ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ދީނާ ޚިލާފު ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.

ގާސިމް ރައްދު ދެއްވާފައިވަނީ ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ދިވެހިން ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ދިވެހިންގެ ތެރެއަށް ބުރުގާ އެޅުން ތައާރަފުވުމުގެ ކުރިން ދިވެހިން ލައި އުޅުނު ފަދަ ހެދުންތައް ދޫކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވައި ކުރިން ހެދުން އެޅި ގޮތަށް ހެދުން އެޅުން ބަދަލު ނުކޮށް އެ ގޮތުގައި ތިބުމަށް ގޮވާލައްވާ ކަމަށެވެ.

"އެކި ގޮތް ގޮތުން އަޅުގަނޑުމެންނަށް އިވެމުން މިދަނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން މަތީގައި ގައުމު އޮވެގެން މި ކުރިއަށްދާ ދިއުމާމެދުގައި ބަޔަކު ކަން ބޮޑު ވެގެން އުޅޭކަން. މީހަކު ކަން ބޮޑު ވެގެން އުޅޭކަން. މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ! އެ މީހަކީ ކާކުތޯ އަޅުގަނޑު ކޮށި ކުޑަ ކޮށްލާފައި ގެންނަ ކަމަށް ވަންޏާ... ދަންނަވާކަމަށް ވަންޏާ އެއީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު... ވަރަށް ދެރަ ކަމެއް ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ކުޑަކުދިންތަކެއް ކުރިމަތީގައި އެފަދަ ވާހަކަތަކެއް ދެއްކެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެފަދަ ވާހަކަތަކެއް ސްކޫލެއްގައި ދެއްކެވީ ކީއްވެގެންތޯ ސުވާލުވެސް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.

މިވާހަކަތަކާ ދެކޮޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބުރޯ

    ނަސީދިއްޔަ ދީން މިގައުމަސް ބޭނުމެއްނޫން .މިހާރުވެސް އެމްޑީޕީ ގަ އިސްކޮށް ހަރަކާތްތެރިވާ ބައެއް އަންހެނުން ބުރުގާ ނަގާފައިވާތަންފެނޭ .އެކަކުބުނީ ބަލިވެ އުޅޭތީ ބުރުގާ ނެގީކަމަށް.

    28
  2. ޞައްދާމު

    ބުރުގާ ތައާރަފު ވުމުގެ ކުރިންނޭތޯ؟

    14
    2
  3. Anonymous

    ގަންޖާ ފަޓްލޫނާއި ގަމީސް އަދި ޓައި އަޅަނީ ކީއްކުރަންތަ. މުންޑެއް އަނދެގެން ހުރެ ތިވާހަކަ ދެއްކި ނަމަ..

    38
    1
  4. މާމިގިލީ މީހާ

    ބާގީ ބުރުމާ. 2އަތައް އެބުރޭ ބުރުމާ.

    15
    30
  5. ބަރުގޮނު

    ނަޝީދު ދެއްކެވީ ކިޔަވާކުދިބަޔަކާ ބައްދަލުވީިމާ ދައްކަވަންވީ މަޢުޟޫޢެއްގެ ވާހަކައެއްނޫން. އަދި ހަމަ އޭގެ ދެރެއެއް ކުރިން އިސްކަންދަރު ސުކޫލްގައި އޮތް ޖަލްސާއެއްގައި ހޯމް މިނިސްޓަރ ޝައިޚު ޢިމްރާނު ފެއްކެވީވެސް ކިޔަވާކުދިން ކައިރީގައި ދައްކަން ރަގަޅު ވާހަކައެއްނޫން. ސިޔާސީ ކުލަޖެހިފައިވާ ވާހަކައެއް. އެއީ ކުރިޔަށް އޮތް 10 އަހަރަށް ޤަވްމު މިދަނީ ނުރައްކާތެރި މިސްރާބަކަށްކަމަށް ބުނެ ދެއްކި ވާހަކަ ކުޑަކުދިންނަކާ ނުގުޅޭ.

    38
    1
  6. ާަާމަ

    ނަޝީދު ކުރާކަންތަކުގެ ހިއްސާ ގާސިމަށްވެސް ލިބޭނެ. ކޮންރައްދެއްދޭކަށް. ތިޔައީހަމަ އެއްގަލަކުން ފެހިކާ ލަނޑާ ލަނޑާ. އަޅުގަނޑުމެން ސުޕްރީމްކޯޓުން އަމުރެއް ނެރުނިއްޔޭ ކިޔައިގެން ގާސިމް އެދެއްކީ ކޮންވާހަކައެއް؟،

    31
    3
  7. ޢާރިފާ

    ފާޅުގަ ބުނަން ކެރުނު މީހަކީ ގާސިމް. ޢިލްމުވެރިންވެސް ނަޝީދު ދެކެ ގަންނާކުރައްވާ ބިރުން ޓްވީޓެއް ކޮށްލަނީ.

    42
    1
  8. ތުއްތު.

    މިފަދަ މީހުންނަށް މިފަދަ ޖަލްސާތަކަށް ދައުވަތު ދޭމީހުންގެ ގަމާރު ކަމާއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    14
  9. އާބިދާ

    ޤާސިމް އަނެއްކާ ފެންމަތިވެގެން ތިއުޅެނީ، 2023ގެ ރިޔާސީ އިންތިޚާބަށް، ކިޔަވައިގެން ތިބި، ކަމަށް ޤާބިލް މީހުންނަށް ފުރުޞަތުދީފަ ޤާސިމު ވިޔަފާރިޔާއިގެން ކުރިޔަށް ދިޔައިޔާ މާރަގަޅުވާނެ، ކިތަންމެވަރަށް ޓީނޭޖް މީހަކަށް ވެގެން އުޅުނަސް، މުސްކުޅި އެލަވަސް ލިބޭ 70 އަހަރުން މަތީ މީހަކަށް ނޫނީ ތިބޭފުޅާ ނުވާނެ، އެހެންވީމާ އާޚިރަތަށް މަސައްކަތް ކުރުން މާބޮޑަށްވެސް ރަގަޅުވާނެ

    7
    3
  10. މާނީ

    ގާސިމަކީ ބުއްދިހަމަމީހެއްނޫންކަން ދިވެހިރައްޔަތުންދަނޭ ދެންތިކަމާނޫޅެ

    2
    7
  11. ޢަހަންމ

    ޤާސިމްއަށް މިއަ ދު އެކަނިތަ ނަޝީ ދު އެކަހަލަ ވާހަކަ އެއް ދައްކާ އަޑު އެހީ.

    11
    1
  12. ސޭޓް އަންހެނުންގެ ފިރިމީހާ

    މަށަކީ ރ.ރ ނަޝީދަށް އެއްވެސް ގޮތަކުން ތާއީދު ކުރާމީހެއްނޫން އެކަމަކު ބުރުމާ ގާސިމަށް ވުރެ ރ.ރ ނަޝީދު ރަގަޅު ކަމަށް ބުނެލަންޖެހޭ

    1
    1
  13. ތެދު

    ކަލޭތިހިރީ އޭނަމިގައުމަށް ގެނެއްސަ ކަލޭމެންނެރުނު ކޯޓްއަމުރުގެދަށުން...ހެހެހެ ކިތައްފަހަރު ކަށިޖަހައިފިތޯ...އެއިބިލީހާ އެކުކަލޭނިކުމެ މައުމޫން ބޭލީ، ޔާމީނުބޭލީ ދެންކޯޗެކޭތިކިޔަނީ ވެރިކަމައިގެން