ރާއްޖޭގައި ކެންސަރު ފަރުވާ ދިނުމަށް އެހީތެރިވާން އިންޑިއާގައި ހުންނަ ރީޖަނަލް ކެންސަރ ސެންޓަރ (އާރްސީސީ) އިން ނިންމައިފި އެވެ.

އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން އާރްސީސީގެ އޮފިޝަލަކު ވިދާޅުވީ ކެންސަރު ބަލި މީހުންނަށް ރާއްޖޭގައި ފަރުވާ ދިނުމަށާއި، ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި އެހޮސްޕިޓަލުން ރާއްޖެއަށް އެހީތެރިކަން ދިނުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއި ކުރާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސްޓުން އަދި ޓެކްނީޝަނުން އާރްސީސީއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރްސީސީ އިން އެމީހުން ތަމްރީނު ކުރާނެއެވެ.

މީގެ އިތުރުން އާރްސީސީގެ ޑޮކްޓަރުން ރާއްޖެ އައިސް ކެންސަރު ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކޭމްޕްތައް ހިންގުމާއި، ކެންސަރު ޖެހިފައި ތިބިތޯ ދެނެގަތުމަށް ކޭމްޕްތައް ހިންގުމުގައި ވެސް ބައިވެރިވާނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ވަނީ ކެންސަރު ބަލި މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. ރާއްޖޭގެ ގިނަ މީހުން މިހާރު ވެސް އެންމެ ގިނައިން ކެންސަރަށް ފަރުވާ ހޯދަންދާ އެއް ހޮސްޕިޓަލަކީ އާރްސީސީ އެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުން އަންނައިރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކެންދަނީ ކެންސަރުން ސަލާމަތްވުމަށް ދިރިއުޅުމުގައި ސިއްހަތައް ގެއްލުން ހުރި އާދަތައް ނުގެންގުޅެން އިރުޝާދު ދެމުންނެވެ. އަދި ހަރަކާތްތެރިވެ އުޅުމާއި ސިއްހަތައް ފައިދާހުރި ކާނާ ކެއުންފަދަ ކަންކަމަށް އިސްކަން ދިނުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ަެެެަަަޭޭެެެ އާރު ސީ ސީ

    ޢެ ޢިމާރާތުގަ ކުލަކޮޅެއް ލައި ދީބަ

    11
    5
  2. ޒިކް

    ފައިދާ ހުރި ކާނާކަމަށް ތިޔަ ބުނާ މޭވާވތަރުކާރީ ކޭމަ މިހާރު އެންމެ އަވަހަށް ތިޔަ ބަލި ޖެހޭނީ، އެއީ ކެމިކަލްޖަހާ އެތަކެތި ތަޢައްޔަތުކޮށްފަ ހުންނަލެއް ބޮޑުކަމުން.

    28
  3. ސ

    ތަފާތު ބޭސް ތައް ޓެސްޓް ކޮށްގެން ނުވާނެ އަހަރުމެން ދިވެހިން ބޭނުން ކޮށްގެން

    28
    2
  4. ސައްދާމް

    ހުރިހާ ވިޔަފާރީއަކާއި ހިދުމަތްތަކެއް ހޯދަން ޖެހޭނީ އިންޑިޔާގެ ކުންފުނިތަކުން ކަމުގައި ވަނީ މިސަރުކާރުން ނިންމާފައި އަދި އެކަމާ ގުޅުންހުރި ލިޔެކިއުންތައް ފެންމަތިވާނެ މިސަރުކާރުގެ ތެރޭގައި މިހާރުމިހިންގާ ސިލްސިލާ ތަޅާފޮޅުން ނިމެންވާއިރަށް.

  5. ޢާމިނަތު

    އަލްޙަމްދުލިއްލާހި

    2
    4
  6. ބުއްޅަބޭ

    މިހާރު އެއުޅެނީ ދަރުމަވަންތަ ހޮސްޕިޓަލް އަތުނޭޅުވިގެން!

    9
    1
  7. ސަހަރޯ

    ތިޔަ އާރސީސީއަށް ވުރެން މުޑުދާރު، އަޅާލުމެއްނެތް ބިރުވެރި ތަނެއް ކޮބާ؟

  8. އަމިއްލަ ފަރާތަކުން

    މިހަރަކަށްއައިސް ރާއްޖޭގައި ކެންސަރުގެ ނުރައްކާތެރި ބަލީގެ މީހުން އާދަޔާ ޚިލާފަށް ގިނަވަމުންދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މިކަން ޤައުމީބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް، ސަރުކާރުގެ ސަމަލުކަމަށް ގެންނަންވެއްޖެކަމަށް ދެކެން.