިބޭތީ ޤަބޫލުވެސްނުކުރެވޭ. ވ މަސައްކަތްތެރި ހީވާގި ކުދިންކޮޅެއްތީ.ޓީމްވޯރކްބެސްޓްވީމަ އެއްލެވެލްގަ ހިފެހެއްޓޭނީ.ގަދަ. "މިހާރު"ނޫސް ޚަބަރު ކަވާރ ކުރުންލަސް އަދި ވ ގިނަ ޚަބަރު ނުގެނެސްދީ އޮމިޓްކުރާނެ.ކާއްސަކޮށް ދީނާ ބުރޫއަރާ ދިވެހިން ދައްކާ ވާހަކަތައް. ޥެހިކަލް މަދުކުރަން ސައިކަލު ނުދީ ސަޅި އިނާމްދެވުނީސް.މަރުހަބާ

  9. ނޫރް

    ވަގުތު ނިއުސް ޓީމަކީ ބްރޭވް ބައެއް. ސާބަސް ތިނޫހުގެ މެނޭޖްމަންޓަށް. ތިގޮތުގައި ތިއްބަވާ.