ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތަކުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ރަން ގަލަން 12 ބޭފުޅަކަށް އަދި އަލިމަސް ގަލަން ނުވަ ބޭފުޅަކަށް އަރުވައިފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ހަފްލާއެއްގައި އެ އެވޯޑްތައް ވަނީ ހަވާލުކޮށްފައެެވެ.

އަލިމަސް ގަލަން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ

  1. ސިނާން އަލީ
  2. މުހައްމަދު ޖިނާހް
  3. އަބްދުﷲ ރަމީޒް
  4. މުހައްމަދު ޝާތިރު
  5. މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)
  6. ހުސެއިން މުހައްމަދު
  7. މުހައްމަދު ޖަވާދު
  8. މިދުހަތް އާދަމް
  9. ސައިފް އަޒްހަރު

އަލިމަސް ގަލަން ލިބިވަޑައިގެންނެވި ނުވަ ބޭފުޅުންނާއި އެވޯޑް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ

  1. އިބްރާހިމް ޒަކީ
  2. މުހައްމަދު އަފްޒަލް
  3. މުހައްމަދު ވަހީދު
  4. ޝެހެނާޒް އަބްދުއްރަހްމާން
  5. އަލީ ޔޫސުފް
  6. މުހައްމަދު ޝާހިދު
  7. އިބްރާހިމް އަބްދުލް ޢަފޫރު
  8. އަހްމަދު މުހުސިން
  9. މޫނިސާ އީސާ
  10. ޖާދުﷲ ސައީދު
  11. ޝަމްރަތު އަހުމަދު
  12. ހަފްސީ އަބްދުﷲ

ރަން ގަލަން ލިބިވަޑައިގެންނެވި 12 ބޭފުޅުންނާއި، އެވޯޑް ހަވާލުކޮށްދެއްވީ ނިޝާން އިޒުއްދީނުގެ ވެރިޔާގެ އައްބާސް އިބްރާހިމްއެވެ.

މީޑިއާ ކައުންސިލުން ރޭ ވަނީ މިދިޔަ އަހަރު އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ނޫސްވެރިންނަށް ވެސް އެވޯޑް ދެއްވާފައެވެ.