މީގެ ދެހަފްތާ ކުރިން ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހުން ނިޔާވި ހާދިސާ ހިނގި ސަރަހައްދުން ފޮއްޓެއް ފެނިއްޖެއެވެ.
މިފޮށި ފެނިފައި ވަނީ އެސަރަހައްދަށް ފީނި ބަޔަކަށް ރޭގެ ވަގުތެއްގައެވެ. ފޮށި ފެނުނު މީހުންގެ ތެރޭގައި ހިމެނުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ލޯންޗް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދގައި ފީނަނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށާއި އަމާނާތްތެރި ކަމާއެކު އެއްވެސް ގެއްލުމެއް އެފޮއްޓަށްނުދީ މިހާރުވާނީ ހަނިމާދޫ ފުލުހުންނާއި ފޮށި ހަވާލުކޮށްފައި ކަމަށެވެ.
ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗް ބަންޑުން ޖަހާލިއިރު ލޯންޗްގައި ތިބީ މާލެ އައުމަށް ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރި ބައެކެވެ. އެހާދިސާގައި ނިޔާވެފައި ވަނީ ތިން އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަ ކުއްޖެކެވެ.
އެއީ ހުސެއިން އަބްދުﷲ، މަރިޔަމް މައުސޫމް، (ހުސެއިންގެ އަންހެނުން) އަދި އެދެމަފިރިންގެ ދަރިފުޅު ފާތުމަތު ގުރައިޝާ، އާއި ގުރައިޝާގެ ދަރިފުޅު އީރާ ހަސަން ޝިފާޒް، 3، ގެ އިތުރުން އައިޝަތު އަލީ އެވެ.
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހުން ނިޔާވި ހާދިސާ އަކީ ހިރިޔާ ސްކޫލްގެ ދަރިވަރުންތަކަކާއި ޕްރިންސިޕަލް ނިޔާވި ހާދިސާއަށް ފަހު ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.
ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާއަށް ފަހު ގިނަ ބަޔަކު ވަނީ ކަނޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރުމަށް ގޮވާލާފައެވެ. ސަރުކާރުން ވެސް ވަނީ މިމަސް ނިމުމުގެ ކުރިން ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
9.9.2011ވީދުވަހަކީ ވ.ހިތަމަވެރި ދުވަހެއް އެދުވަހު ނިޔާވި އަދަދަކީ 5 1ފިރިހެން ދެން 4އަންހެން 29.8.2019ދުވަހަކީ ވެސް ވ.ހިތާމަވެރި ދުވަހެއް ނިޔާވި އަދަދަކީ 5އެއް 1ފިރިހެން ދެން 4އަންހެން
9.9.2011 ގައި ވީ ކިހިނެތް؟ ކޮން ހާދިސާއެއް އެއީ....
ލޯންޗްގެ ކަޅުފޮށި ޔަގީން
ކަލޭ ކޮންމަޖައެއްވާކަށް. މިކަހަލަ އެެހެންމީހުންގެ އިހްސާސްތައް ނުދަންނަ، ނާތަހުޒީބުމީހުން މަދުންނަމަވެސް އުޅޭތީ ހިތާމަކުރަން
ލާދީނީ ގޮލައެއް ކަމަށް ވާނީ.
މީހުންގެ އިހުސާސްތައް ނުދަންނަ މީހުން ހިމޭނުން ތިބޭ. އަދި މިއުޅެނީ އަހަރެމެންނަށް ލިބުނު ހިތާމައިން އަރައި ނުގަނެވިގެން.
ވަރަށް ހިތާމަވެރި، އެއަށްވުރެވެސް ހިތް ދަތިވާކަމެއް ހަސަން އަބްދުﷲ ގެ އާއިލާގެ ނަން ނަގަނަގައިގެން ހުރިހާ ނޫސްތަކެއްގައާއި ދުރުހީތަކެއް ފަވަމުން ގެންދިޔައިރު ހަމަ އެހާދިސާގައި ނިޔާވި އިތުރު ދިވެއްސެއްވާއިރު މަދު ފަހަރެއްގައި އޭނާގެ ނަން ގެވެވިފައި އޮތް އޮތުން ދޭހަކޮށްދެނީ އަބަދުވެސް އިސްކުރާނީ މަހުޖަނުން ފައިސާވެރިން ގަދަރުވެރިން. މީ ދެރަވަރު.
ލޯންޗުގައި ދަތުރުކުރި މީހުންގެ ފޮށި ހުންނާނެ އެއްނު އަޑިއަށް ގޮސްފަ
ޝަމް ތިބުނީ ހަމަ ތެދެއް
9.9.2011 ވީދުވަހު ހިނގި ހިތާމަވެރި ހާދިސާއާ އެދުވަސް ވަރުގެ ހަނދާންތަކާ އަދިވެސް ވަކިވުމެއް ނެތް. ....
މިދެހާދިސާތަކުގަ ނިޔާވި ހުރިހާ އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރަން.
ޕޮގްބާ އޭ ކިޔާފަ ކަލޯތީކާކު؟ ޢެހެން މީހުންނައް ވެސް އިހުތިރާ މް ކޮއްބަލަ ފްރެންޑޫ