ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލަށް އައްޔަން ކުރެއްވި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު މައްސަލަތައް ބައްލަވަން ފައްޓަވައިފިއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު ފުރަތަމަ ބައްލަވާ މައްސަލައަކީ މިއަދު 10:00 ގައި ޝަރީޢަތް ފެށި ވަޒީފާއާއި ބެހޭ މައްސަލައެކެވެ. ދައުލަތާއި ދެކޮޅަށް އާއްމު ފަރާތަކުން ދައުވާ ކުރާ އެމައްސަލަ ބައްލަވާ ބެންޗްގައި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ފުރަތަމަ ބައްލަވާ މައްސަލައަކީ ޙަޟާނާތުގެ މައްސަލައެކެވެ. އެމައްސަލަ ބައްލަވާ ބެންޗްގައި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ނަމަވެސް މިވަގުތު އެއް ފަނޑިޔާރެއްގެ މަގާމު ހުސްވެފައި އޮތުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް ޑރ.އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    އަޅުގަނޑުގެ މައްސަލައެއް އަންހެން ފަނޑިޔާރަކު ލައްވައި ނުބަލާނަން. ވަގުތުން ނުކުމެގެންދާނަށް. އަންހެން ފަނޑިޔާރުން ބޮއިކޮޓްކުރޭ.

    11
    1
    • ނުރަބޯ

      ބަލަންޖެހޭނީ. ޢާޗާ ހީވާގޮތްދޯ

  2. ތެދު

    ހަރާންކަމަކުން ނުކުންނާނީ ކޯޗެއް...!!!؟؟

    12
  3. ޖަމާލު

    އައުރަނިވާ ނުކޮށް ތިބޭ ބީތާއިން