މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާން މައްސަލަ އާއި ގުޅިގެން މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދަން ބޭނުންވާ މީހަކު ހޯދަން އެކޮމިޝަނުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މަރު ކޮމިޝަނުން މިއަދު ވީޑިއޯއެއް އާއްމުކުރުމަށް ފަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށާއި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ކޮމިޝަނަށް އަންގައި ދިނުން އެދޭ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ކުރި ޓްވީޓްގައި އޭނާ ހޯދަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ވިދާޅުނުވި ނަމަވެސް ވީޑިއޯ އިން ފެންނަ ތާރީޚަކީ 2014 ވަނަ އަހަރުގެ އޮގަސްޓް 08 ކަމަށް ވާތީ އެއީ ރިޟްވާންގެ މައްސަލަ އާއި ގުޅިގެން ހޯދާ މީހެއްކަން ސާފުވެއެވެ.

ރިޟްވާން ގެއްލުނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 08 ވަނަ ދުވަހުގެ ރޭ ގައެވެ.

ރިޔާސީ ކޮމިޝަނުން އާއްމުކުރި ވީޑިއޯ އިން ފެންނަނީ އެރޭ މީހަކު މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގައި ސައިކަލެއް މަތީ އިށީންދެ އިންނަ މަންޒަރެވެ. އޭނާ އިންނަނީ ހުޅުމާލެ އަށް ސައިކަލް ގެންދާ މީހުންގެ ކިއުގައެވެ.

ރިޔާސީ ކޮމިޝަނުން ރިޟްވާންގެ މައްސަލަ ތަޙްޤީޤު ގޮސްފައިވާ ހިސާބުގެ މައްޗަށް އެކުލަވާލި ޑްރާފްޓް ރިޕޯޓްގައި ބުނެފައި ވަނީ ރިޟްވާން ރަހީނުކޮށްގެން ކާރެއްގައި ގެންގޮސް ކަންނެލި ދޯންޏަށް އަރުވާ، ރިޟްވާން މަރާލާފައި ވަނީ ކަނޑުމަތީގައި ކަމަށެވެ.

ނަމަވެސް އަދި މައްސަލައިގެ ތަޙްޤީޤު އެއްކޮށް ނުނިމޭތީ ޑްރާފްޓް ރިޕޯޓްގައި ހުރި ބައެއް ކަންތައްތަކަށް ބަދަލު އަތުވެދާނެ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޟްވާންގެ މައްސަލައަކީ ރިޔާސީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަޙްޤީޤު ކުރަމުންދާ މައްސަލައެވެ. މިދިޔަ ހަފްތާގައި ރިޟްވާންގެ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ މާލެ އާއި އައްޑޫގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއޮޕަރޭޝަންގައި ބައެއް ތަންތަން ފާސްކުރި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ވީއެންމެއަވަހަށް ރިޟްވާންގެ މައްސަލަ ނިންމީ، ރިޕޯޓް ފައިނަލް ކުރަން ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ާނަސީދު

    ޢުގެއިލް ކައިރީ ބުނޭ ހޯދާށޭ އިންސާލަކައްތިމީހެއް ނުހޯދޭނެ

    10
    2
    • ދދދދދދ

      ކީކޭ ކީކޭ ކާކު ކާކު؟ އާންމުންގެ އެހީއަށޭ. ބަލަ ފަލަ މުސާރަ ދީފަ ތިމީހުން ހޯދަން ހަވާލު ކޮށްފަ ހުރީ "މަރުބަލާ" އަކާ ނޫންތަ؟ މުސާރަ ކައިގެން ކަލޭ ގޮނޑިއަށް ވެޑުވިފަ އިންނަންވީ އެހެން މީހުން ވީ ކަލޭ ބުނާ ބަޔަކު ގެންގޮސް ކަލޭ ކުރިމަތީ ބަހައްޓައިދޭން؟ އަޖައިބެއްނު. .

      1
      2
  2. ޝިރްޕް

    ވީޑިއޯގައި ދެންތިބި މީހުންގެ މޫނު ފުސްކޮށްފައި ހުރިނަމަ. އެމީހުންގެ ޕްރައިވެސީ ހިފެހެއްޓުނީސް. ތިވަރު ކޮމިޝަނަކުން އެހާ ބޮޑު ގޯހެއް ހެދީ ނާގާބިލްކަމުން.

    19
    1
  3. މުދި

    ތިމީހާ ވައްތަރީ ހުސްނުއް ސުއޫދާ..

    19
    1
  4. ކޮރަލް

    5 އަހަރު ތެރޭގަ އޮތީ އެންމެ ވައުދެކެވެ.

    20
  5. ޕޮގުބާ

    ޕާޓޭއަކާ ވައްތަރު

    16
    1
  6. ލަޔަން

    ތީ ގައްބަރޭ

    13
    1
  7. ސާބަސް

    ތިވެސް ކަމެއްކޮއްލީދޯ ދެން ނުހޯދިއްޖެއްޔާބުނާނެ އެއްބާރުލުމެއް ނުލިބުނޭ ފޮޓޮއެއްދައްކާލީމާ ފެންނާނެދޯ ދެންކޮބާ އެހެންކަންތައް

    10
  8. މި އީ ކީކޭ ކިޔާބައެއްތަ

    ޢެއްފަހަރު ބުނާނެ ވެރިކަމާ ހަވާލުވާތާ ސައްވީސް ގަޑިތރރޭ ހުރިހާ އެެއްޗެއް ހާމަކޮއްދޭނަމޭ، މިނިވަންފިކުރު ކޮމިށަން ވެސް ދެފަހަރަކު އެކައްޗެކޭ ނުކިޔާ، އެއްފަހަރު ބުނާނެ ހުރިހާ ، އެއްޗެހި ހޯދިއްޖެޔޭ، މި އީ މިމީހުންގެ ޕްރޮޕަގެންޑާ، މިމީހުނައް އެގޭނެ ރިލްވާން ވީތަނެއްވެސް، ރައްޔިތުން މޮޔަހައްދަނީ، ތިކުޅިވަރު ބަލަން ރައްޔިތުން ދެން މާގިނަދުވަހަކު ނުތިބޭނެ

    20
  9. Anonymous

    މުރުތައްދުން ހީކުރަނީ އެންމެ ރަނގަޅައް ކަންކަން ރާވަނީ ތިމަންމެން ކަމައް. ތިގޭމްވެސް އަތައް ގޮވާނެ

    19
  10. ކަށިކެޔޮ އިއްބެ

    އަދި މާ އަވަސް ތިކަމާ އުލެން.

    16
  11. ސޫދު

    ހާދަ ވައްތަރޭ ހުސްނުސޫދް އާ

    24
    1
  12. ދަންސޫރަ

    އަކެއްކާ ރިލުވާން ކަންތަށް ފެށުނީ

    10
  13. އަބުދުލް ﷲ

    ހުސްނު ސޫދަށާ ކޮ މިސަނެއް ކިޔާފަ ބޮޑު މުސާރަ އިނާޔަތް ދިނުމުގެ ބޭނު މަކިކޮބައި

  14. ކުނިމޫނުގަނޑު

    ތިޔަބައިމީހުން ހޯދާނެ ކަމަށް ވައުދުވީ އާންމުންނެއް ނަުން. ކަލޭ ހޯދާ. ކަލޭ ޖެހޭނީ ހޯދަން. މުސާރަ ކައިގެން އާންމުން ލައްވާ ތިކަން ކުރުވާކަށް ނުޖެހޭ. ހުރި ހަޔާތް މަދުކަން ދެކިބަލަ. ކަލެއަށް ނުވަންޏާ ރައްކާވޭ ގެއްލޭ ފެއްސޭ. ޒިންމާ އަދާނުކޮށް އަލިފާން ކައިކައި ހުންނަންވީކީ ނޫން.

  15. ވާނުވާ

    ފޮޓޯ ވަރައް ސާފު، ވީީޑިޔޯވެސް ހަމަ އެހާސާފު، ތިޔަ ފެނިވަޑައިގަންނަވަނީ މިހާރު ގެއްލިގެން ތިއުޅޭ އެއްކަލަ ރިލްވާނު، މަށައް ހީވާގޮތް، ބުލެކް އެންޑު ވައިޓް 1932 ވަނައަހަރުގެ ފޮޓޯއެއް